| 1 |
ރޭގަނޑު އިރު ނިވައިކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. |
/content/ayah/audio/hudhaify/092001.mp3
|
وَاللَّيْلِ إِذَا يَغْشَى |
| 2 |
ދުވާލު ފާޅުވެ، އަލިވެއްޖެހިނދު، އެ ދުވާލު ގަންދެއްވަމެވެ. |
/content/ayah/audio/hudhaify/092002.mp3
|
وَالنَّهَارِ إِذَا تَجَلَّى |
| 3 |
އަދި ފިރިހެން، އަންހެން، ދެ ޖިންސު ހެއްދެވި ކަލާނގެ ގަންދެއްވަމެވެ. |
/content/ayah/audio/hudhaify/092003.mp3
|
وَمَا خَلَقَ الذَّكَرَ وَالْأُنثَى |
| 4 |
ހަމަކަށަވަރުން، އެއުރެންގެ عمل ތައް ތަފާތުވެގެންވާކަން ކަށަވަރެވެ. |
/content/ayah/audio/hudhaify/092004.mp3
|
إِنَّ سَعْيَكُمْ لَشَتَّى |
| 5 |
ފަހެ (މުދަލުން) ހޭދަކޮށް (اللَّه އަށް) تقوى ވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ! |
/content/ayah/audio/hudhaify/092005.mp3
|
فَأَمَّا مَن أَعْطَى وَاتَّقَى |
| 6 |
ފަހެ (މުދަލުން) ހޭދަކޮށް (اللَّه އަށް) تقوى ވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ! |
/content/ayah/audio/hudhaify/092006.mp3
|
وَصَدَّقَ بِالْحُسْنَى |
| 7 |
ފަހެ، ތިމަންރަސްކަލާނގެ ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ. |
/content/ayah/audio/hudhaify/092007.mp3
|
فَسَنُيَسِّرُهُ لِلْيُسْرَى |
| 8 |
އަދި ދަހިވެތިވެ، اللَّه ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ! |
/content/ayah/audio/hudhaify/092008.mp3
|
وَأَمَّا مَن بَخِلَ وَاسْتَغْنَى |
| 9 |
އަދި ދަހިވެތިވެ، اللَّه ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ! |
/content/ayah/audio/hudhaify/092009.mp3
|
وَكَذَّبَ بِالْحُسْنَى |
| 10 |
ފަހެ، ތިމަންރަސްކަލާނގެ ދަތިކަންހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ. |
/content/ayah/audio/hudhaify/092010.mp3
|
فَسَنُيَسِّرُهُ لِلْعُسْرَى |
| 11 |
އަދި އެމީހާ (ނަރަކަޔަށް) ވެއްޓޭހިނދު، އެމީހާގެ މުދާ އެމީހާޔަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ. |
/content/ayah/audio/hudhaify/092011.mp3
|
وَمَا يُغْنِي عَنْهُ مَالُهُ إِذَا تَرَدَّى |
| 12 |
ހަމަކަށަވަރުން، ތެދުމަގު ދެއްކެވުންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ. |
/content/ayah/audio/hudhaify/092012.mp3
|
إِنَّ عَلَيْنَا لَلْهُدَى |
| 13 |
އަދި ހަމަކަށަވަރުން، آخرة އާއި، ދުނިޔޭގެ ހުރިހާކަމެއް މިލްކުވެގެންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ. |
/content/ayah/audio/hudhaify/092013.mp3
|
وَإِنَّ لَنَا لَلْآخِرَةَ وَالْأُولَى |
| 14 |
ފަހެ، އަނދައަނދާހުރި ނަރަކައިގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް إنذار ކުރެއްވީމެވެ. |
/content/ayah/audio/hudhaify/092014.mp3
|
فَأَنذَرْتُكُمْ نَارًا تَلَظَّى |
| 15 |
ބޮޑުވެގެންވާ އަބާއްޖަވެރިޔަކު މެނުވީ، އެ ނަރަކަޔަކަށް ނުވަންނާނެތެވެ. |
/content/ayah/audio/hudhaify/092015.mp3
|
لَا يَصْلَاهَا إِلَّا الْأَشْقَى |
| 16 |
އެމީހަކީ، ދޮގުކޮށް، އަދި އެނބުރި ފުރަގަސްދިން މީހާއެވެ. |
/content/ayah/audio/hudhaify/092016.mp3
|
الَّذِي كَذَّبَ وَتَوَلَّى |
| 17 |
އަދި تقوى ވެރިކަން ބޮޑުމީހާ، އެ ނަރަކަޔާ ދުރުކުރައްވާނެތެވެ. |
/content/ayah/audio/hudhaify/092017.mp3
|
وَسَيُجَنَّبُهَا الْأَتْقَى |
| 18 |
އެމީހާއީ، އެމީހާ طاهر ވެގަތުމަށްޓަކައި، އޭނާގެ މުދާ ހޭދަކުރާ މީހާއެވެ. |
/content/ayah/audio/hudhaify/092018.mp3
|
الَّذِي يُؤْتِي مَالَهُ يَتَزَكَّى |
| 19 |
އެހެންމީހެއްގެ ފަރާތުން އޭނާޔަށް ލިބޭނެ ހެޔޮކަމެއްގެ ބަދަލުގައެއް ނޫނެވެ. |
/content/ayah/audio/hudhaify/092019.mp3
|
وَمَا لِأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَى |
| 20 |
އެހެނެއްކަމަކު) އޭނާ ހޭދަކުރަނީ (އޭނާގެ ވެރި، މަތިވެރިވަންތަ ރަސްކަލާނގެ وجه ފުޅު އަދައިގެންނެވެ. |
/content/ayah/audio/hudhaify/092020.mp3
|
إِلَّا ابْتِغَاء وَجْهِ رَبِّهِ الْأَعْلَى |
| 21 |
އަދި ނިކަންހުރެ އޭނާ ރުހޭނެކަން ކަށަވަރެވެ. |
/content/ayah/audio/hudhaify/092021.mp3
|
وَلَسَوْفَ يَرْضَى |