Adh-Dhuha

Change Language
Change Surah
Change Recitation

Divehi: Office of the President of Maldives

Play All
# Translation Ayah
1 ދުވާލުގެ ކުރީކޮޅު ގަންދެއްވަމެވެ. وَالضُّحَى
2 އަދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. وَاللَّيْلِ إِذَا سَجَى
3 ކަލޭގެފާނު ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ. مَا وَدَّعَكَ رَبُّكَ وَمَا قَلَى
4 އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، آخرة ހެޔޮކަން ބޮޑުކަން ކަށަވަރެވެ. وَلَلْآخِرَةُ خَيْرٌ لَّكَ مِنَ الْأُولَى
5 އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ. وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَى
6 ކަލޭގެފާނު يتيم އަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ. أَلَمْ يَجِدْكَ يَتِيمًا فَآوَى
7 އަދި ކަލޭގެފާނު حيران ވެވަޑައިގެންވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވިއެވެ. وَوَجَدَكَ ضَالًّا فَهَدَى
8 އަދި فقير އަކު ކަމުގައި ކަލޭގެފާނުވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ. وَوَجَدَكَ عَائِلًا فَأَغْنَى
9 ދަންނާށެވެ! ފަހެ، ކަލޭގެފާނު، يتيم ކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ! فَأَمَّا الْيَتِيمَ فَلَا تَقْهَرْ
10 އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ! وَأَمَّا السَّائِلَ فَلَا تَنْهَرْ
11 އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވި نعمة ގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ! وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ
;