Ash-Shams

Change Language
Change Surah
Change Recitation

Divehi: Office of the President of Maldives

Play All
# Translation Ayah
1 އިރާއި، އޭގެ އަލިކަން ގަންދެއްވަމެވެ. وَالشَّمْسِ وَضُحَاهَا
2 އަދި ހަނދު އޭގެ ފަހަތުންދާހިނދު ހަނދު، ގަންދެއްވަމެވެ. وَالْقَمَرِ إِذَا تَلَاهَا
3 އަދި ދުވާލު، އެ އިރު ފާޅުކޮށްފިހިނދު، އެ ދުވާލު ގަންދެއްވަމެވެ. وَالنَّهَارِ إِذَا جَلَّاهَا
4 އަދި ރޭގަނޑު، އެ އިރު ނިވާކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. وَاللَّيْلِ إِذَا يَغْشَاهَا
5 އަދި އުޑާއި، އެ އުޑު ބިނާކުރެއްވި ކަލާނގެ ގަންދެއްވަމެވެ. وَالسَّمَاء وَمَا بَنَاهَا
6 އަދި ބިމާއި، އެ ބިން ފެތުރުއްވި ކަލާނގެ ގަންދެއްވަމެވެ. وَالْأَرْضِ وَمَا طَحَاهَا
7 އަދި نفس އާއި، އެ نفس ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ. وَنَفْسٍ وَمَا سَوَّاهَا
8 ފަހެ، އެކަލާނގެ އެ نفس އަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި) ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވިއެވެ. فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا
9 އެ نفس طاهر ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ. قَدْ أَفْلَحَ مَن زَكَّاهَا
10 އަދި އެ نفس އަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ. وَقَدْ خَابَ مَن دَسَّاهَا
11 ثمود ބާގައިމީހުން، އެއުރެންގެ އަނިޔާވެރިކަމުން (އެއުރެންގެ ނަބިއްޔާ) ދޮގުކުރޫއެވެ. كَذَّبَتْ ثَمُودُ بِطَغْوَاهَا
12 އެއުރެންކުރެ އެންމެ އަބާއްޖަވެރިމީހާ (ޖަމަލު މެރުމަށް) އަވަސްވެގަތްހިނދެވެ. إِذِ انبَعَثَ أَشْقَاهَا
13 ފަހެ، އެއުރެންނަށް اللَّه ގެ رسول އާ (އެބަހީ: صالح ގެފާނު) ވިދާޅުވިއެވެ. اللَّه ގެ ޖަމަލަށާއި، އޭގެ ބުއިމަށް ރައްކާތެރިވާށެވެ! فَقَالَ لَهُمْ رَسُولُ اللَّهِ نَاقَةَ اللَّهِ وَسُقْيَاهَا
14 ފަހެ، އެއުރެން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުޅައޫއެވެ. ދެން އެއުރެން އެ ޖަމަލު މަރައިލޫއެވެ. ފަހެ، އެއުރެންގެ ފާފައިގެ ސަބަބުން އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذاب ފޮނުއްވިއެވެ. އަދި އެއުރެން އެންމެން، އެ عذاب ގައި ހަމަހަމަ ކުރެއްވިއެވެ. فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنبِهِمْ فَسَوَّاهَا
15 އަދި އެ عذاب ގެ ނަތީޖާއާމެދު، އެކަލާނގެ ބިރުވެތިވެވޮޑިގެނެއްނުވެއެވެ. وَلَا يَخَافُ عُقْبَاهَا
;