| 1 |
ކަލޭގެފާނު މިރަށުގައި ހުންނަވާ حال، މިރަށް (އެބަހީ: مكة) ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. |
/content/ayah/audio/hudhaify/090001.mp3
|
لَا أُقْسِمُ بِهَذَا الْبَلَدِ |
| 2 |
ކަލޭގެފާނު މިރަށުގައި ހުންނަވާ حال، މިރަށް (އެބަހީ: مكة) ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. |
/content/ayah/audio/hudhaify/090002.mp3
|
وَأَنتَ حِلٌّ بِهَذَا الْبَلَدِ |
| 3 |
އަދި އުފަންކުރި މީހާއާއި، އޭނާޔަށް އުފަންވީހާ ބަޔަކު ގަންދެއްވަމެވެ. (އެބަހީ: آدم ގެފާނާއި آدم ގެ ދަރިންނެވެ.) |
/content/ayah/audio/hudhaify/090003.mp3
|
وَوَالِدٍ وَمَا وَلَدَ |
| 4 |
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހައްދަވައި، ވަރުބަލިވުމާއި ގަދަ މަސައްކަތުގެ ތެރެޔަށް ލެއްވީމެވެ. |
/content/ayah/audio/hudhaify/090004.mp3
|
لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ |
| 5 |
އެކަކުވެސް އެ އިންސާނާގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެން ނުވާނޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟ |
/content/ayah/audio/hudhaify/090005.mp3
|
أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ |
| 6 |
އޭނާ ބުނެތެވެ. ގިނަވެގެންވާ މުދާ ތިމަން خرد ކޮށް ނެތިކޮށްފީމެވެ. |
/content/ayah/audio/hudhaify/090006.mp3
|
يَقُولُ أَهْلَكْتُ مَالًا لُّبَدًا |
| 7 |
އެކަކުވެސް އޭނާ ނުދެކޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟ |
/content/ayah/audio/hudhaify/090007.mp3
|
أَيَحْسَبُ أَن لَّمْ يَرَهُ أَحَدٌ |
| 8 |
ތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟ |
/content/ayah/audio/hudhaify/090008.mp3
|
أَلَمْ نَجْعَل لَّهُ عَيْنَيْنِ |
| 9 |
ތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟ |
/content/ayah/audio/hudhaify/090009.mp3
|
وَلِسَانًا وَشَفَتَيْنِ |
| 10 |
އަދި ދެމަގަށް ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ. |
/content/ayah/audio/hudhaify/090010.mp3
|
وَهَدَيْنَاهُ النَّجْدَيْنِ |
| 11 |
ފަހެ، ދަތިކަންހުރިމަގަށް އެ އިންސާނާވަދެ، އެމަގުން ނުހިނގީ ކީއްވެގެންހެއްޔެވެ؟ |
/content/ayah/audio/hudhaify/090011.mp3
|
فَلَا اقْتَحَمَ الْعَقَبَةَ |
| 12 |
ދަތިކަންހުރި މަގަކީ، ކޮންމަގެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
/content/ayah/audio/hudhaify/090012.mp3
|
وَمَا أَدْرَاكَ مَا الْعَقَبَةُ |
| 13 |
(އެއީ) އަޅަކު މިނިވަންކުރުމެވެ. |
/content/ayah/audio/hudhaify/090013.mp3
|
فَكُّ رَقَبَةٍ |
| 14 |
ނުވަތަ ބަނޑުހައިހޫނުކަން ފެތުރިފައިވާ ދުވަހެއްގައި ކާންދިނުމެވެ. |
/content/ayah/audio/hudhaify/090014.mp3
|
أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ |
| 15 |
ގާތްތިމާގެ ޔަތީމަކަށެވެ. |
/content/ayah/audio/hudhaify/090015.mp3
|
يَتِيمًا ذَا مَقْرَبَةٍ |
| 16 |
ނުވަތަ އަތްމަތި ދަތިވެފައިވާ މިސްކީނަކަށެވެ. |
/content/ayah/audio/hudhaify/090016.mp3
|
أَوْ مِسْكِينًا ذَا مَتْرَبَةٍ |
| 17 |
ދެން إيمان ވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް وصية ކޮށް، އަދި މީސްތަކުންނަށް رحم ބެހެއްޓުމަށް އެކަކު އަނެކަކަށް وصية ކޮށް އުޅުނުމީހުންގެ ތެރެއިން އޭނާ ވާނެތެވެ. |
/content/ayah/audio/hudhaify/090017.mp3
|
ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ |
| 18 |
ކަނާތްފަރާތުގެ މީހުންނީ، އެއުރެންނެވެ. |
/content/ayah/audio/hudhaify/090018.mp3
|
أُوْلَئِكَ أَصْحَابُ الْمَيْمَنَةِ |
| 19 |
އަދި ތިމަންރަސްކަލާނގެ آية ތަކަށް كافر ވި މީހުންނީ، އެއީ ވާތްފަރާތުގެ މީހުންނެވެ. |
/content/ayah/audio/hudhaify/090019.mp3
|
وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ |
| 20 |
އެއުރެންނަށް ހުރީ، ބަންދުކުރައްވާފައިވާ ނަރަކަޔެވެ. |
/content/ayah/audio/hudhaify/090020.mp3
|
عَلَيْهِمْ نَارٌ مُّؤْصَدَةٌ |