1 |
ފަތިސް ގަންދެއްވަމެވެ. |
/content/ayah/audio/hudhaify/089001.mp3
|
وَالْفَجْرِ |
2 |
އަދި ދިހަ ރޭ ގަންދެއްވަމެވެ. |
/content/ayah/audio/hudhaify/089002.mp3
|
وَلَيَالٍ عَشْرٍ |
3 |
އަދި ހިރިތަކެއްޗާއި، އޮނަހިރި ތަކެތި ގަންދެއްވަމެވެ. |
/content/ayah/audio/hudhaify/089003.mp3
|
وَالشَّفْعِ وَالْوَتْرِ |
4 |
އަދި ރޭގަނޑު ވޭތުވެދާހިނދު، ރޭގަނޑު ގަންދެއްވަމެވެ. |
/content/ayah/audio/hudhaify/089004.mp3
|
وَاللَّيْلِ إِذَا يَسْرِ |
5 |
ބުއްދީގެ ވެރިޔަކަށް އެކަންކަމުގައި (ފުދޭވަރުގެ) ހުވަޔެއް ވާކަން ކަށަވަރެވެ. |
/content/ayah/audio/hudhaify/089005.mp3
|
هَلْ فِي ذَلِكَ قَسَمٌ لِّذِي حِجْرٍ |
6 |
ކަލޭގެފާނުގެ ވެރިރަސްކަލާނގެ، عاد ބާގައިމީހުންނާމެދު ކަންތައް ކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައިނުގަންނަވާތޯއެވެ؟ |
/content/ayah/audio/hudhaify/089006.mp3
|
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ |
7 |
އެއީ ތަނބުތަކުގެ ވެރި، إرم އެވެ ކިއުނު ރަށުގެ أهل ވެރިންނެވެ. |
/content/ayah/audio/hudhaify/089007.mp3
|
إِرَمَ ذَاتِ الْعِمَادِ |
8 |
އެ ބިނާތަކަކީ، ރަށްތަކުގައި އެފަދަ ބިނާތަކެއް ހެދިފައި ނުވާފަދަ ބިނާތަކެކެވެ. |
/content/ayah/audio/hudhaify/089008.mp3
|
الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ |
9 |
އަދި ثمود ބާގައިމީހުންނާ މެދުގައިވެސްމެއެވެ. އެއުރެންނީ، ވާދީގައި ހިލަކަނޑައި، ގެދޮރު އަޅައި އުޅުނު މީހުންނެވެ. |
/content/ayah/audio/hudhaify/089009.mp3
|
وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ |
10 |
އަދި لشكر ތަކުގެ ވެރި فرعون އާ މެދުގައިވެސްމެއެވެ. |
/content/ayah/audio/hudhaify/089010.mp3
|
وَفِرْعَوْنَ ذِي الْأَوْتَادِ |
11 |
އެއުރެންނީ، ރަށްތަކުގައި އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިފައިވާ މީހުންނެވެ. |
/content/ayah/audio/hudhaify/089011.mp3
|
الَّذِينَ طَغَوْا فِي الْبِلَادِ |
12 |
ފަހެ، އެއުރެން އެ ރަށްތަކުގައި ފަސާދަވެރިކަން ގިނަކުޅައޫއެވެ. |
/content/ayah/audio/hudhaify/089012.mp3
|
فَأَكْثَرُوا فِيهَا الْفَسَادَ |
13 |
ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذاب ގެ ބާވަތްތައް އޮއްސެވިއެވެ. |
/content/ayah/audio/hudhaify/089013.mp3
|
فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ |
14 |
ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (އެއުރެން ކުރާ ކަންތައް) ބެއްލެވުމުގައި ވޮޑިގެންވާކަން ކަށަވަރެވެ. |
/content/ayah/audio/hudhaify/089014.mp3
|
إِنَّ رَبَّكَ لَبِالْمِرْصَادِ |
15 |
ފަހެ، އިންސާނާ ދަންނާށެވެ! އޭނާގެ ވެރިރަސްކަލާނގެ، އޭނާ امتحان ކުރައްވައި، އަދި އޭނާ މާތްކުރައްވައި، އަދި އޭނާޔަށް نعمة ދެއްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަން މާތްކުރައްވައިފިއެވެ. |
/content/ayah/audio/hudhaify/089015.mp3
|
فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ |
16 |
އަދި ދަންނާށެވެ! އެކަލާނގެ، އެ އިންސާނާ امتحان ކުރައްވައި، އަދި އޭނާގެ رزق ދަތިކުރައްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ، ތިމަން ނިކަމެތިކުރައްވައިފިއެވެ. |
/content/ayah/audio/hudhaify/089016.mp3
|
وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ |
17 |
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ޔަތީމުންނަށް މާތްކޮށެއް ނުހިތަމުއެވެ. |
/content/ayah/audio/hudhaify/089017.mp3
|
كَلَّا بَل لَّا تُكْرِمُونَ الْيَتِيمَ |
18 |
އަދި ތިޔަބައިމީހުން މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް އެކަކު އަނެކަކަށް ބާރުއަޅައެއް ނޫޅެމުއެވެ. |
/content/ayah/audio/hudhaify/089018.mp3
|
وَلَا تَحَاضُّونَ عَلَى طَعَامِ الْمِسْكِينِ |
19 |
އަދި (حرام އެއް حلال އެއް ނުބަލައި) ތިޔަބައިމީހުން، ވާރުތަ މުދާ ގިނަގިނައިން ކައިއުޅެމުއެވެ. |
/content/ayah/audio/hudhaify/089019.mp3
|
وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا |
20 |
އަދި ތިޔަބައިމީހުން ގަދަވެގެންވާ ލޯތްބަކުން، މުދަލަށް ލޯބިކުރަމުއެވެ. |
/content/ayah/audio/hudhaify/089020.mp3
|
وَتُحِبُّونَ الْمَالَ حُبًّا جَمًّا |
21 |
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުނޑުފުނޑުވެ، ބިންގަނޑު ކުނޑިކުނޑިވެގެން ދާހިނދެވެ. |
/content/ayah/audio/hudhaify/089021.mp3
|
كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا |
22 |
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅު އެހިނދު އަންނާނެތެވެ. އަދި ملائكة ން ސަފުސަފަށް ވަޑައިގަންނަވާނެތެވެ. |
/content/ayah/audio/hudhaify/089022.mp3
|
وَجَاء رَبُّكَ وَالْمَلَكُ صَفًّا صَفًّا |
23 |
އަދި އެދުވަހުން ނަރަކަ ގެންނަވާނެތެވެ. އެދުވަހުން އިންސާނާ ހަނދުމަކުރާނެތެވެ. އެ ހަނދާންކުރުމުން އޭނާޔަށް ފައިދާއެއްކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ |
/content/ayah/audio/hudhaify/089023.mp3
|
وَجِيءَ يَوْمَئِذٍ بِجَهَنَّمَ يَوْمَئِذٍ يَتَذَكَّرُ الْإِنسَانُ وَأَنَّى لَهُ الذِّكْرَى |
24 |
އެދުވަހުން އޭނާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ آخرة ގެ حياة އަށްޓަކައި (ހެޔޮ) عمل އެއް އިސްކުޅަނަމަ، ކިހާރަނގަޅުވީސް ހެއްޔެވެ؟ |
/content/ayah/audio/hudhaify/089024.mp3
|
يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي |
25 |
ފަހެ، އެދުވަހުން އެކަލާނގެ އޭނާޔަށް ދެއްވާފަދަ عذاب އެއް އެހެން އެކަކަށްވެސް ނުދެވޭނެތެވެ. |
/content/ayah/audio/hudhaify/089025.mp3
|
فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُ أَحَدٌ |
26 |
އަދި އެކަލާނގެ، އޭނާ ހައްޔަރުކުރައްވާ ފަދައިން، އެހެން އެކަކަށްވެސް ހައްޔަރެއް ނުކުރެވޭނެތެވެ. |
/content/ayah/audio/hudhaify/089026.mp3
|
وَلَا يُوثِقُ وَثَاقَهُ أَحَدٌ |
27 |
އޭ ހިތްހަމަޖެހިގެންވާ ފުރާނަޔާއެވެ! |
/content/ayah/audio/hudhaify/089027.mp3
|
يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ |
28 |
ރުހިގެންހުރެ، ރުހުން ލިބިގެންވާ حال، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް އެނބުރިދާށެވެ! |
/content/ayah/audio/hudhaify/089028.mp3
|
ارْجِعِي إِلَى رَبِّكِ رَاضِيَةً مَّرْضِيَّةً |
29 |
ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެޔަށް ވަންނާށެވެ! |
/content/ayah/audio/hudhaify/089029.mp3
|
فَادْخُلِي فِي عِبَادِي |
30 |
އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ! |
/content/ayah/audio/hudhaify/089030.mp3
|
وَادْخُلِي جَنَّتِي |