Al-Gashiya

Change Language
Change Surah
Change Recitation

Divehi: Office of the President of Maldives

Play All
# Translation Ayah
1 ބިރުވެރިކަމާއިގެން އެންމެންނަށް ކުރިމަތިވެގެންއަންނާނޭ ކަންތަކުގެ ވާހަކަ(އެބަހީ: قيامة ގެ ވާހަކަ) ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟ هَلْ أَتَاكَ حَدِيثُ الْغَاشِيَةِ
2 އެދުވަހުން، ދެރަވެ ނިކަމެތިވެގެންވާ މޫނުތަކެއް ވެއެވެ. وُجُوهٌ يَوْمَئِذٍ خَاشِعَةٌ
3 މަސައްކަތްތެރި، ވަރުބަލި މޫނުތަކެކެވެ. عَامِلَةٌ نَّاصِبَةٌ
4 ހޫނުކަން ގަދަވެގެންވާ ނަރަކަޔަށް އެއުރެން ވަންނާނެތެވެ. تَصْلَى نَارًا حَامِيَةً
5 ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެންއާރަކުން އެއުރެންނަށް ބޯންދެއްވާނެތެވެ. تُسْقَى مِنْ عَيْنٍ آنِيَةٍ
6 ކަށިހުރި، ވިހަ މޭވާޔަކުން މެނުވީ، އެއުރެންނަކަށް ކާނާއެއް ނުވެއެވެ. لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ
7 ) އެ ކެއުމަކުން (ހަށިގަނޑަކަށް ބާރެއް ނުދޭނެތެވެ. އަދި ބަނޑުހައި ހޫނުކަން ފިލުވައެއް ނުމެދޭނޭމެއެވެ. لَا يُسْمِنُ وَلَا يُغْنِي مِن جُوعٍ
8 އެދުވަހުން نعمة ލިބިގެންވާ، އުފާވެރި މޫނުތަކެއް ވެއެވެ. وُجُوهٌ يَوْمَئِذٍ نَّاعِمَةٌ
9 ދުނިޔޭގައި އެއުރެންކުޅަ މަސައްކަތަށް ރުހިގެންވެއެވެ. لِسَعْيِهَا رَاضِيَةٌ
10 މަތިވެރިވެގެންވާ ސުވަރުގޭގައެވެ. فِي جَنَّةٍ عَالِيَةٍ
11 ) ގެއްލުންދެނިވި (ބޭކާރު ވާހަކައެއް، އެތާނގައި އެއުރެން ނާހާނެތެވެ. لَّا تَسْمَعُ فِيهَا لَاغِيَةً
12 ހިނގަހިނގާ ހުންނަ ފެންއާރެއް އެތާނގައިވެއެވެ. فِيهَا عَيْنٌ جَارِيَةٌ
13 އުފުލިގެންވާ ދާންތައް އެތާނގައިވެއެވެ. فِيهَا سُرُرٌ مَّرْفُوعَةٌ
14 އަދި ބެހެއްޓިގެންވާ ތަށިތައްވެސްމެއެވެ. وَأَكْوَابٌ مَّوْضُوعَةٌ
15 އަދި އެތުރިގެންވާ ބާލީސްތައްވެސްމެއެވެ. وَنَمَارِقُ مَصْفُوفَةٌ
16 އަދި ފެތުރިގެންވާ ދޫލަތައްވެސްމެއެވެ. وَزَرَابِيُّ مَبْثُوثَةٌ
17 ފަހެ، ޖަމަލު ހައްދަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ. أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ
18 އަދި އުޑު އުފުއްލަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟ وَإِلَى السَّمَاء كَيْفَ رُفِعَتْ
19 އަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީހެއްޔެވެ؟ وَإِلَى الْجِبَالِ كَيْفَ نُصِبَتْ
20 އަދި ބިން ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟ وَإِلَى الْأَرْضِ كَيْفَ سُطِحَتْ
21 ފަހެ، ކަލޭގެފާނު) އެއުރެންނަށް (ހަނދުމަކޮށް ދެއްވާށެވެ! ކަލޭގެފާނު ވާކަން ކަށަވަރީ، ހަނދުމަކޮށްދެއްވާ ބޭކަލަކު ކަމުގައެވެ. فَذَكِّرْ إِنَّمَا أَنتَ مُذَكِّرٌ
22 އެއުރެންގެ މައްޗަށް ބާރު ހިންގަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. لَّسْتَ عَلَيْهِم بِمُصَيْطِرٍ
23 ފުރަގަސްދީ، كافر ވި މީހަކަށް މެނުވީއެވެ. إِلَّا مَن تَوَلَّى وَكَفَرَ
24 ފަހެ، اللَّه، އެމީހަކަށް ބޮޑުވެގެންވާ عذاب ން عذاب ދެއްވާނެތެވެ. فَيُعَذِّبُهُ اللَّهُ الْعَذَابَ الْأَكْبَرَ
25 ހަމަކަށަވަރުން، އެއުރެން އެނބުރި އައުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. إِنَّ إِلَيْنَا إِيَابَهُمْ
26 ދެން އެއުރެންގެ حساب ބެއްލެވުން ވަނީވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށެވެ. ثُمَّ إِنَّ عَلَيْنَا حِسَابَهُمْ
;