| 1 |
ކަލޭގެފާނުގެ ވެރި، އެންމެ މަތިވެރި ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ! |
/content/ayah/audio/hudhaify/087001.mp3
|
سَبِّحِ اسْمَ رَبِّكَ الْأَعْلَى |
| 2 |
އެކަލާނގެއީ (އެންމެހާ ތަކެތި) ހައްދަވައި، ދެން އެ ހެއްދެވުން ފުރިހަމަކުރެއްވި ރަސްކަލާނގެއެވެ. |
/content/ayah/audio/hudhaify/087002.mp3
|
الَّذِي خَلَقَ فَسَوَّى |
| 3 |
އަދި އެކަލާނގެއީ (އެންމެހާ ތަކެތި) މިންވަރުކުރައްވައި، ދެން (އެތަކެއްޗަށް) މަގުދެއްކެވި ރަސްކަލާނގެއެވެ. |
/content/ayah/audio/hudhaify/087003.mp3
|
وَالَّذِي قَدَّرَ فَهَدَى |
| 4 |
އަދި އެކަލާނގެއީ، ފަތްޕިލާވެލި ފެޅުއްވި ރަސްކަލާނގެއެވެ. |
/content/ayah/audio/hudhaify/087004.mp3
|
وَالَّذِي أَخْرَجَ الْمَرْعَى |
| 5 |
އަދި އެކަލާނގެ އެތަކެތި، ކަޅުކުލައިގެ ހިކި ކުނޑިތަކެއް ކަމުގައި ލެއްވިއެވެ. |
/content/ayah/audio/hudhaify/087005.mp3
|
فَجَعَلَهُ غُثَاء أَحْوَى |
| 6 |
ތިމަންރަސްކަލާނގެ، ކަލޭގެފާނު ކިޔަވައިވިދާޅުވާ ބޭކަލަކު ކަމުގައި ލައްވާހުށީމެވެ. ފަހެ، ކަލޭގެފާނު (އެ قرآن) ހަނދުމަފުޅެއް ނުނެތޭނެތެވެ. |
/content/ayah/audio/hudhaify/087006.mp3
|
سَنُقْرِؤُكَ فَلَا تَنسَى |
| 7 |
(ހަނދުމަފުޅު ނެތުމަށް) اللَّه އިރާދަކުރެއްވި އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، ފާޅުވެގެންވާ ކަންތަކާއި، ވަންހަނާވެގެންވާ ކަންތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. |
/content/ayah/audio/hudhaify/087007.mp3
|
إِلَّا مَا شَاء اللَّهُ إِنَّهُ يَعْلَمُ الْجَهْرَ وَمَا يَخْفَى |
| 8 |
އަދި ފަސޭހަވެގެންވާ މަގަށް، ތިމަންރަސްކަލާނގެ ކަލޭގެފާނަށްޓަކައި މަގު ފަހިކޮށްދެއްވާހުށީމެވެ. |
/content/ayah/audio/hudhaify/087008.mp3
|
وَنُيَسِّرُكَ لِلْيُسْرَى |
| 9 |
ފަހެ، ހަނދުމަކޮށްދިނުން މަންފާކުރާނަމަ، ކަލޭގެފާނު (އެއުރެންނަށް) ހަނދުމަކޮށްދެއްވާށެވެ! |
/content/ayah/audio/hudhaify/087009.mp3
|
فَذَكِّرْ إِن نَّفَعَتِ الذِّكْرَى |
| 10 |
(اللَّه އަށް) ބިރުވެތިވާ މީހާ، ހަނދުމަކޮށް އުޅޭނެތެވެ. |
/content/ayah/audio/hudhaify/087010.mp3
|
سَيَذَّكَّرُ مَن يَخْشَى |
| 11 |
އަދި އަބާއްޖަވެރިކަން އެންމެ ބޮޑުމީހާ، އެކަމުން ދުރުހެލިވާނެތެވެ. |
/content/ayah/audio/hudhaify/087011.mp3
|
وَيَتَجَنَّبُهَا الْأَشْقَى |
| 12 |
އެމީހާއީ، ބޮޑުވެގެންވާ ނަރަކައަށް ވަންނާނޭ މީހެކެވެ. |
/content/ayah/audio/hudhaify/087012.mp3
|
الَّذِي يَصْلَى النَّارَ الْكُبْرَى |
| 13 |
ދެން އެމީހަކު އެތާނގައި މަރެއްވެސް ނުވާނެއެވެ. އަދި (އަރާމުހުރި ދިރުމަކުން) ނުވެސް ދިރޭނޭމެއެވެ. |
/content/ayah/audio/hudhaify/087013.mp3
|
ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَى |
| 14 |
(كافر ކަމުން) طاهر ވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ اسم ފުޅު ހަނދުމަކޮށް، ނަމާދުކުޅަމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ. |
/content/ayah/audio/hudhaify/087014.mp3
|
قَدْ أَفْلَحَ مَن تَزَكَّى |
| 15 |
(كافر ކަމުން) طاهر ވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ اسم ފުޅު ހަނދުމަކޮށް، ނަމާދުކުޅަމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ. |
/content/ayah/audio/hudhaify/087015.mp3
|
وَذَكَرَ اسْمَ رَبِّهِ فَصَلَّى |
| 16 |
އަދި ކިއެއްތަ! آخرة ގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ حال ވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ. |
/content/ayah/audio/hudhaify/087016.mp3
|
بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا |
| 17 |
އަދި ކިއެއްތަ! آخرة ގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ حال ވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ. |
/content/ayah/audio/hudhaify/087017.mp3
|
وَالْآخِرَةُ خَيْرٌ وَأَبْقَى |
| 18 |
ހަމަކަށަވަރުން، މިވާހަކަތައް، އިހުގެ ފަތްފުށްތަކުގައިވާކަން ކަށަވަރެވެ. |
/content/ayah/audio/hudhaify/087018.mp3
|
إِنَّ هَذَا لَفِي الصُّحُفِ الْأُولَى |
| 19 |
إبراهيم ގެފާނާއި، موسى ގެފާނަށް ބާވައިލެއްވި ފަތްފުށްތަކުގައެވެ. |
/content/ayah/audio/hudhaify/087019.mp3
|
صُحُفِ إِبْرَاهِيمَ وَمُوسَى |