1 |
އުޑާއި، އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރި ގަންދެއްވަމެވެ. |
/content/ayah/audio/hudhaify/086001.mp3
|
وَالسَّمَاء وَالطَّارِقِ |
2 |
އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރިޔަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
/content/ayah/audio/hudhaify/086002.mp3
|
وَمَا أَدْرَاكَ مَا الطَّارِقُ |
3 |
އެއީ އަނދިރިކަން ތޮރުފައިލާ، އަލިކަންގަދަ ތަރިއެވެ. |
/content/ayah/audio/hudhaify/086003.mp3
|
النَّجْمُ الثَّاقِبُ |
4 |
އެއްވެސް نفس އެއް، އެ نفس އެއްގެ މައްޗަށް ރައްކާތެރިވާނޭ ملائكة އަކު ނެތިއެއް ނުވެއެވެ. |
/content/ayah/audio/hudhaify/086004.mp3
|
إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ |
5 |
ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ! |
/content/ayah/audio/hudhaify/086005.mp3
|
فَلْيَنظُرِ الْإِنسَانُ مِمَّ خُلِقَ |
6 |
އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ. |
/content/ayah/audio/hudhaify/086006.mp3
|
خُلِقَ مِن مَّاء دَافِقٍ |
7 |
އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ. |
/content/ayah/audio/hudhaify/086007.mp3
|
يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ |
8 |
ހަމަކަށަވަރުން، އެކަލާނގެއީ، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވުމުގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
/content/ayah/audio/hudhaify/086008.mp3
|
إِنَّهُ عَلَى رَجْعِهِ لَقَادِرٌ |
9 |
ހިތްތަކުގައިވާ ސިއްރުތައް ފާޅުކުރައްވައި، امتحان ކުރައްވާ ދުވަހެވެ. |
/content/ayah/audio/hudhaify/086009.mp3
|
يَوْمَ تُبْلَى السَّرَائِرُ |
10 |
ފަހެ، އޭނާޔަށް އެއްވެސް ބާރެއް، އަދި نصر ދޭނޭ މީހަކުވެސް ނުވެއެވެ. |
/content/ayah/audio/hudhaify/086010.mp3
|
فَمَا لَهُ مِن قُوَّةٍ وَلَا نَاصِرٍ |
11 |
ވާރޭވެއްސާ އުޑު ގަންދެއްވަމެވެ. |
/content/ayah/audio/hudhaify/086011.mp3
|
وَالسَّمَاء ذَاتِ الرَّجْعِ |
12 |
އަދި ގަސްފަޅާ ބިން ގަންދެއްވަމެވެ. |
/content/ayah/audio/hudhaify/086012.mp3
|
وَالْأَرْضِ ذَاتِ الصَّدْعِ |
13 |
ހަމަކަށަވަރުން، އެ قرآن އަކީ، حق އާއި، باطل ވަކިކުރާ ތެދުބަސްފުޅެއްކަން ކަށަވަރެވެ. |
/content/ayah/audio/hudhaify/086013.mp3
|
إِنَّهُ لَقَوْلٌ فَصْلٌ |
14 |
އަދި ކުޅޭކުޅޭ އެއްޗެއްކަމުގައި އެ قرآن ނުވެއެވެ. |
/content/ayah/audio/hudhaify/086014.mp3
|
وَمَا هُوَ بِالْهَزْلِ |
15 |
ހަމަކަށަވަރުން، އެއުރެން (ކަލޭގެފާނާ ދެކޮޅަށް) މަކަރުވެރި ރޭވުމެއް ރާވަތެވެ. |
/content/ayah/audio/hudhaify/086015.mp3
|
إِنَّهُمْ يَكِيدُونَ كَيْدًا |
16 |
އަދި ތިމަންރަސްކަލާނގެވެސް ރޭއްވެވުމެއް ރާއްވަވަމެވެ. |
/content/ayah/audio/hudhaify/086016.mp3
|
وَأَكِيدُ كَيْدًا |
17 |
ފަހެ، كافر ންނަށް ކަލޭގެފާނު مهلة އެއް ދެއްވާށެވެ! ކުޑަހިނދުކޮޅަކަށް އެއުރެންނަށް ލަސްކޮށްލައްވާށެވެ! |
/content/ayah/audio/hudhaify/086017.mp3
|
فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا |