Al-Buruj

Change Language
Change Surah
Change Recitation

Divehi: Office of the President of Maldives

Play All
# Translation Ayah
1 برج ތަކުގެވެރި އުޑު ގަންދެއްވަމެވެ. وَالسَّمَاء ذَاتِ الْبُرُوجِ
2 އަދި وعد ކުރައްވާފައިވާ ދުވަސް ގަންދެއްވަމެވެ. وَالْيَوْمِ الْمَوْعُودِ
3 އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ. وَشَاهِدٍ وَمَشْهُودٍ
4 ވަޅުގަނޑުގެ އެކުވެރިންނަށް لعنة ލެއްވިއެވެ. قُتِلَ أَصْحَابُ الْأُخْدُودِ
5 (އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެވެ. النَّارِ ذَاتِ الْوَقُودِ
6 އެއުރެން އޭގެކައިރީގައި އިށީނދެ ތިބިހިނދެވެ. إِذْ هُمْ عَلَيْهَا قُعُودٌ
7 مؤمن ންނަށް އެއުރެން ކަންތައްކުރާގޮތް، އެއުރެން ދެކޭންތިބި حال ގައެވެ. وَهُمْ عَلَى مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ
8 އަދި عزيز ވަންތަ، ގިނަގިނައިން حمد ލިބިވޮޑިގެންވާ اللَّه އަށް އެއުރެން إيمان ވާކަމަށްޓަކައި މެނުވީ، އެ كافر ން އެއުރެންނާމެދު ނުރުހުންތެރިއެއް ނުވެތެވެ. وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ
9 އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ. الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ وَاللَّهُ عَلَى كُلِّ شَيْءٍ شَهِيدٌ
10 ހަމަކަށަވަރުން، مؤمن ފިރިހެނުންނާއި، مؤمن އަންހެނުން، دين ން އެއްކިބާކުރުމަށް އަނިޔާދީ އުނދަގޫކޮށް، ދެން توبة ނުވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ނަރަކައިގެ عذاب ހުށްޓެވެ. އަދި އެއުރެންނަށް އަނދައަނދާ ހުންނަ އަލިފާނުގެ عذاب ހުށްޓެވެ. إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ
11 ހަމަކަށަވަރުން، إيمان ވެ صالح عمل ތައްކުޅަމީހުންނަށް، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުށްޓެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ. إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ ذَلِكَ الْفَوْزُ الْكَبِيرُ
12 ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހިއްޕަވާ ހިއްޕެވުމަކީ، ގަދަފަދަވެގެންވާ ހިއްޕެވުމެއްކަން ކަށަވަރެވެ. إِنَّ بَطْشَ رَبِّكَ لَشَدِيدٌ
13 ހަމަކަށަވަރުން، ފުރަތަމަ އުފައްދަވަނީވެސް، އަދި އަލުން (ދިރުއްވައި) إعادة ކުރައްވާނީވެސް ހަމަ އެކަލާނގެއެވެ. إِنَّهُ هُوَ يُبْدِئُ وَيُعِيدُ
14 އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ. وَهُوَ الْغَفُورُ الْوَدُودُ
15 عرش ގެ ވެރި، މާތްވަންތަ ރަސްކަލާނގެއެވެ. ذُو الْعَرْشِ الْمَجِيدُ
16 އިރާދަކުރައްވާ ކޮންމެ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ. فَعَّالٌ لِّمَا يُرِيدُ
17 فرعون އާއި، ثمود ބާގައިގެ لشكر ގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟ هَلْ أَتَاكَ حَدِيثُ الْجُنُودِ
18 فرعون އާއި، ثمود ބާގައިގެ لشكر ގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟ فِرْعَوْنَ وَثَمُودَ
19 އަދި ކިއެއްތަ! كافر ވިމީހުން ވަނީ، ދޮގުކުރުމެއްގައެވެ. بَلِ الَّذِينَ كَفَرُوا فِي تَكْذِيبٍ
20 اللَّه އެއުރެންގެ ހުރިހާކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވެތެވެ. وَاللَّهُ مِن وَرَائِهِم مُّحِيطٌ
21 އަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: اللّوح المحفوظ ގައިވާ) މާތް قرآن އެވެ. بَلْ هُوَ قُرْآنٌ مَّجِيدٌ
22 އަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: اللّوح المحفوظ ގައިވާ) މާތް قرآن އެވެ. فِي لَوْحٍ مَّحْفُوظٍ
;