1 |
އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ. |
/content/ayah/audio/hudhaify/081001.mp3
|
إِذَا الشَّمْسُ كُوِّرَتْ |
2 |
އަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ. |
/content/ayah/audio/hudhaify/081002.mp3
|
وَإِذَا النُّجُومُ انكَدَرَتْ |
3 |
އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ. |
/content/ayah/audio/hudhaify/081003.mp3
|
وَإِذَا الْجِبَالُ سُيِّرَتْ |
4 |
އަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ. |
/content/ayah/audio/hudhaify/081004.mp3
|
وَإِذَا الْعِشَارُ عُطِّلَتْ |
5 |
އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ. |
/content/ayah/audio/hudhaify/081005.mp3
|
وَإِذَا الْوُحُوشُ حُشِرَتْ |
6 |
އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ. |
/content/ayah/audio/hudhaify/081006.mp3
|
وَإِذَا الْبِحَارُ سُجِّرَتْ |
7 |
އަދި ފުރާނަތައް، އޭގެ ހަށިތަކާ ގުޅިދާހިނދެވެ. |
/content/ayah/audio/hudhaify/081007.mp3
|
وَإِذَا النُّفُوسُ زُوِّجَتْ |
8 |
އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ سؤال ކުރައްވާ ހިނދެވެ. |
/content/ayah/audio/hudhaify/081008.mp3
|
وَإِذَا الْمَوْؤُودَةُ سُئِلَتْ |
9 |
އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟ |
/content/ayah/audio/hudhaify/081009.mp3
|
بِأَيِّ ذَنبٍ قُتِلَتْ |
10 |
އަދި ފަތްފުށްތައް ނިއުޅައިލައްވާ ހިނދެވެ. |
/content/ayah/audio/hudhaify/081010.mp3
|
وَإِذَا الصُّحُفُ نُشِرَتْ |
11 |
އަދި އުޑު ގެންދަވާ ހިނދެވެ. |
/content/ayah/audio/hudhaify/081011.mp3
|
وَإِذَا السَّمَاء كُشِطَتْ |
12 |
އަދި ނަރަކަ ރޯކޮށްލައްވާ ހިނދެވެ. |
/content/ayah/audio/hudhaify/081012.mp3
|
وَإِذَا الْجَحِيمُ سُعِّرَتْ |
13 |
އަދި ސުވަރުގެ ގާތްކުރައްވާ ހިނދެވެ. |
/content/ayah/audio/hudhaify/081013.mp3
|
وَإِذَا الْجَنَّةُ أُزْلِفَتْ |
14 |
ކޮންމެ نفس އަކަށްމެ، އެ نفس އެއް حاضر ކުޅަކަމެއް (އެހިނދު) އެނގޭނެތެވެ. |
/content/ayah/audio/hudhaify/081014.mp3
|
عَلِمَتْ نَفْسٌ مَّا أَحْضَرَتْ |
15 |
ފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ. |
/content/ayah/audio/hudhaify/081015.mp3
|
فَلَا أُقْسِمُ بِالْخُنَّسِ |
16 |
ފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ. |
/content/ayah/audio/hudhaify/081016.mp3
|
الْجَوَارِ الْكُنَّسِ |
17 |
އަދި ރޭގަނޑު އަނދިރިކަމާއިގެން ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. |
/content/ayah/audio/hudhaify/081017.mp3
|
وَاللَّيْلِ إِذَا عَسْعَسَ |
18 |
އަދި ފަތިހުގެ އަލިކަން ފާޅުވާހިނދު، އެ ފަތިސް ގަންދެއްވަމެވެ. |
/content/ayah/audio/hudhaify/081018.mp3
|
وَالصُّبْحِ إِذَا تَنَفَّسَ |
19 |
ހަމަކަށަވަރުން، އެއީ މާތްވެގެންވާ رسول އަކު (އެބަހީ: جبريل ގެފާނު) ގެންނެވި ބަސްފުޅުކަން ކަށަވަރެވެ. |
/content/ayah/audio/hudhaify/081019.mp3
|
إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ |
20 |
عرش ގެ ވެރިރަސްކަލާނގެ حضرة ގައި ބާރެއްގެ ވެރި ދަރަޖަވެރިޔެކެވެ. |
/content/ayah/audio/hudhaify/081020.mp3
|
ذِي قُوَّةٍ عِندَ ذِي الْعَرْشِ مَكِينٍ |
21 |
އެތާނގައި (އެބަހީ: އުޑުތަކުގައި) ކިޔަމަންވެވޭ އަމާނާތްތެރިޔެކެވެ. |
/content/ayah/audio/hudhaify/081021.mp3
|
مُطَاعٍ ثَمَّ أَمِينٍ |
22 |
އަދި ތިޔަބައިމީހުންގެ އެކުވެރިޔާއީ (އެބަހީ: محمد ގެފާނީ) މޮޔައަކު ކަމުގައި ނުވެއެވެ. |
/content/ayah/audio/hudhaify/081022.mp3
|
وَمَا صَاحِبُكُم بِمَجْنُونٍ |
23 |
އަދި ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ފާޅުވެގެންވާ އުދަރެހުން އެކަލޭގެފާނު (އެބަހީ: جبريل ގެފާނު) ދެކެވަޑައިގަތެވެ. |
/content/ayah/audio/hudhaify/081023.mp3
|
وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ |
24 |
އަދި غيب ގެ ކަންތައް ފޮރުވައި، ހިފަހައްޓަވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ނުވެއެވެ. |
/content/ayah/audio/hudhaify/081024.mp3
|
وَمَا هُوَ عَلَى الْغَيْبِ بِضَنِينٍ |
25 |
އަދި رحمة ން ބޭރުކުރައްވާފައިވާ شيطان އެއްގެ ބަސްކަމުގައިވެސް އެ قرآن ނުވެއެވެ. |
/content/ayah/audio/hudhaify/081025.mp3
|
وَمَا هُوَ بِقَوْلِ شَيْطَانٍ رَجِيمٍ |
26 |
ފަހެ، ތިޔަބައިމީހުން ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟ |
/content/ayah/audio/hudhaify/081026.mp3
|
فَأَيْنَ تَذْهَبُونَ |
27 |
عالم ތަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ قرآن ނުވެއެވެ. |
/content/ayah/audio/hudhaify/081027.mp3
|
إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ |
28 |
ތިޔަބައިމީހުންކުރެ ސީދާވެގަތުމަށް އެދޭ މީހަކަށްޓަކައެވެ. |
/content/ayah/audio/hudhaify/081028.mp3
|
لِمَن شَاء مِنكُمْ أَن يَسْتَقِيمَ |
29 |
عالم ތަކުގެ ވެރި اللَّه އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެތެވެ. |
/content/ayah/audio/hudhaify/081029.mp3
|
وَمَا تَشَاؤُونَ إِلَّا أَن يَشَاء اللَّهُ رَبُّ الْعَالَمِينَ |