Al-Infitar

Change Language
Change Surah
Change Recitation

Divehi: Office of the President of Maldives

Play All
# Translation Ayah
1 އުޑު ފަޅަފަޅައިގެންދާ ހިނދެވެ. إِذَا السَّمَاء انفَطَرَتْ
2 އަދި ތަރިތައް ވެރި، ބުރައިގެންދާ ހިނދެވެ. وَإِذَا الْكَوَاكِبُ انتَثَرَتْ
3 އަދި ކަނޑުތައް ހުޅުވި، އެއްކަނޑު އަނެއްކަނޑާ ގުޅޭހިނދެވެ. وَإِذَا الْبِحَارُ فُجِّرَتْ
4 އަދި ކަށްވަޅުތައް އެފުށްމިފުށަށްޖެހި، ކަށްތައް ނެރެލައްވާހިނދެވެ. وَإِذَا الْقُبُورُ بُعْثِرَتْ
5 (އެހިނދު) ކޮންމެ نفس އަކަށް، އެ نفس އެއް އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއް އެނގޭނެތެވެ. عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ
6 އޭ އިންސާނާއެވެ! ތިބާގެ ވެރި، ދީލަތިވަންތަ ރަސްކަލާނގެއާމެދު ތިބާ ހެއްލުންތެރިކުޅައީ ކޮންއެއްޗެއް ހެއްޔެވެ؟ يَا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ
7 އެކަލާނގެއީ، ތިބާ ހައްދަވައި، އަދި ތިބާގެ ގުނަންތައް ފުރިހަމަކުރައްވައި، އިސްކޮޅާ ރޫފަ ގުޅޭގޮތަށް ތިބާ ލެއްވި ރަސްކަލާނގެއެވެ. الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ
8 އެކަލާނގެ އިރާދަކުރެއްވި ކޮންމެ ސިފަޔަކަށް، އެކަލާނގެ، ތިބާ، تركيب ކުރެއްވިއެވެ. فِي أَيِّ صُورَةٍ مَّا شَاء رَكَّبَكَ
9 ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! (قيامة ދުވަހުން) ޖަޒާ ދެއްވާނޭކަން ތިޔަބައިމީހުން ދޮގުކުރަމުއެވެ. كَلَّا بَلْ تُكَذِّبُونَ بِالدِّينِ
10 އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ ملائكة ންވެއެވެ. وَإِنَّ عَلَيْكُمْ لَحَافِظِينَ
11 (އެއީ) މާތްވެގެންވާ، ލިޔުއްވާ ملائكة ންނެވެ. كِرَامًا كَاتِبِينَ
12 ތިޔަބައިމީހުން ކުރާ ކަންތައް އެ ملائكة ން ދެނެވަޑައިގެންވެތެވެ. يَعْلَمُونَ مَا تَفْعَلُونَ
13 ހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، نعمة ގެ ސުވަރުގޭގައިކަން ކަށަވަރެވެ. إِنَّ الْأَبْرَارَ لَفِي نَعِيمٍ
14 އަދި ހަމަކަށަވަރުން، كافر ންވަނީ، ނަރަކައިގައިކަން ކަށަވަރެވެ. وَإِنَّ الْفُجَّارَ لَفِي جَحِيمٍ
15 قيامة ދުވަހު އެއުރެން އެ ނަރަކަޔަށް ވަންނާނެތެވެ. يَصْلَوْنَهَا يَوْمَ الدِّينِ
16 އެއުރެން އެ ނަރަކައިން ނުކުންނާނޭ ބަޔަކު ކަމުގައެއް ނުވެއެވެ. وَمَا هُمْ عَنْهَا بِغَائِبِينَ
17 قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ وَمَا أَدْرَاكَ مَا يَوْمُ الدِّينِ
18 ދެންވެސް قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ
19 (އެއީ) އެއްވެސް نفس އެއް، އަނެއް نفس އަކަށް އެއްވެސްކަމެއް ކޮށްދިނުން މިލްކުވެގެންނުވާ ދުވަހެވެ. އަދި އެދުވަހުން، أمر ވެރިކަން މިލްކުވެގެންވަނީ (ހަމައެކަނި) اللَّه އަށެވެ. يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْئًا وَالْأَمْرُ يَوْمَئِذٍ لِلَّهِ
;