Al-Mursalat

Change Language
Change Surah
Change Recitation

Divehi: Office of the President of Maldives

Play All
# Translation Ayah
1 ވިދިވިދިގެން އަންނަ ވައިރޯޅިތަކާއި، وَالْمُرْسَلَاتِ عُرْفًا
2 އަދި ގަދަޔަށް އަންނަ ބާރު ވައިރޯޅިތަކާއި، فَالْعَاصِفَاتِ عَصْفًا
3 އަދި ވިލާތައް ފަރާތްފަރާތަށް ފަތުރާ ވައިރޯޅިތަކާއި، وَالنَّاشِرَاتِ نَشْرًا
4 حق އާއި باطل ވަކިކުރާ (قرآن ގެ) آية ތަކާއި، فَالْفَارِقَاتِ فَرْقًا
5 އަދި ހަނދުމަކޮށްދޭ آية ތައް (رسول ންނަށް) ގެނެސްދެއްވާ ملائكة ން ގަންދެއްވަމެވެ. فَالْمُلْقِيَاتِ ذِكْرًا
6 عذر ނެތިކުރެއްވުމަށާއި، إنذار ކުރެއްވުމަށެވެ. عُذْرًا أَوْ نُذْرًا
7 ހަމަކަށަވަރުން، ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކީ، ވާނޭކަންތައްކަން ކަށަވަރެވެ. إِنَّمَا تُوعَدُونَ لَوَاقِعٌ
8 ފަހެ، ތަރިތަކުން އޭގެ އަލިކަން ފުއްސަވައިފިހިނދެވެ. فَإِذَا النُّجُومُ طُمِسَتْ
9 އަދި އުޑު ފަޅައިގެން ހިނގައްޖެހިނދެވެ. وَإِذَا السَّمَاء فُرِجَتْ
10 އަދި ފަރުބަދަތައް ކުނޑިކުނޑިވެގެން ހިނގައްޖެހިނދެވެ. وَإِذَا الْجِبَالُ نُسِفَتْ
11 އަދި رسول ން ކަނޑައެޅިގެންވާ ވަގުތަށް އެއްކުރައްވައިފިހިނދެވެ. وَإِذَا الرُّسُلُ أُقِّتَتْ
12 އެކަންތައްތައް ފަސްކުރައްވާފައިވަނީ، ކޮންދުވަހަކަށް ހެއްޔެވެ؟ لِأَيِّ يَوْمٍ أُجِّلَتْ
13 ނިޔާކުރައްވާ ދުވަހަށެވެ. لِيَوْمِ الْفَصْلِ
14 އަދި ނިޔާކުރައްވާ ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ وَمَا أَدْرَاكَ مَا يَوْمُ الْفَصْلِ
15 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ. وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
16 ތިމަންރަސްކަލާނގެ، އިސްވެދިޔަ މީހުން ހަލާކު ނުކުރައްވަންހެއްޔެވެ؟ أَلَمْ نُهْلِكِ الْأَوَّلِينَ
17 ދެން ތިމަންރަސްކަލާނގެ އެއުރެންގެ ފަހަތުން ފަހުގެ މީހުން ގެންދަވާހުށީމެވެ. ثُمَّ نُتْبِعُهُمُ الْآخِرِينَ
18 ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައް ކުރައްވަނީ އެފަދައިންނެވެ. كَذَلِكَ نَفْعَلُ بِالْمُجْرِمِينَ
19 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
20 ދެރަވެގެންވާ ފެނަކުން (އެބަހީ: މަނިފޮދަކުން) ތިމަންރަސްކަލާނގެ ތިޔަބައިމީހުން ނަހައްދަވަން ހެއްޔެވެ؟ أَلَمْ نَخْلُقكُّم مِّن مَّاء مَّهِينٍ
21 ފަހެ، ރައްކާތެރިވެގެންވާ ތަނެއްގައި، (އެބަހީ: رحم ގައި) ތިމަންރަސްކަލާނގެ އެ ފެން ލެއްވީމެވެ. فَجَعَلْنَاهُ فِي قَرَارٍ مَّكِينٍ
22 އެނގިގެންވާ މުއްދަތަކަށެވެ. إِلَى قَدَرٍ مَّعْلُومٍ
23 ފަހެ، ތިމަންރަސްކަލާނގެ (އެހުރިހާކަމެއް) މިންވަރު ކުރެއްވީމެވެ. ފަހެ، މިންވަރުކުރައްވާ ކަލާނގެ މޮޅުކަމާއެވެ! فَقَدَرْنَا فَنِعْمَ الْقَادِرُونَ
24 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ. وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
25 ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟ أَلَمْ نَجْعَلِ الْأَرْضَ كِفَاتًا
26 ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟ أَحْيَاء وَأَمْوَاتًا
27 އަދި ތިމަންރަސްކަލާނގެ އެ ބިމުގައި ހަރުލައިހުންނަ އުސްފަރުބަދަތައް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މީރުފެން ބޯންދެއްވީމެވެ. وَجَعَلْنَا فِيهَا رَوَاسِيَ شَامِخَاتٍ وَأَسْقَيْنَاكُم مَّاء فُرَاتًا
28 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ. وَيْلٌ يوْمَئِذٍ لِّلْمُكَذِّبِينَ
29 (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ދޮގުކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުން ހިނގައިދާށެވެ! انطَلِقُوا إِلَى مَا كُنتُم بِهِ تُكَذِّبُونَ
30 ތިންކަތްޕަށް ކަފިވެފައިވާ ހިޔަންޏެއްގެ ތެރެޔަށް (އެބަހީ: ނަރަކައިގެ އަލިފާންގަނޑުގެ ދުމުގެ ތެރެޔަށް) ތިޔަބައިމީހުން ހިނގައިދާށެވެ! انطَلِقُوا إِلَى ظِلٍّ ذِي ثَلَاثِ شُعَبٍ
31 (އެއިން) ހިޔަލެއްވެސް ނުދެތެވެ. އަދި ހުޅުގަނޑުގެ ހޫނުން ސަލާމަތްކޮށެއްވެސް ނުމެދޭމެއެވެ. لَا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ
32 ހަމަކަށަވަރުން، ބޮޑެތި ގަނޑުވަރުފަދަ ކަނިތައް، އެ ހުޅުގަނޑު އުކައެވެ. إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ
33 އެ ކަނިތައް، ރީނދޫކުލައިގެ جمل ތަކެއް ފަދައެވެ. كَأَنَّهُ جِمَالَتٌ صُفْرٌ
34 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ. وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
35 މިއީ އެއުރެންނަށް ބަސްނުމޮށެވޭނޭ ދުވަހެވެ. هَذَا يَوْمُ لَا يَنطِقُونَ
36 އަދި އެއުރެން عذر ދެއްކުމަކަށް، އެއުރެންނަކަށް إذن އެއް ނުމެދެއްވާނޭމެއެވެ. وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ
37 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
38 (وحى ކުރައްވާނެތެވެ.) މިއީ ނިޔާކުރެއްވުމުގެ ދުވަހެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާއި، އަދި ކުރީގެ މީހުން އެއްކުރެއްވީމެވެ. هَذَا يَوْمُ الْفَصْلِ جَمَعْنَاكُمْ وَالْأَوَّلِينَ
39 ފަހެ، ތިޔަބައިމީހުންނަށް ހަދާނޭ حيلة އެއް ލިބިގެންވާނަމަ، ފަހެ، ތިމަންރަސްލާނގެއާމެދު ތިޔަބައިމީހުން حيلة ހަދައިބަލާށެވެ! فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ
40 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
41 ހަމަކަށަވަރުން، تقوى ވެރިންވަނީ، ހިޔާތަކާއި، ފެން އާރުތަކުގެ نعمة ގައެވެ. إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ
42 އަދި އެއުރެން ހިތްއެދޭ މޭވާތަކުގެ ތެރޭގައެވެ. وَفَوَاكِهَ مِمَّا يَشْتَهُونَ
43 (އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ ސަބަބުން، އަރާމު ލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ
44 إحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ. إِنَّا كَذَلِكَ نَجْزِي الْمُحْسِنينَ
45 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
46 (ދުނިޔޭގައި) ކުޑަހިނދުކޮޅަކަށް ތިޔަބައިމީހުން ކައި، އަރާމުކޮށް އުޅޭށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ކުށްވެރިންނެވެ. كُلُوا وَتَمَتَّعُوا قَلِيلًا إِنَّكُم مُّجْرِمُونَ
47 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
48 ތިޔަބައިމީހުން (ނަމާދުކޮށް) ركوع ކޮށްއުޅޭށޭ އެއުރެންނަށް ބުނެފިނަމަ، އެއުރެން ركوع ކޮށެއް ނޫޅެތެވެ. وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ
49 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކުހުށްޓެވެ. وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
50 ފަހެ، އެ قرآن އަށްފަހު، އެއުރެން إيمان ވަނީ، ކޮން ވާހަކައަކަށް ހެއްޔެވެ؟ فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ
;