An-Nabaa

Change Language
Change Surah
Change Recitation

Divehi: Office of the President of Maldives

Play All
# Translation Ayah
1 އެއުރެން އެކަކު އަނެކަކާ سؤال ކޮށް އުޅެނީ، ކޮންކަމަކާ މެދުގައި ހެއްޔެވެ؟ عَمَّ يَتَسَاءلُونَ
2 ބޮޑުވެގެންވާ خبر އާ މެދުގައެވެ. عَنِ النَّبَإِ الْعَظِيمِ
3 އެ خبر އަކީ، އެއުރެން އެއާމެދު خلاف ވެގެންވާ خبر އެވެ. الَّذِي هُمْ فِيهِ مُخْتَلِفُونَ
4 ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ. كَلَّا سَيَعْلَمُونَ
5 ދެންވެސް ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ. ثُمَّ كَلَّا سَيَعْلَمُونَ
6 ތަންމައްޗެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަންހެއްޔެވެ؟ أَلَمْ نَجْعَلِ الْأَرْضَ مِهَادًا
7 އަދި (ބިން ހިފެހެއްޓުމަށްވާ) ކަޑަތަކެއް ކަމުގައި، ތިމަންރަސްކަލާނގެ ފަރުބަދަތައް ނުލައްވަންހެއްޔެވެ؟ وَالْجِبَالَ أَوْتَادًا
8 އަދި (ދެ جنس ން) ޖޯޑުޖޯޑަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީމެވެ. وَخَلَقْنَاكُمْ أَزْوَاجًا
9 އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ނިދި، އަރާމެއް ކަމުގައި ލެއްވީމެވެ. وَجَعَلْنَا نَوْمَكُمْ سُبَاتًا
10 އަދި ފޭރާމެއް ކަމުގައި، ތިމަންރަސްކަލާނގެ ރޭގަނޑު ލެއްވީމެވެ. وَجَعَلْنَا اللَّيْلَ لِبَاسًا
11 އަދި ދިރިއުޅުމަށް މަސައްކަތްކުރުމުގެ ވަގުތެއް ކަމުގައި، ތިމަންރަސްކަލާނގެ ދުވާލު ލެއްވީމެވެ. وَجَعَلْنَا النَّهَارَ مَعَاشًا
12 ގަދަފަދަވެގެންވާ ހަތް އުޑު ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތީގައި ބިނާކުރެއްވީމެވެ. وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا
13 އަދި އަލިކަންގަދަ ވޮށެއް (އެބަހީ: އިރު) ތިމަންރަސްކަލާނގެ ލެއްވީމެވެ. وَجَعَلْنَا سِرَاجًا وَهَّاجًا
14 އަދި ވާރޭވިލާތަކުގެ ތެރެއިން އޮހިގެންއަންނަ ފެން، ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ. وَأَنزَلْنَا مِنَ الْمُعْصِرَاتِ مَاء ثَجَّاجًا
15 އެ ފެނުގެ ސަބަބުން، އޮށްޓަރާއި، ފަތްޕިލާވެލި ފަޅުއްވައި، ނެރުއްވުމަށްޓަކައެވެ. لِنُخْرِجَ بِهِ حَبًّا وَنَبَاتًا
16 އަދި ފަތްތައް ބޯކޮށް ހެދިފައިވާ ބަގީޗާތައް މެއެވެ. وَجَنَّاتٍ أَلْفَافًا
17 ހަމަކަށަވަރުން، ނިޔާކުރެއްވުމުގެ ދުވަސް ކަނޑައެޅިގެންވާ ދުވަހެއް ކަމުގައިވިއެވެ. إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتًا
18 ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. ފަހެ، އެދުވަހުން ތިޔަބައިމީހުން (محشر ބިމަށް) ބައިބަޔަށް އަންނާނޫއެވެ. يَوْمَ يُنفَخُ فِي الصُّورِ فَتَأْتُونَ أَفْوَاجًا
19 އަދި އުޑުތައް ހުޅުއްވާނެތެވެ. ފަހެ، ދޮރޯށިތަކެއް ފަދައިން އެ އުޑުތައް ވާނެތެވެ. وَفُتِحَتِ السَّمَاء فَكَانَتْ أَبْوَابًا
20 އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވެގެންދާނެތެވެ. އަދި އެ ފަރުބަދަތައް އަވާމެންދުރެއް ކަމުގައި ވާނެތެވެ. وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا
21 ހަމަކަށަވަރުން، ނަރަކައީ، އެތަނަކުން ކުށްވެރިންނަށް ބަލަބަލައިތިބޭ ތަނެއްކަމުގައިވެއެވެ. إِنَّ جَهَنَّمَ كَانَتْ مِرْصَادًا
22 كافر ންނަށް އެއުރެން އެނބުރިގޮސް ތިބޭނެތަނެއްގެ ގޮތުގައެވެ. لِلْطَّاغِينَ مَآبًا
23 އެތައްޒަމާނަކަށް އެއުރެން އެތާނގައި، ލަސްވެތިބޭ حال ގައެވެ. لَابِثِينَ فِيهَا أَحْقَابًا
24 އެތާނގައި ފިނިކަމެއްގެ ރަހަވެސް، އަދި ބުއިމެއްގެ ރަހަވެސް އެއުރެންނަކަށް ނުލިބޭނެތެވެ. لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا
25 ކެކިކެކިހުންނަ ހޫނުފެނާއި (ނަރަކައިގެ أهل ވެރިންގެ) ގައިން އޮހޮރޭ ފާދިޔަ މެނުވީއެވެ. إِلَّا حَمِيمًا وَغَسَّاقًا
26 (އެއުރެންގެ عمل ތަކާ) އެއްގޮތްވެގެންވާ ޖަޒާއެއްގެ ގޮތުންނެވެ. جَزَاء وِفَاقًا
27 ހަމަކަށަވަރުން حساب ބެއްލެވުމަށް ނޭދޭބަޔަކު ކަމުގައި އެއުރެންވޫއެވެ. إِنَّهُمْ كَانُوا لَا يَرْجُونَ حِسَابًا
28 ބޮޑުވެގެންވާ ދޮގުކުރުމަކުން، ތިމަންރަސްކަލާނގެ آية ތައް އެއުރެން ދޮގުކުރޫއެވެ. وَكَذَّبُوا بِآيَاتِنَا كِذَّابًا
29 އަދި ކޮންމެ އެއްޗެއް ތިމަންރަސްކަލާނގެ ފޮތެއްގައި ހިމެނުއްވީމެވެ. وَكُلَّ شَيْءٍ أَحْصَيْنَاهُ كِتَابًا
30 ފަހެ، ތިޔަބައިމީހުން (ކުޅަ ނުބައި عمل ތަކުގެ) ރަހަ ލިބިގަންނާށެވެ! ފަހެ، عذاب މެނުވީ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަކަށް އިތުރެއް ނުކުރައްވާ ހުށީމެވެ. فَذُوقُوا فَلَن نَّزِيدَكُمْ إِلَّا عَذَابًا
31 ހަމަކަށަވަރުން، تقوى ވެރިންނަށް ހުރީ، نصيب ލިބެނިވި ތަނެކެވެ. إِنَّ لِلْمُتَّقِينَ مَفَازًا
32 ބަގީޗާތަކާއި، އަދި މޭބިސްކަދުރުތަކެވެ. حَدَائِقَ وَأَعْنَابًا
33 އަދި އެއްފުރާވަރުގެ ޒުވާން އަންހެން ކުދިންނެވެ. وَكَوَاعِبَ أَتْرَابًا
34 އަދި ފުރިފައިވާ ރާތަށިތަކެވެ. وَكَأْسًا دِهَاقًا
35 باطل ވާހަކަތަކެއް، އަދި ދޮގެއް އެއުރެން އެތާކު ނާހާނެތެވެ. لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّابًا
36 ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ލިބެނިވި ޖަޒާއެއްގެ ގޮތުގައެވެ. ފުދިގެންވާ ދެއްވުމެއްގެ ގޮތުގައެވެ. جَزَاء مِّن رَّبِّكَ عَطَاء حِسَابًا
37 އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރި رحمن ވަންތަ ރަސްކަލާނގެ حضرة ންނެވެ. އެކަލާނގެ حضرة އަށް ބަސްދެންނެވުމަށް އެއުރެންނަކަށް އެއްވެސްބާރެއް ލިބިގެނެއް ނުވެތެވެ. رَبِّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الرحْمَنِ لَا يَمْلِكُونَ مِنْهُ خِطَابًا
38 جبريل ގެފާނާއި، ملائكة ން ސަފަކަށް قائم ވެ ތިއްބަވާ ދުވަހެވެ. رحمن ވަންތަ ރަސްކަލާނގެ، އެމީހަކަށް إذن ދެއްވައި، حق ތެދުބަހެއް ބުނެފި މީހަކު މެނުވީ، އެކަކަށްވެސް ވާހަކައެއް ނުދެއްކޭނެތެވެ. يَوْمَ يَقُومُ الرُّوحُ وَالْمَلَائِكَةُ صَفًّا لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرحْمَنُ وَقَالَ صَوَابًا
39 އެއީ ކަށަވަރުވެގެންވާ ދުވަހެވެ. ފަހެ، ބޭނުންމީހަކު އެމީހާގެ ވެރިރަސްކަލާނގެ حضرة އަށް رجوع ވުމެއް ހިފައިފާހުށިކަމެވެ! ذَلِكَ الْيَوْمُ الْحَقُّ فَمَن شَاء اتَّخَذَ إِلَى رَبِّهِ مَآبًا
40 ހަމަކަށަވަރުން، ގާތްވެގެންވާ عذاب އެއްގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް إنذار ކުރެއްވީމެވެ. (އެއީ) އެމީހެއްގެ ދެއަތުން އިސްކޮށްފައިވާ ކަންތައް، އެމީހާ ދެކޭނޭ ދުވަހެވެ. އަދި كافر ވި މީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަން ވެއްޔަށްވީނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ؟ إِنَّا أَنذَرْنَاكُمْ عَذَابًا قَرِيبًا يَوْمَ يَنظُرُ الْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ الْكَافِرُ يَا لَيْتَنِي كُنتُ تُرَابًا
;