Al-Qalam

Change Language
Change Surah
Change Recitation

Divehi: Office of the President of Maldives

Play All
# Translation Ayah
1 ن (މި އަކުރުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) قلم އާއި (އެ قلم ން) އެއުރެން ލިޔާ ތަކެތި ގަންދެއްވައި وحى ކުރައްވަމެވެ. ن وَالْقَلَمِ وَمَا يَسْطُرُونَ
2 ކަލޭގެފާނުގެ ވެރިރަސްކަލާނގެ نعمة ން ކަލޭގެފާނީ މޮޔަޔަކު ކަމުގައި ވެވަޑައިނުގަންނަވަމުއެވެ. مَا أَنتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ
3 އަދި ހަމަކަށަވަރުން، ނިމުމެއްނުވާ ދަރުމައެއް ކަލޭގެފާނަށް ހުށްޓެވެ. وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍ
4 އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلق ފުޅެއްގެ މަތީގައިކަން ކަށަވަރެވެ. وَإِنَّكَ لَعَلى خُلُقٍ عَظِيمٍ
5 މޮޔަވެފައިވަނީ ތިޔަބައިމީހުންކުރެ ކާކުކަން ފަހެ، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. އަދި އެއުރެންނަށްވެސް ފެންނާނެތެވެ. فَسَتُبْصِرُ وَيُبْصِرُونَ
6 މޮޔަވެފައިވަނީ ތިޔަބައިމީހުންކުރެ ކާކުކަން ފަހެ، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. އަދި އެއުރެންނަށްވެސް ފެންނާނެތެވެ. بِأَييِّكُمُ الْمَفْتُونُ
7 ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންވެސް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِالْمُهْتَدِينَ
8 ފަހެ، ދޮގުކުރާ މީހުންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! فَلَا تُطِعِ الْمُكَذِّبِينَ
9 ކަލޭގެފާނު އެއުރެންނަށް ދުލެއް ދެއްވާނެނަމަ، ކޮންފަދަހޭ ހިތައި، އެކަމަށް އެއުރެން އެދުނޫއެވެ. އެއީ އެއުރެންވެސް ކަލޭގެފާނަށް ދުލެއް ދިނުމަށްޓަކައެވެ. وَدُّوا لَوْ تُدْهِنُ فَيُدْهِنُونَ
10 އަދި ގިނަގިނައިން ހުވާކޮށްހަދާ، އިހާނަތްތެރިކަން ލިބިގެންވާ ކޮންމެ މީހަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ
11 (އެއީ) غيبة ބުނެހަދާ، ދެބައޮޑުވަމުން ހިނގައިއުޅޭ މީހާއެވެ. هَمَّازٍ مَّشَّاء بِنَمِيمٍ
12 ހެޔޮކަންތައް މަނާކުރުންގިނަ، ހައްދުފަހަނަޅައިފައިވާ، ފާފަކުރުންގިނަ މީހާއެވެ. مَنَّاعٍ لِّلْخَيْرِ مُعْتَدٍ أَثِيمٍ
13 ހިތްހަރު މީހާއެވެ. އެހުރިހާ ކަމަކަށްފަހުގައި، ބަފާ ނުކަށަވަރު ދަރިޔެކެވެ. عُتُلٍّ بَعْدَ ذَلِكَ زَنِيمٍ
14 އޭނާއީ މުދާވެރި، އަދި ދަރިންތިބި މީހަކަށްވީތީއެވެ. أَن كَانَ ذَا مَالٍ وَبَنِينَ
15 ތިމަންރަސްކަލާނގެ آية ތައް އޭނާޔަށް ކިޔައިދެއްވާހިނދު، އޭނާ ބުނެތެވެ. (ތިޔައީ) އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެވެ. إِذَا تُتْلَى عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ
16 ނިކަންހުރެ އޭނާގެ ނޯށްމަތީގައި ތިމަންރަސްކަލާނގެ ފާހަގަލައްވާހުށީމެވެ. سَنَسِمُهُ عَلَى الْخُرْطُومِ
17 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން امتحان ކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބަގީޗާގެ أهل ވެރިން امتحان ކުރެއްވި ފަދައިންނެވެ. އެއުރެން ހެނދުނު ހެނދުނާ މޭވާ ބިންނާނޭކަމަށް ހުވާކުރިހިނދެވެ. إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِينَ
18 އަދި އެއުރެން استثناء އެއް ނުކުރެތެވެ. (އެބަހީ: إن شاء اللَّه އޭ ނުބުނެތެވެ.) وَلَا يَسْتَثْنُونَ
19 ފަހެ (އެރޭ) އެއުރެން ނިދާފައިތިއްބައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ބަލާއެއް، އެ ބަގީޗާގެ މައްޗަށް އައެވެ. فَطَافَ عَلَيْهَا طَائِفٌ مِّن رَّبِّكَ وَهُمْ نَائِمُونَ
20 ދެން އެ ބަގީޗާގެ ގަސްތައް އަނދައި، ކަޅުއަނދިރި ރޭގަނޑެއް ފަދައިންވިއެވެ. فَأَصْبَحَتْ كَالصَّرِيمِ
21 ފަހެ، އެއުރެން ހެނދުނު އެކަކު އަނެކަކަށް ގޮވައިހެދޫއެވެ. فَتَنَادَوا مُصْبِحِينَ
22 ތިޔަބައިމީހުން އިންދި ތަކެތީގެ މޭވާ ބިންނަން ތިބިނަމަ، ދަނޑުތަކަށް ހެނދުނާ އަވަހަށް ހިނގާށެވެ! أَنِ اغْدُوا عَلَى حَرْثِكُمْ إِن كُنتُمْ صَارِمِينَ
23 ފަހެ، އެއުރެން ސިއްރުސިއްރުން ވާހަކަދައްކަމުން (އެތަނަށް) ދިޔައޫއެވެ. فَانطَلَقُوا وَهُمْ يَتَخَافَتُونَ
24 މިއަދު ތިޔަބައިމީހުންގެ ގާތަށް އެ ބަގީޗާއަށް އެއްވެސް مسكين އަކު ވަނަދީގެނެއް ނުވާނެތެވެ. أَن لَّا يَدْخُلَنَّهَا الْيَوْمَ عَلَيْكُم مِّسْكِينٌ
25 އަދި فقير ންނަށް ނުދިނުމަށް ކުޅަދާނަކަން ލިބިގެންވާކަމަށްހީކޮށް، އެކަމުގެ قصد ގައި ހެނދުނާ އެއުރެން ދިޔައޫއެވެ. وَغَدَوْا عَلَى حَرْدٍ قَادِرِينَ
26 ފަހެ، އެއުރެންނަށް އެ ބަގީޗާގެ ގަސްތަކަށް ޖެހިފައިވާ حال ފެނުނުހިނދު އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، މަގުއޮޅިގެންވާ ބަޔަކީމުއެވެ. فَلَمَّا رَأَوْهَا قَالُوا إِنَّا لَضَالُّونَ
27 އަދި ކިއެއްތަ! ތިމަންމެންނީ (އެ ބަގީޗާގެ މޭވާތަކުން) محروم ވެގެންވާ ބަޔަކީމުއެވެ. بَلْ نَحْنُ مَحْرُومُونَ
28 އެއުރެންކުރެ އެންމެ ބުއްދިވެރި މީހާ ބުންޏެވެ. ތިޔަބައިމީހުން (اللَّه ހަނދުމަކޮށް) تسبيح ނުކިޔަނީ ކީއްވެހޭ، ތިމަން ތިޔަބައިމީހުންނަށް ނުބުނަން ހެއްޔެވެ؟ قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ
29 އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ، ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ އަނިޔާވެރިންކަމުގައެވެ. قَالُوا سُبْحَانَ رَبِّنَا إِنَّا كُنَّا ظَالِمِينَ
30 ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އެއްބަޔަކު އަނެއްބަޔަކަށް މަލާމާތްކުރެތެވެ. فَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَلَاوَمُونَ
31 އެއުރެން ބުނޫއެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކުކަމުގައެވެ. قَالُوا يَا وَيْلَنَا إِنَّا كُنَّا طَاغِينَ
32 އަޅަމެންގެ ވެރިރަސްކަލާނގެ އޭގެ ބަދަލުގައި އެއަށްވުރެ ހެޔޮވެގެންވާ نعمة އެއް އަޅަމެންނަށް ދެއްވައިފާށިއެވެ! ހަމަކަށަވަރުން، ތިމަންމެންވަނީ ތިމަންމެންގެ ވެރިރަސްކަލާނގެ حضرة އަށް އެދިއެދިތިބޭ ބަޔަކު ކަމުގައެވެ. عَسَى رَبُّنَا أَن يُبْدِلَنَا خَيْرًا مِّنْهَا إِنَّا إِلَى رَبِّنَا رَاغِبُونَ
33 عذاب ހުރީ އެފަދައިންނެވެ. އަދި آخرة ގެ عذاب (އެއަށްވުރެ) މާބޮޑުކަން ކަށަވަރެވެ. އެކަން އެއުރެންނަށް އެނގޭނެނަމައެވެ. كَذَلِكَ الْعَذَابُ وَلَعَذَابُ الْآخِرَةِ أَكْبَرُ لَوْ كَانُوا يَعْلَمُونَ
34 ހަމަކަށަވަރުން، تقوى ވެރިންނަށް އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި نعمة ގެ ސުވަރުގެތައްވެއެވެ. إِنَّ لِلْمُتَّقِينَ عِندَ رَبِّهِمْ جَنَّاتِ النَّعِيمِ
35 ފަހެ، ތިމަންރަސްކަލާނގެ (ކިޔަމަންތެރި) مسلم ން (كافر ވި) ކުށްވެރިންނާ އެއްފަދަ ކުރައްވާނޭ ހެއްޔެވެ؟ أَفَنَجْعَلُ الْمُسْلِمِينَ كَالْمُجْرِمِينَ
36 ތިޔަބައިމީހުންނަށް ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ތިޔަބައިމީހުން ތިޔަ حكم ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟ مَا لَكُمْ كَيْفَ تَحْكُمُونَ
37 އަދި ކިއެއްތަ! ތިޔަބައިމީހުން އެފޮތުން ކިޔަވާނޭ ފޮތެއް ތިޔަބައިމީހުންނަށް ވޭހެއްޔެވެ؟ أَمْ لَكُمْ كِتَابٌ فِيهِ تَدْرُسُونَ
38 ހަމަކަށަވަރުން، އެފޮތުގައި ތިޔަބައިމީހުން اختيار ކުރަން ބޭނުން ގޮތްތައް ވޭހެއްޔެވެ؟ إِنَّ لَكُمْ فِيهِ لَمَا تَخَيَّرُونَ
39 ނުވަތަ قيامة ދުވަހާ ޖެހެންދެން ކަށަވަރުވެ، ދެމިއޮންނަ عهد ތަކެއް ތިމަންރަސްކަލާނގެ حضرة ން ތިޔަބައިމީހުންނަށް ވަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން حكم ކުރާ ގޮތްތައްހުރީ، ހަމަ ތިޔަބައިމީހުންނަށެވެ. أَمْ لَكُمْ أَيْمَانٌ عَلَيْنَا بَالِغَةٌ إِلَى يَوْمِ الْقِيَامَةِ إِنَّ لَكُمْ لَمَا تَحْكُمُونَ
40 ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައި ބައްލަވާށެވެ! އެއުރެންކުރެ އެކަމަށް ޖާމިނުވާހުށީ ކާކުހެއްޔެވެ؟ سَلْهُم أَيُّهُم بِذَلِكَ زَعِيمٌ
41 ނުވަތަ އެއުރެންނަށް ބައިވެރިންތަކެއް ވަނީހެއްޔެވެ؟ އެއުރެންނީ ތެދުވެރިންކަމުގައިވާނަމަ، ފަހެ، އެއުރެންގެ ބައިވެރިން ގޮވައިގެން އެއުރެން އަންނަހުށިކަމެވެ! أَمْ لَهُمْ شُرَكَاء فَلْيَأْتُوا بِشُرَكَائِهِمْ إِن كَانُوا صَادِقِينَ
42 ކަންތައްތައް ބޮޑުވެދާ ދުވަސް (އެބަހީ: قيامة ދުވަސް) ހަނދުމަކުރާށެވެ! (އެދުވަހުން) އެއުރެންނަށް سجدة ކުރުމަށް ގޮވައިލައްވާނެތެވެ. ފަހެ، އެއުރެންނަކަށް (އެކަމަކަށް) ކުޅަދާނަވެގެނެއްނުވާނެތެވެ. يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلَا يَسْتَطِيعُونَ
43 (އެއުރެން ތިބޭހުށީ) އެއުރެންގެ ލޯތައް ތިރިވެ، އެއުރެންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. ހަމަކަށަވަރުން، އެއުރެން ސަލާމަތުން ތިބިއިރު، سجدة ކުރުމަށް ގޮވައިލައްވާ ކަމުގައިވިއެވެ. خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ وَقَدْ كَانُوا يُدْعَوْنَ إِلَى السُّجُودِ وَهُمْ سَالِمُونَ
44 ފަހެ، މި قرآن ދޮގުކުރާމީހުން، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ! އެއުރެންނަށް ނޭނގޭނޭގޮތުން (عذاب ގެ ތެރެޔަށް) ތިމަންރަސްކަލާނގެ، އެއުރެން ނިކަންހުރެ ގެންދަވާހުށީމެވެ. فَذَرْنِي وَمَن يُكَذِّبُ بِهَذَا الْحَدِيثِ سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ
45 އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ލަސްކުރައްވަމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ރޭއްވެވުން ގަދަފަދަވެގެންވެއެވެ. وَأُمْلِي لَهُمْ إِنَّ كَيْدِي مَتِينٌ
46 އަދި ކިއެއްތަ! އެއުރެންގެ ކިބައިން އުޖޫރައަކަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީތޯއެވެ؟ ފަހެ، އެއުރެން އެ އުޖޫރަ ދޭންޖެހުމުގެ ސަބަބުން އެއުރެންނަށް ބުރަކަމެއް ލިބެނީތޯއެވެ؟ أَمْ تَسْأَلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ
47 ނުވަތަ އެއުރެން (އެއިން) ލިޔުމަށް އެއުރެންގެ ގާތުގައި غيب ގެ علم ވަނީހެއްޔެވެ؟ أَمْ عِندَهُمُ الْغَيْبُ فَهُمْ يَكْتُبُونَ
48 ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حكم ފުޅަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ބޮޑުމަހުގެ އެކުވެރިޔާ (އެބަހީ: يونس ގެފާނު) ފަދައިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! އެކަލޭގެފާނު، ބޮޑުވެގެންވާ ހިތާމައިގައިވާ حال، دعاء ކުރެއްވި ހިނދުގައެވެ. فَاصْبِرْ لِحُكْمِ رَبِّكَ وَلَا تَكُن كَصَاحِبِ الْحُوتِ إِذْ نَادَى وَهُوَ مَكْظُومٌ
49 އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ފޮނުއްވި نعمة އެއް، އެކަލޭގެފާނާ ހަމަޔަށް واصل ނުވިނަމަ، އެކަލޭގެފާނަށް މަލާމާތްލިބިގެންވާ حال (މަހުގެ ބަނޑުން، ކަނޑުގެ) އައްސޭރިޔަށް އެކަލޭގެފާނު އެއްލައިލެއްވީހެވެ. لَوْلَا أَن تَدَارَكَهُ نِعْمَةٌ مِّن رَّبِّهِ لَنُبِذَ بِالْعَرَاء وَهُوَ مَذْمُومٌ
50 ދެން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލޭގެފާނު خيار ކުރެއްވިއެވެ. އަދި صالح އަޅުންގެ ތެރެއިން އެކަލޭގެފާނު ލެއްވިއެވެ. فَاجْتَبَاهُ رَبُّهُ فَجَعَلَهُ مِنَ الصَّالِحِينَ
51 كافر ވި މީހުން قرآن ގެ އަޑު އެހިހިނދު، އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެތެވެ. އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ މޮޔައެކެވެ. وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ
52 عالم ތަކަށް ހަނދާންކޮށްދިނުމެއްކަމުގައި މެނުވީ އެ قرآن ނުވެއެވެ. وَمَا هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ
;