Al-Haqqa

Change Language
Change Surah
Change Recitation

Divehi: Office of the President of Maldives

Play All
# Translation Ayah
1 ކަށަވަރުވެގެންވާ قيامة ދުވަހެވެ. الْحَاقَّةُ
2 ކަށަވަރުވެގެންވާ قيامة ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟ مَا الْحَاقَّةُ
3 ކަށަވަރުވެގެންވާ قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ وَمَا أَدْرَاكَ مَا الْحَاقَّةُ
4 ثمود ބާގައިމީހުންނާއި، عاد ބާގައިމީހުން قيامة ދުވަސް ދޮގުކުރޫއެވެ. كَذَّبَتْ ثَمُودُ وَعَادٌ بِالْقَارِعَةِ
5 ފަހެ، ثمود ބާގައިމީހުން ދަންނާށެވެ! ފަހެ، ބިރުވެރި، ގަދަފަދަ އަޑުން އެއުރެން ހަލާކު ކުރެއްވިއެވެ. فَأَمَّا ثَمُودُ فَأُهْلِكُوا بِالطَّاغِيَةِ
6 އަދި عاد ބާގައިމީހުން ދަންނާށެވެ! ފަހެ، ގަދަފަދަ ފިނިވަޔަކުން އެއުރެން ހަލާކު ކުރެއްވިއެވެ. وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ
7 އެކަލާނގެ އެއުރެންގެ މައްޗަށް ހަތްރެޔާއި، އަށްދުވާ ވަންދެން ވިދިވިދިގެން އެ ވައި ފޮނުއްވިއެވެ. ފަހެ، އެ قوم ގެމީހުން ހޭނެތިގެން ވެއްޓިފައިވާތީ ތިބާ ދެކޭނޫއެވެ. އެއުރެންނެކޭ، ހޮއިހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެކޭ އެއްފަދައެވެ. سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَى كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ
8 ފަހެ، އެއުރެންގެ ތެރެއިން ސަލާމަތްވި އެކަކުވެސް ތިބާޔަށް ފެނޭހެއްޔެވެ؟ فَهَلْ تَرَى لَهُم مِّن بَاقِيَةٍ
9 އަދި فرعون އާއި، އޭނާގެ ކުރީގެ މީހުންނާއި، ބަންޑުންޖެއްސެވި ރަށްތަކުގެ މީހުން ފާފަކުރޫއެވެ. وَجَاء فِرْعَوْنُ وَمَن قَبْلَهُ وَالْمُؤْتَفِكَاتُ بِالْخَاطِئَةِ
10 ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ ފޮނުއްވި رسول އާއަށް އެއުރެން އުރެދުނޫއެވެ. ފަހެ، އެކަލާނގެ ގަދަފަދަވެގެންވާ عذاب ގެ ހިއްޕެވުމަކުން އެއުރެން ހިއްޕެވިއެވެ. فَعَصَوْا رَسُولَ رَبِّهِمْ فَأَخَذَهُمْ أَخْذَةً رَّابِيَةً
11 ފެންގަނޑު ހައްދުފަހަނަޅައި އެރިހިނދު، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ނައުކޮޅުގައި ތިޔަބައިމީހުން އުފުއްލެވީމެވެ. إِنَّا لَمَّا طَغَى الْمَاء حَمَلْنَاكُمْ فِي الْجَارِيَةِ
12 އެއީ ތިމަންރަސްކަލާނގެ އެކަންތައްތައް ތިޔަބައިމީހުންނަށް ހަނދާންކޮށްދެއްވުމެއް ކަމުގައި ލެއްވުމަށްޓަކައެވެ. އަދި ކަނުލައި އަހާ ކަންފަތްތަކެއް އެވާހަކަ ކަނުލައި އެހުމަށްޓަކައެވެ. لِنَجْعَلَهَا لَكُمْ تَذْكِرَةً وَتَعِيَهَا أُذُنٌ وَاعِيَةٌ
13 ފަހެ، ތާޅަފިލި އެއްފަހަރު ފުމެލައްވާ ހިނދެވެ. فَإِذَا نُفِخَ فِي الصُّورِ نَفْخَةٌ وَاحِدَةٌ
14 އަދި ބިމާއި، ފަރުބަދަތައް (އެ ތަކެތި ހުރިތަނުން) އުފުލި އެއްފަހަރުން ޖެހި، ކުނޑި ކުނޑި ވެގެންދާ ހިނދެވެ. وَحُمِلَتِ الْأَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً
15 ފަހެ، އެދުވަހުން قيامة ވާ ހުށްޓެވެ. فَيَوْمَئِذٍ وَقَعَتِ الْوَاقِعَةُ
16 އަދި އުޑު ފަޅަފަޅައިގެންދާނެތެވެ. ފަހެ، އެދުވަހުން އެ އުޑުވާހުށީ، ބަލިކަށިވެގެންނެވެ. وَانشَقَّتِ السَّمَاء فَهِيَ يَوْمَئِذٍ وَاهِيَةٌ
17 އަދި ملائكة ން، އެ އުޑުގެ ކަންކޮޅުތަކުގައި ތިއްބަވާނެތެވެ. އެދުވަހުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ عرش ފުޅު، އެއުރެންގެ މަތީގައި އުފުއްލަވާނީ، އަށް ملائكة ންނެވެ. وَالْمَلَكُ عَلَى أَرْجَائِهَا وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ
18 އެދުވަހުން (حساب ބެއްލެވުމަށް) ތިޔަބައިމީހުން ހުށަހަޅުއްވާނެތެވެ. ތިޔަބައިމީހުންގެ އެއްވެސްކަމެއް ވަންހަނާއެއް ނުވާނެތެވެ. يَوْمَئِذٍ تُعْرَضُونَ لَا تَخْفَى مِنكُمْ خَافِيَةٌ
19 ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. މިއޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ! فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَؤُوا كِتَابِيهْ
20 ހަމަކަށަވަރުން، ތިމަންގެ حساب ކުރިމަތިލާންޖެހޭނެކަން ތިމަންނާއަށް يقين ވިއެވެ. إِنِّي ظَنَنتُ أَنِّي مُلَاقٍ حِسَابِيهْ
21 ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. فَهُوَ فِي عِيشَةٍ رَّاضِيَةٍ
22 މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ. فِي جَنَّةٍ عَالِيَةٍ
23 އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ. قُطُوفُهَا دَانِيَةٌ
24 (އަންގަވާނެތެވެ.) އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ عمل ތަކުގެ ޖަޒާއެއްގެ ގޮތުންނެވެ. كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ
25 އަދި އެމީހެއްގެ ފަތް، އެމީހެއްގެ ވާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ ފަތް ތިމަންގެ އަތަށް ނުދެއްވެވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيهْ
26 އަދި ތިމަންގެ ހިސާބު ތިމަންނާއަށް ނޭނގުނުނަމަ ކޮންފަދަހެއްޔެވެ! وَلَمْ أَدْرِ مَا حِسَابِيهْ
27 އޭ ސަހަރޯއެވެ! އެ މަރު އެއީ، ތިމަންނާގެ ނިމުންކަމުގައިވީނަމަ، ކޮންފަދަހެއްޔެވެ! يَا لَيْتَهَا كَانَتِ الْقَاضِيَةَ
28 ތިމަންގެ މުދާ، ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. مَا أَغْنَى عَنِّي مَالِيهْ
29 ތިމަންގެ އާރާއި ބާރު، ތިމަންގެ ކިބައިން ފިލައިހިނގައްޖެއެވެ. هَلَكَ عَنِّي سُلْطَانِيهْ
30 (زبانىّ ملائكة ންނަށް اللَّه އަންގަވާނެތެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ! خُذُوهُ فَغُلُّوهُ
31 ދެން އޭނާ ނަރަކަޔަށް ވައްދާށެވެ! ثُمَّ الْجَحِيمَ صَلُّوهُ
32 ދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ! ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ
33 ހަމަކަށަވަރުން، އޭނާ މާތް اللَّه އަށް إيمان ވާކަމުގައެއް ނުވެއެވެ. إِنَّهُ كَانَ لَا يُؤْمِنُ بِاللَّهِ الْعَظِيمِ
34 އަދި مسكين ންނަށް ކާންދިނުމަކަށް އޭނާ ބާރުއަޅާކަމުގައެއް ނުވެއެވެ. وَلَا يَحُضُّ عَلَى طَعَامِ الْمِسْكِينِ
35 ފަހެ، މިއަދު މިތާކު އޭނާއަކަށް رحمة ތެރިޔަކު ނުވެއެވެ. فَلَيْسَ لَهُ الْيَوْمَ هَاهُنَا حَمِيمٌ
36 އަދި غسلين މެނުވީ (އެބަހީ: ނަރަކައިގެ أهل ވެރިންގެ ގައިން އޮހޮރޭ ފާ ދިޔަ މެނުވީ) އޭނާޔަކަށް ކާއެއްޗެއް ނުވެއެވެ. وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ
37 ކުށްވެރިން މެނުވީ އެ އެއް ނުކާނެތެވެ. لَا يَأْكُلُهُ إِلَّا الْخَاطِؤُونَ
38 ފަހެ، ތިޔަބައިމީހުންނަށް ފެންނަ ތަކެއްޗާއި، ތިޔަބައިމީހުންނަށް ނުފެންނަ ތަކެތި ގަންދެއްވައި وحى ކުރައްވަމެވެ. فَلَا أُقْسِمُ بِمَا تُبْصِرُونَ
39 ފަހެ، ތިޔަބައިމީހުންނަށް ފެންނަ ތަކެއްޗާއި، ތިޔަބައިމީހުންނަށް ނުފެންނަ ތަކެތި ގަންދެއްވައި وحى ކުރައްވަމެވެ. وَمَا لَا تُبْصِرُونَ
40 ހަމަކަށަވަރުން، އެއީ މާތްވެގެންވާ رسول އަކު (އެބަހީ: جبريل ގެފާނު اللَّه ގެ حضرة ން) ގެންނެވި ބަސްފުޅެއްކަން ކަށަވަރެވެ. إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ
41 އެއީ ޅެންވެރިޔެއްގެ ބަހެއްނޫނެވެ. ތިޔަބައިމީހުން إيمان ވަނީ ވަރަށްވެސް ކުޑަކޮށެވެ. وَمَا هُوَ بِقَوْلِ شَاعِرٍ قَلِيلًا مَا تُؤْمِنُونَ
42 އަދި އެއީ كاهن އެއްގެ ބަހެއްވެސްނޫނެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ. وَلَا بِقَوْلِ كَاهِنٍ قَلِيلًا مَا تَذَكَّرُونَ
43 (އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ. تَنزِيلٌ مِّن رَّبِّ الْعَالَمِينَ
44 އަދި އެކަލޭގެފާނު ތިމަންރަސްކަލާނގެއަށް ނިސްބަތްކޮށް ހަދައިގެން ބައެއް ވާހަކަ ދައްކަވައިފިނަމަ، ތިމަންރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން انتقام) ހިއްޕެވީމުހެވެ. وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ
45 އަދި އެކަލޭގެފާނު ތިމަންރަސްކަލާނގެއަށް ނިސްބަތްކޮށް ހަދައިގެން ބައެއް ވާހަކަ ދައްކަވައިފިނަމަ، ތިމަންރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން انتقام) ހިއްޕެވީމުހެވެ. لَأَخَذْنَا مِنْهُ بِالْيَمِينِ
46 ދެން ތިމަންރަސްކަލާނގެ، އެކަލޭގެފާނުގެ ހިތްޕުޅުގެ ނާރު ކަނޑުއްވައިފީމުހެވެ. ثُمَّ لَقَطَعْنَا مِنْهُ الْوَتِينَ
47 ފަހެ، ތިޔަބައިމީހުންކުރެ އެކަކަށްވެސް އެކަލޭގެފާނު ތިމަންރަސްކަލާނގެ عذاب ން ދުރެއްނުކުރެވޭނެތެވެ. فَمَا مِنكُم مِّنْ أَحَدٍ عَنْهُ حَاجِزِينَ
48 ހަމަކަށަވަރުން، އެ قرآن އަކީ، تقوى ވެރިންނަށް އޮތް ހަނދާންކޮށްދިނުމެއްކަން ކަށަވަރެވެ. وَإِنَّهُ لَتَذْكِرَةٌ لِّلْمُتَّقِينَ
49 އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ދޮގުކުރާ ބަޔަކުވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. وَإِنَّا لَنَعْلَمُ أَنَّ مِنكُم مُّكَذِّبِينَ
50 އަދި ހަމަކަށަވަރުން، އެ قرآن އަކީ، ކާފިރުންގެ މައްޗަށްހުރި ހިތާމައެއްކަން ކަށަވަރެވެ. وَإِنَّهُ لَحَسْرَةٌ عَلَى الْكَافِرِينَ
51 އަދި ހަމަކަށަވަރުން، އެ قرآن އަކީ، يقين ވެގެންވާ حق ތެދުކަން ކަށަވަރެވެ. وَإِنَّهُ لَحَقُّ الْيَقِينِ
52 ފަހެ، ކަލޭގެފާނުގެ ވެރި މާތްވަންތަ ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ! فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ
;