Az-Zariyat

Change Language
Change Surah
Change Recitation

Divehi: Office of the President of Maldives

Play All
# Translation Ayah
1 ގިނަގިނައިން ހިރަފުސް ބުރުއްސާ ވައިރޯޅިތަކާއި، وَالذَّارِيَاتِ ذَرْوًا
2 ފެންބަރުކައިފައިވާ ވިލާތަކާއި، فَالْحَامِلَاتِ وِقْرًا
3 ފަސޭހަކޮށް ދުވާ އުޅަނދުފަހަރާއި، فَالْجَارِيَاتِ يُسْرًا
4 ކަންތައްތައް ބައްސަވާ ملائكة ންނާއި (މިހުރިހާ ތަކެތި) ގަންދެއްވައި وحى ކުރައްވަމެވެ. فَالْمُقَسِّمَاتِ أَمْرًا
5 ހަމަކަށަވަރުން، ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތައްތަކަކީ، حق ތެދުކަން ކަށަވަރެވެ. إِنَّمَا تُوعَدُونَ لَصَادِقٌ
6 އަދި (ތިޔަބައިމީހުންގެ عمل ތަކަށް) ޖަޒާ ދެއްވުމަކީ، ވާނޭކަމެއްކަން ކަށަވަރެވެ. وَإِنَّ الدِّينَ لَوَاقِعٌ
7 (ތަރިތައް ހިނގާ) މަގުތަކުގެ ވެރި، ފުރިހަމަކަންބޮޑު، އުޑު ގަންދެއްވައި وحى ކުރައްވަމެވެ. وَالسَّمَاء ذَاتِ الْحُبُكِ
8 ހަމަކަށަވަރުން، ތިޔަބައިމީހުންވަނީ (محمد ގެފާނާއި، قرآن އާމެދު) خلاف ވެގެންވާ ބަސްތަކެއްގެ ތެރޭގައިކަން ކަށަވަރެވެ. إِنَّكُمْ لَفِي قَوْلٍ مُّخْتَلِفٍ
9 އެކަމުން ދުރުކުރައްވާފައިވަނީ (اللَّه ގެ علم ފުޅުގައި) ދުރުކުރައްވާފައިވާ މީހެކެވެ. يُؤْفَكُ عَنْهُ مَنْ أُفِكَ
10 ދޮގުހަދާ މީހުންނަށް لعنة ލައްވާފައިވެއެވެ. قُتِلَ الْخَرَّاصُونَ
11 އެއުރެންނީ جاهل ކަމުގެ ތެރެޔަށް ގެނބި، غافل ވެފައިވާ މީހުންނެވެ. الَّذِينَ هُمْ فِي غَمْرَةٍ سَاهُونَ
12 އެއުރެން (ފުރައްސާރައިގެގޮތުގައި) سؤال ކުރެތެވެ. قيامة ދުވަސް އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ يَسْأَلُونَ أَيَّانَ يَوْمُ الدِّينِ
13 (އެއީ) ނަރަކައިގެ عذاب އަށް އެއުރެން ހުށަހަޅުއްވާނޭ ދުވަހުއެވެ. يَوْمَ هُمْ عَلَى النَّارِ يُفْتَنُونَ
14 (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުންގެ عذاب ގެ ރަހަ ލިބިގަންނާށެވެ! މިއީ (ދުނިޔެމަތީގައި) ތިޔަބައިމީހުން އަވަސްވުންއެދި އުޅުނު عذاب އެވެ. ذُوقُوا فِتْنَتَكُمْ هَذَا الَّذِي كُنتُم بِهِ تَسْتَعْجِلُونَ
15 ހަމަކަށަވަރުން، تقوى ވެރިންވަނީ، ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمة ގައެވެ. إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ
16 އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ދެއްވި ثواب ލިބިލިބިއެވެ. ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ إحسان ތެރިން ކަމުގައެވެ. آخِذِينَ مَا آتَاهُمْ رَبُّهُمْ إِنَّهُمْ كَانُوا قَبْلَ ذَلِكَ مُحْسِنِينَ
17 އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ
18 އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި دعاء ކުރެތެވެ. وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ
19 އަދި سؤال ކޮށް އެދޭ މީހުންނަށާއި، ނިކަމެތި محروم ންނަށް އެއުރެންގެ މުދަލުގައި حق އެއްވެއެވެ. وَفِي أَمْوَالِهِمْ حَقٌّ لِّلسَّائِلِ وَالْمَحْرُومِ
20 يقين ކުރާ ބަޔަކަށް ބިމުގައި (ކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެއެވެ. وَفِي الْأَرْضِ آيَاتٌ لِّلْمُوقِنِينَ
21 އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގައިވެސްމެއެވެ. ފަހެ، ތިޔަބައިމީހުން ވިސްނައި ނުބަލަނީ ހެއްޔެވެ؟ وَفِي أَنفُسِكُمْ أَفَلَا تُبْصِرُونَ
22 އަދި ތިޔަބައިމީހުންގެ ރޯއްޖާއި، ތިޔަބައިމީހުންނަށް وعد ކުރައްވާހާ ކަމެއް (ގެأمر ފުޅު) އުޑުގައިވެއެވެ. وَفِي السَّمَاء رِزْقُكُمْ وَمَا تُوعَدُونَ
23 ފަހެ، އުޑާއި، ބިމުގެ ވެރިރަސްކަލާނގެ ގަންދެއްވައި، ހުވާ وحى ކުރައްވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ބަސްމޮށޭ ފަދައިން، އެއީ ހަމަ حق ތެދުކަން ކަށަވަރެވެ. فَوَرَبِّ السَّمَاء وَالْأَرْضِ إِنَّهُ لَحَقٌّ مِّثْلَ مَا أَنَّكُمْ تَنطِقُونَ
24 إبراهيم ގެފާނުގެ މާތްވެގެންވާ މެހުމާނުންގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟ هَلْ أَتَاكَ حَدِيثُ ضَيْفِ إِبْرَاهِيمَ الْمُكْرَمِينَ
25 އެ މެހުމާނުން އެކަލޭގެފާނުގެ އަރިހަށް ގެންނެވިހިނދު، سلاماً މިހެން ވިދާޅުވެ سلام ކުރެއްވޫއެވެ. ދެން އެކަލޭގެފާނު سلام މިހެން ވިދާޅުވެ سلام ރައްދުކުރެއްވިއެވެ. (އަދި ހިތްޕުޅަށް އަރައިވަޑައިގަތެވެ. މިއީ އަހުރެން) ނުދަންނަ ބަޔެކެވެ. إِذْ دَخَلُوا عَلَيْهِ فَقَالُوا سَلَامًا قَالَ سَلَامٌ قَوْمٌ مُّنكَرُونَ
26 ފަހެ، އެކަލޭގެފާނު، އެކަލޭގެފާނުގެ أهل ވެރިންގެ ގާތަށް ސިއްރިޔާތުގައި ވަޑައިގަތެވެ. އަދި ރޫފަރަނގަޅު ޅަގެރިއެއް (ފިއްސަވައިގެން) ގެންނެވިއެވެ. فَرَاغَ إِلَى أَهْلِهِ فَجَاء بِعِجْلٍ سَمِينٍ
27 ދެން އެ މެހުމާނުންނާއި، އޭތި ކައިރިކޮށްލައްވައި ވިދާޅުވިއެވެ. ތިޔަބައިމީހުން ނުކާނޫހެއްޔެވެ؟ فَقَرَّبَهُ إِلَيْهِمْ قَالَ أَلَا تَأْكُلُونَ
28 ފަހެ، އެކަލޭގެފާނުގެ ހިތްޕުޅަށް އެއުރެންނާމެދު، ބިރުވެރިކަމެއް ވަދެއްޖެއެވެ. އެ މެހުމާނުން ދެންނެވޫއެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައިނުގަންނަވާށެވެ! (ތިމަންމެންނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮނުއްވި ملائكة ންނީމުއެވެ.) އަދި އެ މެހުމާނުން އެކަލޭގެފާނަށް علم ވެރި ދަރިކަލަކު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި خبر ދެއްވޫއެވެ. فَأَوْجَسَ مِنْهُمْ خِيفَةً قَالُوا لَا تَخَفْ وَبَشَّرُوهُ بِغُلَامٍ عَلِيمٍ
29 ފަހެ (އެ އުފާވެރި خبر އައްސަވައި) އެކަލޭގެފާނުގެ އަނބިކަނބަލުން ހަޅޭއްފުޅުލައްވަމުން ވަޑައިގަތެވެ. އަދި އެކަމަނާގެ މޫނުފުޅުގައި ތަޅުއްވަމުން ވިދާޅުވިއެވެ. (އަހުރެންނީ) ދަރިމައިނުވާ މުސްކުޅިއަކީމެވެ. (އަހުރެންނަށް ދަރިޔަކު ލިބޭނީ ކިހިނަކުން ހެއްޔެވެ؟) فَأَقْبَلَتِ امْرَأَتُهُ فِي صَرَّةٍ فَصَكَّتْ وَجْهَهَا وَقَالَتْ عَجُوزٌ عَقِيمٌ
30 އެ ملائكة ން ދެންނެވޫއެވެ. ކަމަނާގެ ވެރިރަސްކަލާނގެ وحى ކުރެއްވީ އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حكيم ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. قَالُوا كَذَلِكَ قَالَ رَبُّكِ إِنَّهُ هُوَ الْحَكِيمُ الْعَلِيمُ
31 އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ފޮނުއްވާފައިވާ ملائكة ންނެވެ! ފަހެ، ތިޔަބޭކަލުން ފޮނުއްވީ ކޮންކަމަކާތޯއެވެ؟ قَالَ فَمَا خَطْبُكُمْ أَيُّهَا الْمُرْسَلُونَ
32 އެބޭކަލުން ދެންނެވޫއެވެ. ހަމަކަށަވަރުން، ތިމަންމެން ފޮނުއްވާފައިވަނީ، ކުށްވެރި قوم އެއްގެ މީހުންގެ ގާތަށެވެ. قَالُوا إِنَّا أُرْسِلْنَا إِلَى قَوْمٍ مُّجْرِمِينَ
33 (އެއީ) އެއުރެންގެ މައްޗަށް މަށީގެ ހިލަ އުއްކެވުމަށްޓަކައެވެ. لِنُرْسِلَ عَلَيْهِمْ حِجَارَةً مِّن طِينٍ
34 (އެއީ) އުރެދުމުގައި ހައްދުފަހަނަޅައިފައިވާ މީހުންނަށްޓަކައި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ފާހަގަލައްވާފައިވާ ހިލައެވެ. مُسَوَّمَةً عِندَ رَبِّكَ لِلْمُسْرِفِينَ
35 ފަހެ، مؤمن ންގެ ތެރެއިން އެރަށުގައިވާހާ ބަޔަކު، ތިމަންރަސްކަލާނގެ ނެރުއްވީމެވެ. فَأَخْرَجْنَا مَن كَانَ فِيهَا مِنَ الْمُؤْمِنِينَ
36 ފަހެ، އެރަށުގައި مسلم ންގެ އެންމެ ގެއެއްގެ أهل ވެރިން މެނުވީ ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ. فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍ مِّنَ الْمُسْلِمِينَ
37 އަދި ވޭންދެނިވި عذاب އަށް ބިރުގަންނަ ބަޔަކަށްޓަކައި ތިމަންރަސްކަލާނގެ އެރަށުގައި (އެއުރެން ހަލާކުކުރެއްވިކަމުގެ) علامة އެއް ލެއްވީމެވެ. وَتَرَكْنَا فِيهَا آيَةً لِّلَّذِينَ يَخَافُونَ الْعَذَابَ الْأَلِيمَ
38 އަދި فرعون ގެ ގާތަށް ފާޅުވެގެންވާ حجّة އަކާއެކު ތިމަންރަސްކަލާނގެ موسى ގެފާނު ފޮނުއްވިހިނދު، އެކަލޭގެފާނުގެ ވާހަކައިގައި عبرة އެއްވެއެވެ. وَفِي مُوسَى إِذْ أَرْسَلْنَاهُ إِلَى فِرْعَوْنَ بِسُلْطَانٍ مُّبِينٍ
39 ފަހެ، އެ فرعون އޭނާގެ لشكر އާއެކު، إيمان ކަމުން ދުރުވެ، އެއްކިބާވިއެވެ. އަދި ބުންޏެވެ. (އެކަލޭގެފާނީ) ޖާދޫގަރެކެވެ. ނުވަތަ މޮޔައެކެވެ. فَتَوَلَّى بِرُكْنِهِ وَقَالَ سَاحِرٌ أَوْ مَجْنُونٌ
40 ފަހެ، ތިމަންރަސްކަލާނގެ، އޭނާޔާއި އޭނާގެ لشكر އަތުލައްވައި އެއުރެން ކަނޑަށް އުއްކަވައިލެއްވީމެވެ. (އޭނާ غرق ވީ) އޭނާޔަށް މަލާމާތް ލިބޭފަދަ ކަންތައްކޮށްފައިވާ حال ގައެވެ. فَأَخَذْنَاهُ وَجُنُودَهُ فَنَبَذْنَاهُمْ فِي الْيَمِّ وَهُوَ مُلِيمٌ
41 عاد ބާގައިމީހުންގައިވެސް عبرة އެއްވެއެވެ. އެއީ ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް މަންފާއެއް ނެތް ވައި ފޮނުއްވި ހިނދުގައެވެ. وَفِي عَادٍ إِذْ أَرْسَلْنَا عَلَيْهِمُ الرِّيحَ الْعَقِيمَ
42 އެ ވައިޖެހުނު ކޮންމެ އެއްޗެއް ފުނޑުފުނޑުކޮށް އަޅިޔަށް ހަދައިނުލައެއް ދުލެއް ނުކުރެއެވެ. مَا تَذَرُ مِن شَيْءٍ أَتَتْ عَلَيْهِ إِلَّا جَعَلَتْهُ كَالرَّمِيمِ
43 އަދި ثمود ބާގައިމީހުންގައިވެސް عبرة އެއްވެއެވެ. އެއީ އެއުރެންނަށް އެންގެވި ހިނދުގައެވެ. ތިޔަބައިމީހުން ކުޑަހިނދުކޮޅަކަށް އަރާމުކޮށް އުޅޭށެވެ! وَفِي ثَمُودَ إِذْ قِيلَ لَهُمْ تَمَتَّعُوا حَتَّى حِينٍ
44 ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ أمر ފުޅާ خلاف ވެ، އެއުރެން كبر ވެރިވޫއެވެ. ދެން އެއުރެން ބަލަބަލައި ތިއްބައި ހޮނުގުގުރި އެއުރެންގައި ހިފިއެވެ. فَعَتَوْا عَنْ أَمْرِ رَبِّهِمْ فَأَخَذَتْهُمُ الصَّاعِقَةُ وَهُمْ يَنظُرُونَ
45 ފަހެ، އެއުރެންނަށް ތެދުވުމަކަށްވެސް ކުޅަދާނައެއް ނުވިއެވެ. އަދި نصر ލިބިގެންވާ ބަޔަކު ކަމުގައިވެސް އެއުރެން ނުވިއެވެ. فَمَا اسْتَطَاعُوا مِن قِيَامٍ وَمَا كَانُوا مُنتَصِرِينَ
46 އަދި އޭގެކުރިން ތިމަންރަސްކަލާނގެ نوح ގެފާނުގެ قوم ގެމީހުން ހަލާކުކުރެއްވީމެވެ. ހަމަކަށަވަރުން، فاسق ވެގެންވާ ބަޔަކު ކަމުގައި އެއުރެންވޫއެވެ. وَقَوْمَ نُوحٍ مِّن قَبْلُ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ
47 ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުން އުޑު ހެއްދެވީމެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތަނަވަސްކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. وَالسَّمَاء بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ
48 އަދި ތިމަންރަސްކަލާނގެ ބިންގަނޑު ފެތުރުއްވީމެވެ. ފަހެ، ތަންމައްޗެއްގެ ގޮތުގައި (ބިންގަނޑު) ފެތުރުއްވި ރަސްކަލާނގެ މޮޅުކަމާއެވެ! وَالْأَرْضَ فَرَشْنَاهَا فَنِعْمَ الْمَاهِدُونَ
49 ކޮންމެ އެއްޗަކުން ތިމަންރަސްކަލާނގެ އަންހެން ފިރިހެން ދޭތި އުފެއްދެވީމެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ. وَمِن كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ
50 ފަހެ، ތިޔަބައިމީހުން اللَّه އަށް ކިޔަމަންވުމަށް އަވަސްވެގަންނާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ حضرة ން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވި، بيان ވެގެންހުރި إنذار ކުރައްވާ ބޭކަލަކީމެވެ. فَفِرُّوا إِلَى اللَّهِ إِنِّي لَكُم مِّنْهُ نَذِيرٌ مُّبِينٌ
51 އަދި ތިޔަބައިމީހުން اللَّه އާއެކު އެހެން إله އަކު ނުލާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ حضرة ން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވި، بيان ވެގެންހުރި إنذار ކުރައްވާ ބޭކަލަކީމެވެ. وَلَا تَجْعَلُوا مَعَ اللَّهِ إِلَهًا آخَرَ إِنِّي لَكُم مِّنْهُ نَذِيرٌ مُّبِينٌ
52 އެފަދައިން އެއީ ޖާދޫގަރެކޭ، ނުވަތަ މޮޔައެކޭ އެއުރެން ނުބުނާ އެއްވެސް رسول އަކު، އެއުރެންގެ ކުރީގެ މީހުންގެ ގާތަކަށްވެސް ވަޑައެއްނުގަންނަވައެވެ. كَذَلِكَ مَا أَتَى الَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ
53 އެއުރެން رسول ން ދޮގުކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް وصية ކޮށްފައި ވަނީހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ ފުރެދުމުގައި ހައްދުފަހަނަޅައިފައިވާ ބަޔެކެވެ. أَتَوَاصَوْا بِهِ بَلْ هُمْ قَوْمٌ طَاغُونَ
54 ފަހެ، ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ! ފަހެ، ކަލޭގެފާނަކީ، މަލާމާތް ލިބިގެންވާ ބޭކަލަކު ކަމުގައި ނުވެތެވެ. فَتَوَلَّ عَنْهُمْ فَمَا أَنتَ بِمَلُومٍ
55 ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، مؤمن ންނަށް މަންފާކުރާނޭ ކަމެކެވެ. وَذَكِّرْ فَإِنَّ الذِّكْرَى تَنفَعُ الْمُؤْمِنِينَ
56 ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ
57 އެއުރެންގެ ކިބަޔަކުން ތިމަންރަސްކަލާނގެ رزق އަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް އެދިވޮޑިއެއް ނުގަންނަވަމެވެ. مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ
58 ހަމަކަށަވަރުން، اللَّه އީ، رزق ދެއްވާ، ބާރުވެރިވަންތަ ގަދަފަދަވަންތަ ރަސްކަލާނގެއެވެ. إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ
59 ފަހެ، ހަމަކަށަވަރުން، އަނިޔާވެރިވި މީސްތަކުންނަށް عذاب ގެ حصّة އެއް ހުށްޓެވެ. (އެއީ) އެއުރެންގެ އެކުވެރިން ކަމުގައިވި މީހުންނަށްހުރި عذاب އަކާ އެއްފަދަ حصّة އެކެވެ. ފަހެ، عذاب އަވަސްވުންއެދި ތިމަންރަސްކަލާނގެ حضرة އަށް އެއުރެން، ނޭދޭހުށިކަމެވެ! فَإِنَّ لِلَّذِينَ ظَلَمُوا ذَنُوبًا مِّثْلَ ذَنُوبِ أَصْحَابِهِمْ فَلَا يَسْتَعْجِلُونِ
60 ފަހެ كافر ވި މީހުންނަށް އެއުރެންނަށް وعد ކުރައްވާ ދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ. فَوَيْلٌ لِّلَّذِينَ كَفَرُوا مِن يَوْمِهِمُ الَّذِي يُوعَدُونَ
;