1 |
طور ފަރުބަދައާއި، |
/content/ayah/audio/hudhaify/052001.mp3
|
وَالطُّورِ |
2 |
ފަތުރައިލެވިފައިވާ ހަމުގައި ލިޔެވިގެންވާ ފޮތާއި، |
/content/ayah/audio/hudhaify/052002.mp3
|
وَكِتَابٍ مَّسْطُورٍ |
3 |
ފަތުރައިލެވިފައިވާ ހަމުގައި ލިޔެވިގެންވާ ފޮތާއި، |
/content/ayah/audio/hudhaify/052003.mp3
|
فِي رَقٍّ مَّنشُورٍ |
4 |
البيت المعمور އާއި (އެބަހީ: އުޑުގައި ملائكة ން އަޅުކަން ކުރައްވާ ތަނާއި) |
/content/ayah/audio/hudhaify/052004.mp3
|
وَالْبَيْتِ الْمَعْمُورِ |
5 |
އުފުލިގެންވާ އުޑާއި، |
/content/ayah/audio/hudhaify/052005.mp3
|
وَالسَّقْفِ الْمَرْفُوعِ |
6 |
ފުރިގެންވާ ކަނޑާއި (މިހުރިހާ ތަކެތި) ގަންދެއްވައި وحى ކުރައްވަމެވެ. |
/content/ayah/audio/hudhaify/052006.mp3
|
وَالْبَحْرِ الْمَسْجُورِ |
7 |
ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ عذاب އަކީ، އަންނާނެ އެއްޗެއްކަން ކަށަވަރެވެ. |
/content/ayah/audio/hudhaify/052007.mp3
|
إِنَّ عَذَابَ رَبِّكَ لَوَاقِعٌ |
8 |
އެ عذاب (އެއުރެންގެ ކިބައިން) ދުރުކޮށްދޭނޭ އެއްވެސް ފަރާތެއް ނުވެތެވެ. |
/content/ayah/audio/hudhaify/052008.mp3
|
مَا لَهُ مِن دَافِعٍ |
9 |
އެއީ އުޑު، ވަރަށްގަދަޔަށް ގުޑައިގެންދާ ދުވަހެވެ. |
/content/ayah/audio/hudhaify/052009.mp3
|
يَوْمَ تَمُورُ السَّمَاء مَوْرًا |
10 |
އަދި ފަރުބަދަތައް (ހުރިތަނުން ނެއްޓި) ހިނގައިގަންނަ ދުވަހެވެ. |
/content/ayah/audio/hudhaify/052010.mp3
|
وَتَسِيرُ الْجِبَالُ سَيْرًا |
11 |
ފަހެ، އެދުވަހުން ދޮގުކުރާ މީހުންނަށް ގެއްލުމާއި، ހަލާކު ހުށްޓެވެ. |
/content/ayah/audio/hudhaify/052011.mp3
|
فَوَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ |
12 |
އެއުރެންނީ ހަމަ باطل ވާހަކައިގައި ކުޅެކުޅެތިބޭ މީހުންނެވެ. |
/content/ayah/audio/hudhaify/052012.mp3
|
الَّذِينَ هُمْ فِي خَوْضٍ يَلْعَبُونَ |
13 |
އެދުވަހު ނަރަކައިގެ އަލިފާނުގެ ތެރެޔަށް އެއުރެން ކޮއްޕައި ވައްޓައިލައްވާނެތެވެ. |
/content/ayah/audio/hudhaify/052013.mp3
|
يَوْمَ يُدَعُّونَ إِلَى نَارِ جَهَنَّمَ دَعًّا |
14 |
(އަދި އަންގަވާނެތެވެ.) މިއީ ތިޔަބައިމީހުން ދޮގުކޮށްއުޅުނު ނަރަކަޔެވެ. |
/content/ayah/audio/hudhaify/052014.mp3
|
هَذِهِ النَّارُ الَّتِي كُنتُم بِهَا تُكَذِّبُونَ |
15 |
ފަހެ، މިއީވެސް ޖާދޫހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟ |
/content/ayah/audio/hudhaify/052015.mp3
|
أَفَسِحْرٌ هَذَا أَمْ أَنتُمْ لَا تُبْصِرُونَ |
16 |
ތިޔަބައިމީހުން އެ ނަރަކަޔަށް ވަންނާށެވެ! އަދި (އެ عذاب އަށް) ކެތްކުރާށެވެ! ނުވަތަ ކެތްނުކުރާށެވެ! (ކެތްކުރުމާއި ނުކުރުން) ތިޔަބައިމީހުންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. ތިޔަބައިމީހުންނަށް ޖަޒާލިބޭކަން ކަށަވަރީ، ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށެވެ. |
/content/ayah/audio/hudhaify/052016.mp3
|
اصْلَوْهَا فَاصْبِرُوا أَوْ لَا تَصْبِرُوا سَوَاء عَلَيْكُمْ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ |
17 |
ހަމަކަށަވަރުން، تقوى ވެރިން ވާހުށީ، ސުވަރުގެތަކެއްގައެވެ. އަދި ބޮޑުވެގެންވާ نعمة ގައެވެ. |
/content/ayah/audio/hudhaify/052017.mp3
|
إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَعِيمٍ |
18 |
(އެއުރެން އެ ސުވަރުގެތަކުގައި ތިބޭހުށީ) އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން މީރުކަން ލިބިލިބިއެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ، ނަރަކައިގެ عذاب ން އެއުރެން ދިންނެވިއެވެ. |
/content/ayah/audio/hudhaify/052018.mp3
|
فَاكِهِينَ بِمَا آتَاهُمْ رَبُّهُمْ وَوَقَاهُمْ رَبُّهُمْ عَذَابَ الْجَحِيمِ |
19 |
(އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، އަރާމުލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! |
/content/ayah/audio/hudhaify/052019.mp3
|
كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ |
20 |
(އެއުރެން ތިބޭނީ) އެތުރިފައިވާ ދާންތަކެއްގެ މަތީގައި ލެނގިލައިގެންވާ حال ގައެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް حورالعين ން އަނބިކޮށްދެއްވީމެވެ. |
/content/ayah/audio/hudhaify/052020.mp3
|
مُتَّكِئِينَ عَلَى سُرُرٍ مَّصْفُوفَةٍ وَزَوَّجْنَاهُم بِحُورٍ عِينٍ |
21 |
އަދި إيمان ވިމީހުން އެއުރެންގެ ދަރިން إيمان ވުމާއެކު، އެއުރެންނަށް تبع ވުމުން، އެއުރެންގެ ދަރިންވެސް ތިމަންރަސްކަލާނގެ އެއުރެންނާ އެއްދަރަޖައިގައި (ސުވަރުގޭގައި) ލައްވާހުށީމެވެ. އަދި އެއުރެންގެ عمل އަކުން އެއްވެސް އެއްޗެއް ތިމަންރަސްކަލާނގެ އުންޏެއް ނުކުރައްވާހުށީމެވެ. ކޮންމެމީހަކީވެސް އެމީހަކު ހޯދި عمل އަކަށް ކަނޑައަޅުއްވާފައިވާ ޖަޒާލިބޭނޭ މީހެކެވެ. |
/content/ayah/audio/hudhaify/052021.mp3
|
وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَاهُم مِّنْ عَمَلِهِم مِّن شَيْءٍ كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ |
22 |
އަދި އެއުރެން ހިތްއެދޭ މޭވާގެ ބާވަތްތަކާއި، މަހުގެ ބާވަތްތައް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާހުށީމެވެ. |
/content/ayah/audio/hudhaify/052022.mp3
|
وَأَمْدَدْنَاهُم بِفَاكِهَةٍ وَلَحْمٍ مِّمَّا يَشْتَهُونَ |
23 |
އެ ސުވަރުގޭގައި މަސްތުކުރުމެއް، އަދި ފާފަވެރިކުރުމެއްނުވާ، ބުއިމުގެ ތަށިތަކެއް އެކަކު އަނެކަކަށް ދީހަދާނެތެވެ. |
/content/ayah/audio/hudhaify/052023.mp3
|
يَتَنَازَعُونَ فِيهَا كَأْسًا لَّا لَغْوٌ فِيهَا وَلَا تَأْثِيمٌ |
24 |
އަދި އެއުރެންނަށް خاص ވެފައިވާ ފިރިހެންކުދިން އެއުރެންގެ خدمة ގައި ބުރުޖަހާނެތެވެ. އެކުދިން ރައްކާތެރިވެގެންވާ މުތީތަކެއްފަދައެވެ. |
/content/ayah/audio/hudhaify/052024.mp3
|
وَيَطُوفُ عَلَيْهِمْ غِلْمَانٌ لَّهُمْ كَأَنَّهُمْ لُؤْلُؤٌ مَّكْنُونٌ |
25 |
އަދި އެކަކު އަނެކަކާ سؤال ކުރަމުން، އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ ގާތަށް ކުރިމަތިލައި އަންނާނެތެވެ. |
/content/ayah/audio/hudhaify/052025.mp3
|
وَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَسَاءلُونَ |
26 |
އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ކުރިން ތިމަންމެން، ތިމަންމެންގެ أهل ވެރިންގެ ތެރޭގައި އުޅުނުއިރު (اللَّه ގެ عذاب އަށް) ބިރުވެތިވެގެންވީމުއެވެ. |
/content/ayah/audio/hudhaify/052026.mp3
|
قَالُوا إِنَّا كُنَّا قَبْلُ فِي أَهْلِنَا مُشْفِقِينَ |
27 |
ދެން اللَّه ތިމަންމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންނެވިއެވެ. އަދި ނަރަކައިގެ عذاب ން ތިމަންމެން ދިންނެވިއެވެ. |
/content/ayah/audio/hudhaify/052027.mp3
|
فَمَنَّ اللَّهُ عَلَيْنَا وَوَقَانَا عَذَابَ السَّمُومِ |
28 |
ހަމަކަށަވަރުން، ކުރިން ތިމަންމެން އެކަލާނގެއަށް އަޅުކަންކޮށް އުޅުނީމުއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، إحسان ތެރިވަންތަ، رحيم ވަންތަ ކަލާނގެއެވެ. |
/content/ayah/audio/hudhaify/052028.mp3
|
إِنَّا كُنَّا مِن قَبْلُ نَدْعُوهُ إِنَّهُ هُوَ الْبَرُّ الرَّحِيمُ |
29 |
ފަހެ، ކަލޭގެފާނު ހަނދާންކޮށްދެއްވުންމަތީ ދެމިހުންނަވާށެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ފުޅުން ކަލޭގެފާނީ، كاهن އަކު ކަމުގައިވެސް އަދި މޮޔައަކު ކަމުގައިވެސް ނުވެތެވެ. |
/content/ayah/audio/hudhaify/052029.mp3
|
فَذَكِّرْ فَمَا أَنتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَلَا مَجْنُونٍ |
30 |
އަދި ކިއެއްތަ! އެއީ شاعر އެކޭ އެއުރެން ބުނަނީހެއްޔެވެ؟ އެ شاعر މަރުވެދިޔުމަށް ތިމަންމެން ބަލަބަލައި ތިބެމުއެވެ. |
/content/ayah/audio/hudhaify/052030.mp3
|
أَمْ يَقُولُونَ شَاعِرٌ نَّتَرَبَّصُ بِهِ رَيْبَ الْمَنُونِ |
31 |
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބަލަބަލައިތިބޭށެވެ! ފަހެ، ހަމަކަށަވަރުން، ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު ބަލަބަލައިތިބޭ މީހުންގެ ތެރެއިން ވަމެވެ. |
/content/ayah/audio/hudhaify/052031.mp3
|
قُلْ تَرَبَّصُوا فَإِنِّي مَعَكُم مِّنَ الْمُتَرَبِّصِينَ |
32 |
އަދި ކިއެއްތަ! އެއުރެންގެ ބުއްދިތައް އެގޮތަށް ބުނުމަށް އެއުރެންނަށް އަމުރުކުރަނީހެއްޔެވެ؟ ނުވަތަ އެއުރެންނީ ވިސްނުމަކާނުލައި ދެކޮޅުހަދާ ބަޔަކީހެއްޔެވެ؟ |
/content/ayah/audio/hudhaify/052032.mp3
|
أَمْ تَأْمُرُهُمْ أَحْلَامُهُم بِهَذَا أَمْ هُمْ قَوْمٌ طَاغُونَ |
33 |
އަދި ކިއެއްތަ! އެ قرآن އަކީ، އެކަލޭގެފާނު އަމިއްލަފުޅަށް ހައްދަވައިގެން ވިދާޅުވާ އެއްޗެއްކަމަށް އެއުރެން ބުނެއުޅެނީހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެން إيمان އެއް ނުވެތެވެ. |
/content/ayah/audio/hudhaify/052033.mp3
|
أَمْ يَقُولُونَ تَقَوَّلَهُ بَل لَّا يُؤْمِنُونَ |
34 |
ފަހެ، އެއުރެންނީ، ތެދުބުނާބަޔަކު ކަމުގައިވާނަމަ، އެފަދަ قرآن އަކާއިގެން އައިސްބަލާށެވެ! |
/content/ayah/audio/hudhaify/052034.mp3
|
فَلْيَأْتُوا بِحَدِيثٍ مِّثْلِهِ إِن كَانُوا صَادِقِينَ |
35 |
އަދި ކިއެއްތަ! ހެއްދެވިފަރާތެއްނެތި އެއުރެން ހެދިގަތީހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތްތަކަކީ، އެއުރެން ހެއްޔެވެ؟ |
/content/ayah/audio/hudhaify/052035.mp3
|
أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ |
36 |
އަދި ކިއެއްތަ! އުޑުތަކާއި، ބިން ހެދީ އެއުރެން ހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ، إيمان ނުވާ ބަޔެކެވެ. |
/content/ayah/audio/hudhaify/052036.mp3
|
أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ بَل لَّا يُوقِنُونَ |
37 |
އަދި ކިއެއްތަ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ خزانة ތައް އެބައިމީހުންގެ ގާތުގައި ވަނީހެއްޔެވެ؟ ނުވަތަ އެކަންކަމުގެ ބާރު، އެއުރެންނަށް ލިބިގެންވަނީ ހެއްޔެވެ؟ |
/content/ayah/audio/hudhaify/052037.mp3
|
أَمْ عِندَهُمْ خَزَائِنُ رَبِّكَ أَمْ هُمُ الْمُصَيْطِرُونَ |
38 |
އަދި ކިއެއްތަ! (ملائكة ން ދައްކަވާ ވާހަކަފުޅު) އެއުރެން އެހުމަށް އެއުރެންނަށް ހަރުގަނޑެއް ވަނީހެއްޔެވެ؟ ފަހެ، އެއުރެންކުރެ އަހާކަމަށްބުނާ މީހާ، ބަޔާންވެގެންވާ حجّة އެއް ގެނެސްދީބަލާށެވެ! |
/content/ayah/audio/hudhaify/052038.mp3
|
أَمْ لَهُمْ سُلَّمٌ يَسْتَمِعُونَ فِيهِ فَلْيَأْتِ مُسْتَمِعُهُم بِسُلْطَانٍ مُّبِينٍ |
39 |
އަދި ކިއެއްތަ! އެކަލާނގެއަށް އަންހެންދަރިންވެފައި، ފިރިހެންދަރިން، ތިޔަބައިމީހުންނަށް ވަނީހެއްޔެވެ؟ |
/content/ayah/audio/hudhaify/052039.mp3
|
أَمْ لَهُ الْبَنَاتُ وَلَكُمُ الْبَنُونَ |
40 |
އަދި ކިއެއްތަ! އެއުރެންގެ ކިބައިން އުޖޫރައަކަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީހެއްޔެވެ؟ ފަހެ، އެއުރެން އެ އުޖޫރަ ދޭންޖެހުމުގެ ސަބަބުން އެއުރެންނަށް ބުރަކަމެއް ލިބެނީހެއްޔެވެ؟ |
/content/ayah/audio/hudhaify/052040.mp3
|
أَمْ تَسْأَلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ |
41 |
އަދި ކިއެއްތަ! ފަހެ، އެއުރެން އެއިން ލިޔުމަށް އެއުރެންގެ ގާތުގައި غيب ގެ علم ވަނީ ހެއްޔެވެ؟ |
/content/ayah/audio/hudhaify/052041.mp3
|
أَمْ عِندَهُمُ الْغَيْبُ فَهُمْ يَكْتُبُونَ |
42 |
އަދި ކިއެއްތަ! އެއުރެން (ކަލޭގެފާނާމެދު) ކެހިވެރި ރޭވުމެއް ރާވަން އެދެނީހެއްޔެވެ؟ ފަހެ، ކެހިވެރިކަން ރައްދުވާބަޔަކީ كافر ންނެވެ. |
/content/ayah/audio/hudhaify/052042.mp3
|
أَمْ يُرِيدُونَ كَيْدًا فَالَّذِينَ كَفَرُوا هُمُ الْمَكِيدُونَ |
43 |
އަދި ކިއެއްތަ! اللَّه ފިޔަވައި އެހެން إله އެއް އެއުރެންނަށް ވަނީހެއްޔެވެ؟ އެއުރެން شريك ކުރާ ތަކެތިން اللَّه ހުސްطاهر ވަންތަވެވޮޑިގެންވެއެވެ. |
/content/ayah/audio/hudhaify/052043.mp3
|
أَمْ لَهُمْ إِلَهٌ غَيْرُ اللَّهِ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ |
44 |
(އެއުރެންނަށް عذاب އެއްގެ ގޮތުގައި) އުޑުން ތަންގަނޑެއް ވެއްޓޭތަން އެއުރެންނަށް ފެނިއްޖެނަމަ، މަތިމައްޗަށްހުރި ވިލާތަކެކޭ އެއުރެން ބުނާނެތެވެ. |
/content/ayah/audio/hudhaify/052044.mp3
|
وَإِن يَرَوْا كِسْفًا مِّنَ السَّمَاء سَاقِطًا يَقُولُوا سَحَابٌ مَّرْكُومٌ |
45 |
ފަހެ، އެއުރެން ހަލާކުވެގެންދާ ދުވަހާ އެއުރެން ބައްދަލުވެއްޖައުމަށް ދާނދެން، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ! |
/content/ayah/audio/hudhaify/052045.mp3
|
فَذَرْهُمْ حَتَّى يُلَاقُوا يَوْمَهُمُ الَّذِي فِيهِ يُصْعَقُونَ |
46 |
(އެއީ) އެއުރެންގެ މަކަރުވެރި ރޭވުން، އެއުރެންނަށް އެއްވެސްކަމެއް ފުއްދައިނުދޭ، އަދި އެއުރެންނަށް نصر ވެރިކަމެއްވިޔަސް ނުލިބޭ ދުވަހެވެ. |
/content/ayah/audio/hudhaify/052046.mp3
|
يَوْمَ لَا يُغْنِي عَنْهُمْ كَيْدُهُمْ شَيْئًا وَلَا هُمْ يُنصَرُونَ |
47 |
ހަމަކަށަވަރުން، އަނިޔާވެރިވީ މީހުންނަށް (ދުނިޔޭގެ) عذاب ގެ އިތުރަށް عذاب ހުށްޓެވެ. އެހެނެއްކަމަކު އެއުރެންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. |
/content/ayah/audio/hudhaify/052047.mp3
|
وَإِنَّ لِلَّذِينَ ظَلَمُوا عَذَابًا دُونَ ذَلِكَ وَلَكِنَّ أَكْثَرَهُمْ لَا يَعْلَمُونَ |
48 |
ކަލޭގެފާނުގެ ވެރިރަސްކަލާނގެ حكم ފުޅަށް ކެތްކުރައްވާށެވެ! ފަހެ، ހަމަކަށަވަރުން، ކަލޭގެފާނުވަނީ ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުގައެވެ. އަދި ކަލޭގެފާނު ތެދުވެވަޑައިގަންނަވާހިނދު ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ވިދާޅުވާށެވެ! |
/content/ayah/audio/hudhaify/052048.mp3
|
وَاصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا وَسَبِّحْ بِحَمْدِ رَبِّكَ حِينَ تَقُومُ |
49 |
އަދި ރޭގަނޑުން ބައެއްގައްޔާއި، ތަރިތައް އޮއްސޭހިނދު، ކަލޭގެފާނު އެކަލާނގެއަށް تسبيح ވިދާޅުވާށެވެ! |
/content/ayah/audio/hudhaify/052049.mp3
|
وَمِنَ اللَّيْلِ فَسَبِّحْهُ وَإِدْبَارَ النُّجُومِ |