As-Saffat

Change Language
Change Surah
Change Recitation

Divehi: Office of the President of Maldives

Play All
# Translation Ayah
1 ސަފުސަފަށް ތިއްބަވާ ملائكة ންނާއި، އުރެދުންތަކުން މީސްތަކުން ދުރުކުރައްވާ ملائكة ންނާއި، قرآن ކިޔަވައިވިދާޅުވާ ملائكة ން ގަންދެއްވައި وحى ކުރައްވަމެވެ. وَالصَّافَّاتِ صَفًّا
2 ސަފުސަފަށް ތިއްބަވާ ملائكة ންނާއި، އުރެދުންތަކުން މީސްތަކުން ދުރުކުރައްވާ ملائكة ންނާއި، قرآن ކިޔަވައިވިދާޅުވާ ملائكة ން ގަންދެއްވައި وحى ކުރައްވަމެވެ. فَالزَّاجِرَاتِ زَجْرًا
3 ސަފުސަފަށް ތިއްބަވާ ملائكة ންނާއި، އުރެދުންތަކުން މީސްތަކުން ދުރުކުރައްވާ ملائكة ންނާއި، قرآن ކިޔަވައިވިދާޅުވާ ملائكة ން ގަންދެއްވައި وحى ކުރައްވަމެވެ. فَالتَّالِيَاتِ ذِكْرًا
4 ހަމަކަށަވަރުން، ތިޔަބައިމީހުންގެ إله އަކީ އެއްކައުވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. إِنَّ إِلَهَكُمْ لَوَاحِدٌ
5 (އެކަލާނގެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާ ތަނާއި، ތަރިރުހަނދުއަރާ އުދަރެސްތަކުގެ ވެރިރަސްކަލާނގެއެވެ. رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَرَبُّ الْمَشَارِقِ
6 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަލިގަދަ ތަރިތަކުގެ ޒީނަތްތެރިކަމުން އެންމެކައިރި އުޑު ޒީނަތްތެރި ކުރެއްވީމެވެ. إِنَّا زَيَّنَّا السَّمَاء الدُّنْيَا بِزِينَةٍ الْكَوَاكِبِ
7 އަދި ނުކިޔަމަންތެރި ކޮންމެ شيطان އެއްގެ ކިބައިން އެ އުޑު ރައްކާތެރިކުރެއްވީމެވެ. وَحِفْظًا مِّن كُلِّ شَيْطَانٍ مَّارِدٍ
8 މަތިވެރިވެގެންވާ جماعة ން ދައްކަވާ ވާހަކަފުޅަށް (އެބަހީ: ملائكة ން ދައްކަވާ ވާހަކަފުޅަށް) އަޑުއެހުމަކަށް އެ شيطان ންނަށް ކުޅަދާނަވެގެންނެއް ނުވެތެވެ. އަދި ހުރިހާ ފަރާތަކުން އެ شيطان ންނާ ދިމާޔަށް ގިނިހިލަ އުއްކަވާނެތެވެ. لَا يَسَّمَّعُونَ إِلَى الْمَلَإِ الْأَعْلَى وَيُقْذَفُونَ مِن كُلِّ جَانِبٍ
9 ބޭރުކޮށް ފައްސައިލުމުގެ ގޮތުންނެވެ. އަދި ކެނޑިގެންނުދާނެ عذاب އެއުރެންނަށް ހުށްޓެވެ. دُحُورًا وَلَهُمْ عَذَابٌ وَاصِبٌ
10 ކުއްލިގޮތެއްގައި ސިއްރުން އެހުމެއް އަހައިފި شيطان އަކު މެނުވީއެވެ. ފަހެ، އެ شيطان އާގެ ފަހަތުން ތޮރުފައިލާފަދަ ގިނިހިލައެއް ފޮނުއްވާހުށްޓެވެ. إِلَّا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ
11 ފަހެ، ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައިބައްލަވާށެވެ! އުނދަގޫކަންބޮޑީ، އެއުރެން ހެއްދެވުންހޭ؟ ނުވަތަ ތިމަންރަސްކަލާނގެ ހެއްދެވި އެނޫންތަކެތިހޭ؟ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން (އެބަހީ: އިންސާނުން) ހެއްދެވީ ތަތްލާ މަށިންނެވެ. فَاسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَم مَّنْ خَلَقْنَا إِنَّا خَلَقْنَاهُم مِّن طِينٍ لَّازِبٍ
12 އަދި ކިއެއްތަ! (އެއުރެން ދޮގުކުރާ ކަމާމެދު) ކަލޭގެފާނު عجائب ވެވަޑައިގެންނެވީމުއެވެ. އަދި އެއުރެން އެކަމަށް ފުރައްސާރަކޮށް އުޅެތެވެ. بَلْ عَجِبْتَ وَيَسْخَرُونَ
13 އަދި އެއުރެންނަށް ހަނދުމަކޮށްދެއްވައިފިނަމަ، އެއުރެން ހަނދުމައެއް ނުކުރެތެވެ. وَإِذَا ذُكِّرُوا لَا يَذْكُرُونَ
14 އަދި އެއުރެންނަށް معجزة އެއް ފެނިއްޖެނަމަ، އެއުރެން ފުރައްސާރަކޮށް އުޅެތެވެ. وَإِذَا رَأَوْا آيَةً يَسْتَسْخِرُونَ
15 އަދި އެއުރެން ބުނޫއެވެ. މިއީ، ފާޅުވެގެންވާ ޖާދޫއެއްކަމުގައި މެނުވީ ނުވެތެވެ. وَقَالُوا إِنْ هَذَا إِلَّا سِحْرٌ مُّبِينٌ
16 ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު، ހަމަކަށަވަރުން، ތިމަންމެންނަކީ، އަލުން ދިރުމަކަށް ފޮނުއްވާނެ ބަޔަކުހެއްޔެވެ؟ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَئِنَّا لَمَبْعُوثُونَ
17 އަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސް ހެއްޔެވެ؟ أَوَآبَاؤُنَا الْأَوَّلُونَ
18 ކަލޭގެފާނު ވިދާޅުވާށެވެ! އާނއެކެވެ! ތިޔަބައިމީހުން ނިކަމެތިވެގެންވާ حال ގައެވެ. قُلْ نَعَمْ وَأَنتُمْ دَاخِرُونَ
19 ފަހެ، އެކަންތައް ވާނެކަން ކަށަވަރީ، ބިރުވެރި އެންމެ އަޑަކުންނެވެ. ފަހެ، އެހާރުން، އެއުރެން (ތެދުވެ) ބަލަން ތިބޭނެތެވެ. فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ فَإِذَا هُمْ يَنظُرُونَ
20 އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! މިއީ قيامة ދުވަހެވެ. وَقَالُوا يَا وَيْلَنَا هَذَا يَوْمُ الدِّينِ
21 މިއީ ތިޔަބައިމީހުން އެދުވަހަކާމެދު ދޮގުކޮށް އުޅުނު ނިޔާކުރެއްވުމުގެ ދުވަހެވެ. هَذَا يَوْمُ الْفَصْلِ الَّذِي كُنتُمْ بِهِ تُكَذِّبُونَ
22 (ملائكة ންނަށް އަންގަވާނެތެވެ.) އަނިޔާވެރިވީ މީހުންނާއި، އެއުރެންގެ (އެފަދަ) އަނބިންނާއި، އަދި اللَّه ފިޔަވައި އެއުރެން އަޅުކަންކޮށްއުޅުނު ތަކެތި އެއްކުރައްވާށެވެ! ފަހެ، އެއުރެންނަށް ނަރަކައިގެ މަގަށް މަގުދައްކަވާށެވެ! احْشُرُوا الَّذِينَ ظَلَمُوا وَأَزْوَاجَهُمْ وَمَا كَانُوا يَعْبُدُونَ
23 (ملائكة ންނަށް އަންގަވާނެތެވެ.) އަނިޔާވެރިވީ މީހުންނާއި، އެއުރެންގެ (އެފަދަ) އަނބިންނާއި، އަދި اللَّه ފިޔަވައި އެއުރެން އަޅުކަންކޮށްއުޅުނު ތަކެތި އެއްކުރައްވާށެވެ! ފަހެ، އެއުރެންނަށް ނަރަކައިގެ މަގަށް މަގުދައްކަވާށެވެ! مِن دُونِ اللَّهِ فَاهْدُوهُمْ إِلَى صِرَاطِ الْجَحِيمِ
24 އަދި އެއުރެން ހުއްޓުވާށެވެ! ހަމަކަށަވަރުން، އެއުރެންނީ سؤال ކުރައްވާނޭ ބަޔެކެވެ. وَقِفُوهُمْ إِنَّهُم مَّسْئُولُونَ
25 (މިއަދު) ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީނުވަނީ ކީއްވެގެންހެއްޔެވެ؟ مَا لَكُمْ لَا تَنَاصَرُونَ
26 އަދި ކިއެއްތަ! އެއުރެން މިއަދު ތިބީ ކިޔަމަންވެ ބޯލަނބައިގެންނެވެ. بَلْ هُمُ الْيَوْمَ مُسْتَسْلِمُونَ
27 އަދި އެކަކު އަނެކަކާ سؤال ކުރަމުން އެއުރެންގެ އެއްބަޔަކު އަނެއްބަޔަކުގެ ގާތަށް ކުރިމަތިލައި އަންނާނެތެވެ. وَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَسَاءلُونَ
28 (މަގުފުރެއްދި މީހުންނަށް) އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކައިރިޔަށް ތިޔަބައިމީހުން ކަނާތްފަރާތުން އަންނަކަމުގައިވީމުއެވެ. قَالُوا إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ الْيَمِينِ
29 އެއުރެން ބުނާނެތެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން مؤمن ން ކަމުގައި ނުވަމުއެވެ. قَالُوا بَل لَّمْ تَكُونُوا مُؤْمِنِينَ
30 އަދި ތިޔަބައިމީހުންގެ މައްޗަކަށް ތިމަންމެންނަކަށް ބާރެއް ލިބިގެނެއް ނުވެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ. وَمَا كَانَ لَنَا عَلَيْكُم مِّن سُلْطَانٍ بَلْ كُنتُمْ قَوْمًا طَاغِينَ
31 ފަހެ، ތިމަންމެންގެ މައްޗަށް، ތިމަންމެންގެ ވެރިރަސްކަލާނގެ عذاب ގެ ބަސްފުޅު حق ވެއްޖެއެވެ. ހަމަކަށަވަރުން، ތިމަންމެންނީ عذاب ގެ ރަހަ ދެކޭނޭ ބަޔެއްކަން ކަށަވަރެވެ. فَحَقَّ عَلَيْنَا قَوْلُ رَبِّنَا إِنَّا لَذَائِقُونَ
32 ފަހެ، ތިމަންމެން ތިޔަބައިމީހުން މަގުފުރެއްދީމުއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވީ، މަގުފުރެދިގެންވާ ބަޔަކު ކަމުގައެވެ. فَأَغْوَيْنَاكُمْ إِنَّا كُنَّا غَاوِينَ
33 ފަހެ، ހަމަކަށަވަރުން، އެއުރެންނީ އެދުވަހުން عذاب ގައި ބައިވެރިވެގެންވާ މީހުންނެވެ. فَإِنَّهُمْ يَوْمَئِذٍ فِي الْعَذَابِ مُشْتَرِكُونَ
34 ހަމަކަށަވަރުން، ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައްކުރައްވަނީ އެފަދައިންނެވެ. إِنَّا كَذَلِكَ نَفْعَلُ بِالْمُجْرِمِينَ
35 ހަމަކަށަވަރުން، اللَّه މެނުވީ إله އަކު ނުވާކަމަށް އެއުރެންނަށް ބުނެފިހިނދަކު އެއުރެން ބޮޑާވެގަންނަކަމުގައިވޫއެވެ. إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَهَ إِلَّا اللَّهُ يَسْتَكْبِرُونَ
36 އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، މޮޔަވެފައިވާ ޅެންވެރިޔެއްގެ ބަހަށް، ތިމަންމެންގެ إله ންތައް ތިމަންމެން ދޫކޮށްލާނެ ހެއްޔެވެ؟ وَيَقُولُونَ أَئِنَّا لَتَارِكُوا آلِهَتِنَا لِشَاعِرٍ مَّجْنُونٍ
37 އަދި ކިއެއްތަ! އެކަލޭގެފާނު ވަޑައިގަތީ، حق دين އާއިގެންނެވެ. އަދި އެކަލޭގެފާނު (ކުރީގެ) رسول ން ތެދުކުރެއްވިއެވެ. بَلْ جَاء بِالْحَقِّ وَصَدَّقَ الْمُرْسَلِينَ
38 ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ވޭންދެނިވި عذاب ގެ ރަހަ ދެކޭނޭ ބަޔަކުކަން ކަށަވަރެވެ. إِنَّكُمْ لَذَائِقُو الْعَذَابِ الْأَلِيمِ
39 އަދި ތިޔަބައިމީހުން ކޮށްއުޅުނު عمل އަކަށްމެނުވީ، ތިޔަބައިމީހުންނަކަށް ޖަޒާއެއް ނުދެއްވާނެތެވެ. وَمَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ
40 خيار ކުރައްވާފައިވާ، اللَّه ގެ އަޅުން މެނުވީއެވެ. إِلَّا عِبَادَ اللَّهِ الْمُخْلَصِينَ
41 އެއުރެންނަށްޓަކައި އެނގިގެންވާ رزق ވެއެވެ. أُوْلَئِكَ لَهُمْ رِزْقٌ مَّعْلُومٌ
42 (އެއީ) މޭވާތަކެވެ. އަދި އެއުރެންނީ މާތްކުރައްވާފައިވާ ބަޔެކެވެ. فَوَاكِهُ وَهُم مُّكْرَمُونَ
43 نعمة ގެ ސުވަރުގެތަކުގައެވެ. فِي جَنَّاتِ النَّعِيمِ
44 ދާންތަކެއްގެ މަތީގައެވެ. އެކަކު އަނެކަކަށް ކުރިމަތިލައިގެންނެވެ. عَلَى سُرُرٍ مُّتَقَابِلِينَ
45 ހިނގަހިނގާ ހުންނަ އާރަކުން ނެގޭ ބުއިމެއްގެ ތަށިތަކާއިގެން އެއުރެންގެ މެދުގައި ބުރުޖެހޭނެތެވެ. يُطَافُ عَلَيْهِم بِكَأْسٍ مِن مَّعِينٍ
46 ބޯމީހުންނަށް މީރު، ހުދުކުލައިގެ ބުއިމެކެވެ. بَيْضَاء لَذَّةٍ لِّلشَّارِبِينَ
47 އެ ބުއިމުގައި ބޯއެނބުރުމެއްނެތެވެ. އަދި އޭގެސަބަބުން، މަސްތުވެގެންދާނޭ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ
48 އަދި ކަޅިރަވަ ތޫނު، عفة ތެރި حورالعين ން އެއުރެންގެ ގާތުގައިވެއެވެ. وَعِنْدَهُمْ قَاصِرَاتُ الطَّرْفِ عِينٌ
49 ރައްކާތެރި ކުރައްވާފައިވާ (މާދޫނި) ބިސްފަދައިން އެކަނބަލުންވެއެވެ. كَأَنَّهُنَّ بَيْضٌ مَّكْنُونٌ
50 ފަހެ، އެކަކު އަނެކަކާ سؤال ކުރަމުން އެއުރެންގެ އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އަންނާނެތެވެ. فَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَسَاءلُونَ
51 އެއުރެންގެ ތެރެއިން ބުނާމީހަކު ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންނާއަށް އެކުވެރިޔަކު ވިއެވެ. قَالَ قَائِلٌ مِّنْهُمْ إِنِّي كَانَ لِي قَرِينٌ
52 އެ އެކުވެރިޔާ ބުނެއުޅެތެވެ. ހަމަކަށަވަރުން، ތިބާވަނީ ތެދުކުރާ މީހުންގެ ތެރެއިންހެއްޔެވެ؟ يَقُولُ أَئِنَّكَ لَمِنْ الْمُصَدِّقِينَ
53 ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށްވެއްޖެހިނދު ހަމަކަށަވަރުން، ތިމަންމެންނީ ޖަޒާލިބޭނޭ ބަޔަކުހެއްޔެވެ؟ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَئِنَّا لَمَدِينُونَ
54 އޭނާ ބުނާނެތެވެ. ތިޔަބައިމީހުން ބަލަން ބޭނުންހެއްޔެވެ؟ قَالَ هَلْ أَنتُم مُّطَّلِعُونَ
55 ދެން އޭނާ ބަލައިލިއެވެ. ފަހެ، ނަރަކައިގެ މެދުތެރޭގައި އެ އެކުވެރިޔާ ވަނިކޮށް އޭނާޔަށް ފެނުނެވެ. فَاطَّلَعَ فَرَآهُ فِي سَوَاء الْجَحِيمِ
56 އޭނާ ބުނާނެތެވެ. اللَّه ގަންދީ ބުނަމެވެ. ހަމަކަށަވަރުން، ކަލޭ ތިމަން ހަލާކުކޮށްލުމާ ގާތްކުޅައީމުއެވެ. قَالَ تَاللَّهِ إِنْ كِدتَّ لَتُرْدِينِ
57 އަދި ތިމަންގެ ވެރިރަސްކަލާނގެ نعمة ދެއްވާފައިނުވާނަމަ، (عذاب ގެ ތެރެޔަށް) حاضر ކުރައްވާފައިވާ މީހުންގެތެރެއިން ތިމަންވެއްޖައީސްކަން ކަށަވަރެވެ. وَلَوْلَا نِعْمَةُ رَبِّي لَكُنتُ مِنَ الْمُحْضَرِينَ
58 ފަހެ، ފުރަތަމަ ފަހަރު މަރުވުންމެނުވީ، މަރުނުވެ ދެމިތިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވޭހެއްޔެވެ؟ އަދި عذاب ލިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވަމުއެވެ. أَفَمَا نَحْنُ بِمَيِّتِينَ
59 ފަހެ، ފުރަތަމަ ފަހަރު މަރުވުންމެނުވީ، މަރުނުވެ ދެމިތިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވޭހެއްޔެވެ؟ އަދި عذاب ލިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވަމުއެވެ. إِلَّا مَوْتَتَنَا الْأُولَى وَمَا نَحْنُ بِمُعَذَّبِينَ
60 ހަމަކަށަވަރުން، ބޮޑުވެގެންވާ نصيب ލިބުމަކީ މިއީކަން ކަށަވަރެވެ. إِنَّ هَذَا لَهُوَ الْفَوْزُ الْعَظِيمُ
61 عمل ކުރާ މީހުން މިފަދަކަންތައް ލިބިގަތުމަށްޓަކައި عمل ކުރާހުށިކަމެވެ! لِمِثْلِ هَذَا فَلْيَعْمَلْ الْعَامِلُونَ
62 ضيافة އެއްގެގޮތުން މޮޅީ އެތަންހެއްޔެވެ؟ ނުވަތަ زقّوم ގަސް ހެއްޔެވެ؟ أَذَلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ الزَّقُّومِ
63 ހަމަކަށަވަރުން، އަނިޔާވެރިންނަށްއޮތް امتحان އެއްކަމުގައި ތިމަންރަސްކަލާނގެ އެ ގަސް ލެއްވީމެވެ. إِنَّا جَعَلْنَاهَا فِتْنَةً لِّلظَّالِمِينَ
64 ހަމަކަށަވަރުން، އެއީ ނަރަކައިގެ އަޑިން ފަޅައިގެންހެދޭ ގަހެކެވެ. إِنَّهَا شَجَرَةٌ تَخْرُجُ فِي أَصْلِ الْجَحِيمِ
65 އޭގެ މޭވާ، شيطان ންގެ ބޯތަކެކޭ އެއްފަދައެވެ. طَلْعُهَا كَأَنَّهُ رُؤُوسُ الشَّيَاطِينِ
66 ފަހެ، ހަމަކަށަވަރުން، އެއުރެންނީ އެއިންކާނޭ ބަޔަކުކަން ކަށަވަރެވެ. އަދި އެއިން ބަނޑުތައް ފުރާނޭ ބަޔެކެވެ. فَإِنَّهُمْ لَآكِلُونَ مِنْهَا فَمَالِؤُونَ مِنْهَا الْبُطُونَ
67 ދެން ހަމަކަށަވަރުން، އޭގެމައްޗަށް ކެކިކެކިހުންނަ ހޫނުފެނުގެ ގިރުމެއް (އެބަހީ: زقّوم އާއި ހޫނުފެނާ އެކުވެފައިވާ ދިޔަވަރެއް) އެއުރެންނަށްވާކަން ކަށަވަރެވެ. ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِّنْ حَمِيمٍ
68 ދެން ހަމަކަށަވަރުން، އެއުރެން އެނބުރި ދިޔުންވަނީ ނަރަކަޔަށްކަން ކަށަވަރެވެ. ثُمَّ إِنَّ مَرْجِعَهُمْ لَإِلَى الْجَحِيمِ
69 ހަމަކަށަވަރުން، އެއުރެންގެ ކާބަފައިން މަގުފުރެދިފައިވާތީ، އެއުރެން ދުށްޓެވެ. إِنَّهُمْ أَلْفَوْا آبَاءهُمْ ضَالِّينَ
70 ފަހެ، އެއުރެން އެ ކާބަފައިންގެ ފިޔަވަޅުތަކުގެ މަތީގައި ހިނގައިދިޔުމަށް އަވަސްވެގަނެތެވެ. فَهُمْ عَلَى آثَارِهِمْ يُهْرَعُونَ
71 ހަމަކަށަވަރުން، އިސްވެދިޔަމީހުންކުރެ ގިނަމީހުން އޭގެކުރިންވަނީ މަގުފުރެދިފައެވެ. وَلَقَدْ ضَلَّ قَبْلَهُمْ أَكْثَرُ الْأَوَّلِينَ
72 އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެއުރެންގެ ތެރެޔަށް إنذار ކުރައްވާ رسول ން ފޮނުއްވީމެވެ. وَلَقَدْ أَرْسَلْنَا فِيهِم مُّنذِرِينَ
73 ފަހެ، إنذار ވެވުނު މީހުންގެ ނިމުންއޮތީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُنذَرِينَ
74 اللَّه ގެ، خيار ކުރައްވާފައިވާ އަޅުން މެނުވީއެވެ. إِلَّا عِبَادَ اللَّهِ الْمُخْلَصِينَ
75 ހަމަކަށަވަރުން، نوح ގެފާނު ތިމަންރަސްކަލާނގެއަށް (އެހީއަށްއެދި) ގޮވައިލެއްވިއެވެ. ފަހެ (އެކަލޭގެފާނަށް) އިޖާބަދެއްވި ރަސްކަލާނގެ މޮޅުކަމާއެވެ! وَلَقَدْ نَادَانَا نُوحٌ فَلَنِعْمَ الْمُجِيبُونَ
76 އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން ބޮޑުވެގެންވާ ހިތާމައިން (އެބަހީ: غرق ން) ސަލާމަތްކުރެއްވީމެވެ. وَنَجَّيْنَاهُ وَأَهْلَهُ مِنَ الْكَرْبِ الْعَظِيمِ
77 އަދި ދެންތިބި ބަޔަކީ، އެކަލޭގެފާނުގެ ދަރިކޮޅުކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. وَجَعَلْنَا ذُرِّيَّتَهُ هُمْ الْبَاقِينَ
78 އަދި ފަހުން އަންނަނިވި أمّة ތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ. وَتَرَكْنَا عَلَيْهِ فِي الْآخِرِينَ
79 عالم ތަކުގައި نوح ގެފާނުގެ މައްޗަށް سلام ހުށްޓެވެ. سَلَامٌ عَلَى نُوحٍ فِي الْعَالَمِينَ
80 إحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ
81 ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، ތިމަންރަސްކަލާނގެ مؤمن އަޅުންގެ ތެރެއިންނެވެ. إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ
82 ދެން ތިމަންރަސްކަލާނގެ އެހެންމީހުން (އެބަހީ: كافر ން) غرق ކުރެއްވީމެވެ. ثُمَّ أَغْرَقْنَا الْآخَرِينَ
83 ހަމަކަށަވަރުން، އެކަލޭގެފާނުންގެ ގޮތަށް تبع ވެގެންވާ މީހުންގެ ތެރެއިން إبراهيم ގެފާނުވެއެވެ. وَإِنَّ مِن شِيعَتِهِ لَإِبْرَاهِيمَ
84 (އެއީ) ސަލާމަތުންވާ ހިތަކާއިގެން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް توجّه ވެވަޑައިގެންނެވި ހިނދުގައެވެ. إِذْ جَاء رَبَّهُ بِقَلْبٍ سَلِيمٍ
85 (އެއީ) އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުންގެ قوم ގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން ތިޔަ އަޅުކަންކުރަނީ ކޮންއެއްޗަކަށް ހެއްޔެވެ؟ إِذْ قَالَ لِأَبِيهِ وَقَوْمِهِ مَاذَا تَعْبُدُونَ
86 اللَّه ފިޔަވައި ދޮގު إله ންތަކަކަށް ތިޔަބައިމީހުން އެދެނީ ހެއްޔެވެ؟ أَئِفْكًا آلِهَةً دُونَ اللَّهِ تُرِيدُونَ
87 ފަހެ، عالم ތަކުގެ ވެރިރަސްކަލާނގެއާމެދު، ތިޔަބައިމީހުން ހީކުރަނީ ކީކޭހެއްޔެވެ؟ فَمَا ظَنُّكُم بِرَبِّ الْعَالَمِينَ
88 ފަހެ (އެއުރެންގެ عيد އަކަށް ނުކުމެވަޑައިގަތުމަށް ދެންނެވުމުން) އެކަލޭގެފާނު ފުން ނަޒަރަކުން ތަރިތަކަށް ބައްލަވައިލެއްވިއެވެ. فَنَظَرَ نَظْرَةً فِي النُّجُومِ
89 ދެން ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންނީ ބަލިމީހަކީމެވެ. فَقَالَ إِنِّي سَقِيمٌ
90 ދެން އެއުރެން އެކަލޭގެފާނަށް ފުރަގަސްދީ ހިނގައްޖައޫއެވެ. فَتَوَلَّوْا عَنْهُ مُدْبِرِينَ
91 ފަހެ، އެކަލޭގެފާނު އެއުރެންގެ إله ންތަކުގެ ކައިރިޔަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. ކަލޭމެން ނުކަނީހެއްޔެވެ؟ فَرَاغَ إِلَى آلِهَتِهِمْ فَقَالَ أَلَا تَأْكُلُونَ
92 ކަލޭމެން ބަސްނުމޮށެނީ ކީއްވެގެން ހެއްޔެވެ؟ مَا لَكُمْ لَا تَنطِقُونَ
93 ފަހެ، އެކަލޭގެފާނު އެތަކެތީގެ ކައިރިޔަށް ޖެހިވަޑައިގެން ކަނާތްޕުޅުން އެތަކެތީގައި ޖެއްސެވިއެވެ. فَرَاغَ عَلَيْهِمْ ضَرْبًا بِالْيَمِينِ
94 ފަހެ، އެއުރެން އެކަލޭގެފާނުގެ އަރިހަށް އަވަސްވެގަނެގެން އައޫއެވެ. فَأَقْبَلُوا إِلَيْهِ يَزِفُّونَ
95 އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ކޮށައި މަށައިގެންހަދާ ތަކެއްޗަށް ތިޔަބައިމީހުން އަޅުކަންކުރަނީ ހެއްޔެވެ؟ قَالَ أَتَعْبُدُونَ مَا تَنْحِتُونَ
96 އަދި ތިޔަބައިމީހުންނާއި، ތިޔަބައިމީހުން ކުރާހާކަމެއް ހެއްދެވީ اللَّه އެވެ. وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ
97 އެއުރެން ބުނޫއެވެ. އެކަލޭގެފާނަށްޓަކައި ބިނާއެއް ހަދާށެވެ! (އަދި އެތަނަށް ދަރުއަޅައި ރޯކޮށްފައި) ދެން ގަދަ އަލިފާންގަނޑުގެ ތެރެޔަށް އެކަލޭގެފާނު އެއްލާށެވެ! قَالُوا ابْنُوا لَهُ بُنْيَانًا فَأَلْقُوهُ فِي الْجَحِيمِ
98 ފަހެ، އެއުރެން އެކަލޭގެފާނު ހަލާކުކޮށްލުމަށް މަކަރުވެރި ރޭވުމެއް ރޭވޫއެވެ. އަދި ދެރަވެ ނިކަމެތިވި ބަޔަކު ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. فَأَرَادُوا بِهِ كَيْدًا فَجَعَلْنَاهُمُ الْأَسْفَلِينَ
99 އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެން (މިތަނުން هجرة ކޮށް) ދާހުށީ އަހުރެންގެ ވެރިރަސްކަލާނގެ أمر ކުރެއްވި ތަނަށެވެ. އެކަލާނގެ އަހުރެންނަށް މަގު ދައްކަވާނެތެވެ. وَقَالَ إِنِّي ذَاهِبٌ إِلَى رَبِّي سَيَهْدِينِ
100 އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް صالح ންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ! رَبِّ هَبْ لِي مِنَ الصَّالِحِينَ
101 ފަހެ، ތިމަންރަސްކަލާނގެ (އެކަލޭގެފާނުގެ دعاء އިޖާބަކުރައްވައި) حلم ވެރި ދަރިކަލަކު ދެއްވާނެކަމުގެ އުފާވެރި خبر އެކަލޭގެފާނަށް ދެއްވީމެވެ. فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ
102 ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ قربان ކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެތެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް أمر ކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! اللَّه އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَى فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَى قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ سَتَجِدُنِي إِن شَاء اللَّهُ مِنَ الصَّابِرِينَ
103 ފަހެ، އެ ދެބަފައިކަލުން (اللَّه އަށް) ބޯލަނބައި ކިޔަމަންވެ، އެ ދަރިކަލުން ނިތްކުރިވަތަށް ބޭއްވެވިހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. އޭ إبراهيم ގެފާނެވެ! فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ
104 ފަހެ، އެ ދެބަފައިކަލުން (اللَّه އަށް) ބޯލަނބައި ކިޔަމަންވެ، އެ ދަރިކަލުން ނިތްކުރިވަތަށް ބޭއްވެވިހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. އޭ إبراهيم ގެފާނެވެ! وَنَادَيْنَاهُ أَنْ يَا إِبْرَاهِيمُ
105 ހަމަކަށަވަރުން، ކަލޭގެފާނުގެ ހުވަފެންފުޅު ތެދުކުރައްވައިފީމުއެވެ. إحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. قَدْ صَدَّقْتَ الرُّؤْيَا إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ
106 ހަމަކަށަވަރުން، މިއީ ފާޅުވެ ބަޔާންވެގެންވާ امتحان ކަން ކަށަވަރެވެ. إِنَّ هَذَا لَهُوَ الْبَلَاء الْمُبِينُ
107 އަދި قدر ބޮޑުވެގެންވާ (ކަންބަޅި ބަކަރިއެއް) ކަތިލައްވައިގެން ތިމަންރަސްކަލާނގެ، އެކަލޭގެފާނު ސަލާމަތް ކުރެއްވީމެވެ. وَفَدَيْنَاهُ بِذِبْحٍ عَظِيمٍ
108 އަދި ފަހުން އަންނަނިވި أمّة ތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ. وَتَرَكْنَا عَلَيْهِ فِي الْآخِرِينَ
109 إبراهيم ގެފާނުގެ މައްޗަށް سلام ހުށްޓެވެ. سَلَامٌ عَلَى إِبْرَاهِيمَ
110 إحسان ތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. كَذَلِكَ نَجْزِي الْمُحْسِنِينَ
111 ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، ތިމަންރަސްކަލާނގެ مؤمن އަޅުންގެ ތެރެއިންނެވެ. إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ
112 އަދި صالح ންގެ ތެރެއިންވާ ނަބިއްޔަކު ކަމުގައި إسحاق ގެފާނު ދެއްވާނެކަމުގެ އުފާވެރި خبر، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ. وَبَشَّرْنَاهُ بِإِسْحَاقَ نَبِيًّا مِّنَ الصَّالِحِينَ
113 އަދި އެކަލޭގެފާނާއި، إسحاق ގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ بركات ލެއްވީމެވެ. އެ ދެބަފައިކަލުންގެ ދަރިކޮޅުން ހެޔޮކަންތައްކުރާ މީހުންނާއި، ފާޅުވެގެންވާ ގޮތުގައި އަމިއްލަ نفس އަށް އަނިޔާކުރާ މީހުންވެއެވެ. وَبَارَكْنَا عَلَيْهِ وَعَلَى إِسْحَاقَ وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِ مُبِينٌ
114 އަދި موسى ގެފާނާއި، هارون ގެފާނަށް ތިމަންރަސްކަލާނގެ (ނަބީކަމުގެ) نعمة ދެއްވީމެވެ. وَلَقَدْ مَنَنَّا عَلَى مُوسَى وَهَارُونَ
115 އަދި ތިމަންރަސްކަލާނގެ އެ ދެބޭކަލުންނާއި، އެ ދެބޭކަލުންގެ قوم ގެމީހުން ބޮޑުވެގެންވާ ހިތާމައިން ސަލާމަތް ކުރެއްވީމެވެ. وَنَجَّيْنَاهُمَا وَقَوْمَهُمَا مِنَ الْكَرْبِ الْعَظِيمِ
116 އަދި ތިމަން ރަސްކަލާނގެ އެއުރެންނަށް نصر ދެއްވީމެވެ. ފަހެ، ގަދަވިބަޔަކު ކަމުގައިވީ، ހަމައެއުރެންނެވެ. وَنَصَرْنَاهُمْ فَكَانُوا هُمُ الْغَالِبِينَ
117 އަދި ތިމަންރަސްކަލާނގެ އެ ދެބޭކަލުންނަށް بيان ވެގެންވާ ފޮތް (އެބަހީ: توراة) ދެއްވީމެވެ. وَآتَيْنَاهُمَا الْكِتَابَ الْمُسْتَبِينَ
118 އަދި ތިމަންރަސްކަލާނގެ، އެ ދެބޭކަލުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވީމެވެ. وَهَدَيْنَاهُمَا الصِّرَاطَ الْمُسْتَقِيمَ
119 އަދި ފަހުން އަންނަވި أمّة ތަކުގެ މެދުގައި އެ ދެބޭކަލުންނަށް ރިވެތި ثناء ލެހެއްޓެވީމެވެ. وَتَرَكْنَا عَلَيْهِمَا فِي الْآخِرِينَ
120 موسى ގެފާނާއި، هارون ގެފާނުގެ މައްޗަށް سلام ހުށްޓެވެ. سَلَامٌ عَلَى مُوسَى وَهَارُونَ
121 إحسان ތެރިންނަށް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ
122 ހަމަކަށަވަރުން، އެ ދެބޭކަލުންވަނީ ތިމަންރަސްކަލާނގެ، مؤمن އަޅުންގެ ތެރެއިންނެވެ. إِنَّهُمَا مِنْ عِبَادِنَا الْمُؤْمِنِينَ
123 ހަމަކަށަވަރުން، إلياس ގެފާނުވަނީ رسول ންގެ ތެރެއިންކަން ކަށަވަރެވެ. وَإِنَّ إِلْيَاسَ لَمِنْ الْمُرْسَلِينَ
124 އެކަލޭގެފާނުގެ قوم ގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން تقوى ވެރި ނުވާނޫހެއްޔެވެ؟ إِذْ قَالَ لِقَوْمِهِ أَلَا تَتَّقُونَ
125 އެންމެ ފުރިހަމަޔަށް ތަކެތި ހައްދަވާ ރަސްކަލާނގެއަށް އަޅުކަންކުރުން ދޫކޮށް، ތިޔަބައިމީހުން بعل އަށް އަޅުކަންކުރަނީ ހެއްޔެވެ؟ (بعل އަކީ އެއުރެން އަޅުކަން ކުރުމަށް ހަދާފައިވާ ބުދެކެވެ.) أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ الْخَالِقِينَ
126 އެކަލާނގެއީ، ތިޔަބައިމީހުންގެ ވެރި، އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެ ވެރި اللَّه އެވެ. وَاللَّهَ رَبَّكُمْ وَرَبَّ آبَائِكُمُ الْأَوَّلِينَ
127 ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެން (عذاب ގެ ތެރެޔަށް) حاضر ކުރައްވާނެކަން ކަށަވަރެވެ. فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ
128 اللَّه ގެ، خيار ކުރައްވާފައިވާ އަޅުން މެނުވީއެވެ. إِلَّا عِبَادَ اللَّهِ الْمُخْلَصِينَ
129 އަދި ފަހުން އަންނަނިވި أمّة ތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ. وَتَرَكْنَا عَلَيْهِ فِي الْآخِرِينَ
130 إلياس ގެފާނުގެ މައްޗަށް سلام ހުށްޓެވެ. سَلَامٌ عَلَى إِلْ يَاسِينَ
131 إحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ
132 ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ، مؤمن އަޅުންގެ ތެރެއިންނެވެ. إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ
133 ހަމަކަށަވަރުން، لوط ގެފާނުވަނީ رسول ންގެ ތެރެއިންކަން ކަށަވަރެވެ. وَإِنَّ لُوطًا لَّمِنَ الْمُرْسَلِينَ
134 ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރި އެންމެން ސަލާމަތްކުރެއްވިހިނދު ހަނދުމަކުރާށެވެ! إِذْ نَجَّيْنَاهُ وَأَهْلَهُ أَجْمَعِينَ
135 عذاب ލިބުނު މީހުންގެ ތެރޭގައިވި، މުސްކުޅި އަންހެނަކު މެނުވީއެވެ. إِلَّا عَجُوزًا فِي الْغَابِرِينَ
136 ދެން ތިމަންރަސްކަލާނގެ (އެ قوم ގެ) އެހެންމީހުން ހަލާކު ކުރެއްވީމެވެ. ثُمَّ دَمَّرْنَا الْآخَرِينَ
137 ހަމަކަށަވަރުން (ތިޔަބައިމީހުންގެ ދަތުރުތަކުގައި) އެއުރެންގެ (آثار ތަކުގެ) ކައިރިންލާފައި ހެނދުނާއި، ރޭގަނޑުގައި ތިޔަބައިމީހުން ދަމުއެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟ وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ
138 ހަމަކަށަވަރުން (ތިޔަބައިމީހުންގެ ދަތުރުތަކުގައި) އެއުރެންގެ (آثار ތަކުގެ) ކައިރިންލާފައި ހެނދުނާއި، ރޭގަނޑުގައި ތިޔަބައިމީހުން ދަމުއެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟ وَبِاللَّيْلِ أَفَلَا تَعْقِلُونَ
139 ހަމަކަށަވަރުން، يونس ގެފާނުވަނީ، رسول ންގެ ތެރެއިންކަން ކަށަވަރެވެ. وَإِنَّ يُونُسَ لَمِنَ الْمُرْسَلِينَ
140 އެކަލޭގެފާނު ފިއްލަވައިގެން ވަޑައިގެން، ބަރާވެގެންވާ ނަވަށް އަރާވަޑައިގެންނެވިހިނދު ހަނދުމަކުރާށެވެ! إِذْ أَبَقَ إِلَى الْفُلْكِ الْمَشْحُونِ
141 ފަހެ، އެކަލޭގެފާނު (ނަވުގެ މީހުންނާއެކު) قرعة ލެއްވިއެވެ. ފަހެ، އެކަލޭގެފާނުވީ (قرعة ން) ދެރަވިމީހުންގެ ތެރެއިންނެވެ. فَسَاهَمَ فَكَانَ مِنْ الْمُدْحَضِينَ
142 ފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ حال ގައެވެ. فَالْتَقَمَهُ الْحُوتُ وَهُوَ مُلِيمٌ
143 ފަހެ، އެކަލޭގެފާނު ގިނަގިނައިން تسبيح ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشر އަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ. فَلَوْلَا أَنَّهُ كَانَ مِنْ الْمُسَبِّحِينَ
144 ފަހެ، އެކަލޭގެފާނު ގިނަގިނައިން تسبيح ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشر އަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ. لَلَبِثَ فِي بَطْنِهِ إِلَى يَوْمِ يُبْعَثُونَ
145 ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނު ބަލިحال ކޮޅުގައި ވަނިކޮށް (މަހުގެ ބަނޑުން) އައްސޭރިއަށް އެކަލޭގެފާނު އެއްލެވީމެވެ. فَنَبَذْنَاهُ بِالْعَرَاء وَهُوَ سَقِيمٌ
146 އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށްޓަކައި، ބަރަބޯ ގަހެއް އެތަނުން ފެޅުއްވީމެވެ. وَأَنبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ
147 އަދި ސަތޭކަހާސް މީހުން، ނުވަތަ އެއަށްވުރެ ގިނަމީހުންގެ قوم އަކަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީމެވެ. وَأَرْسَلْنَاهُ إِلَى مِئَةِ أَلْفٍ أَوْ يَزِيدُونَ
148 ފަހެ، އެއުރެން (އެކަލޭގެފާނަށް) إيمان ވޫއެވެ. ދެން އެއުރެންގެ أجل ޖެހިއްޖައުމަށް ދާނދެން އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ. فَآمَنُوا فَمَتَّعْنَاهُمْ إِلَى حِينٍ
149 (އޭ محمد ގެފާނެވެ!) ފަހެ، ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައި ބައްލަވާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަންހެންދަރިން ތިބެފައި އެއުރެންނަށް ފިރިހެންދަރިން ވަނީހެއްޔެވެ؟ فَاسْتَفْتِهِمْ أَلِرَبِّكَ الْبَنَاتُ وَلَهُمُ الْبَنُونَ
150 ނުވަތަ އެއުރެން حاضر ވެ ބަލަންތިއްބައި، ތިމަންރަސްކަލާނގެ ملائكة ން އަންހެންބަޔަކަށް ހެއްދެވީހެއްޔެވެ؟ أَمْ خَلَقْنَا الْمَلَائِكَةَ إِنَاثًا وَهُمْ شَاهِدُونَ
151 ދަންނާށެވެ! ހަމަކަށަވަރުން، اللَّه އަށް ދަރިންވާކަމަށް އެއުރެން އެބުނަނީ ބޮޑުދޮގެއް ހެދުމުގެ ގޮތުންނެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން ކަށަވަރެވެ. أَلَا إِنَّهُم مِّنْ إِفْكِهِمْ لَيَقُولُونَ
152 ދަންނާށެވެ! ހަމަކަށަވަރުން، اللَّه އަށް ދަރިންވާކަމަށް އެއުރެން އެބުނަނީ ބޮޑުދޮގެއް ހެދުމުގެ ގޮތުންނެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން ކަށަވަރެވެ. وَلَدَ اللَّهُ وَإِنَّهُمْ لَكَاذِبُونَ
153 ފިރިހެންދަރިންގެ މައްޗަށް އަންހެންދަރިން އެކަލާނގެ خيار ކުރެއްވީހެއްޔެވެ؟ أَصْطَفَى الْبَنَاتِ عَلَى الْبَنِينَ
154 ތިޔަބައިމީހުން ތިޔަތިބީ ކީއްވެފައި ހެއްޔެވެ؟ ތިޔަބައިމީހުން ތިޔަ حكم ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟ مَا لَكُمْ كَيْفَ تَحْكُمُونَ
155 ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ހެއްޔެވެ؟ أَفَلَا تَذَكَّرُونَ
156 ނުވަތަ ތިޔަބައިމީހުންނަށް بيان ވެގެންވާ دليل އެއް ވަނީހެއްޔެވެ؟ أَمْ لَكُمْ سُلْطَانٌ مُّبِينٌ
157 ފަހެ، ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، ތިޔަބައިމީހުންގެ ފޮތް (دليل އަކަށް) ގެނެސްބަލާށެވެ! فَأْتُوا بِكِتَابِكُمْ إِن كُنتُمْ صَادِقِينَ
158 އަދި އެއުރެން އެކަލާނގެއާ ޖިންނީންނާ ދެމެދު نسب ގެ ގުޅުމެއް ވާކަމަށް ހަދަތެވެ. ހަމަކަށަވަރުން، އެއުރެން (عذاب ގެ ތެރެޔަށް) حاضر ކުރައްވާނެކަން، ޖިންނީން ރަނގަޅަށް ދަނެތެވެ. وَجَعَلُوا بَيْنَهُ وَبَيْنَ الْجِنَّةِ نَسَبًا وَلَقَدْ عَلِمَتِ الْجِنَّةُ إِنَّهُمْ لَمُحْضَرُونَ
159 އެއުރެން އެ ސިފަކުރާ ގޮތްތަކުން اللَّه ހުސްطاهر ވެ ވޮޑިގެންވެއެވެ. سُبْحَانَ اللَّهِ عَمَّا يَصِفُونَ
160 اللَّه ގެ، خيار ކުރައްވާފައިވާ އަޅުން މެނުވީއެވެ. إِلَّا عِبَادَ اللَّهِ الْمُخْلَصِينَ
161 ފަހެ، ތިޔަބައިމީހުންވަނީ، ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗާ އެކުގައެވެ. فَإِنَّكُمْ وَمَا تَعْبُدُونَ
162 ނަރަކަޔަށް ވަންނަހުށި މީހަކު މެނުވީ، ތިޔަބައިމީހުންނަކަށް މަގުފުރައްދައެއް ނުލެވޭނެތެވެ. مَا أَنتُمْ عَلَيْهِ بِفَاتِنِينَ
163 ނަރަކަޔަށް ވަންނަހުށި މީހަކު މެނުވީ، ތިޔަބައިމީހުންނަކަށް މަގުފުރައްދައެއް ނުލެވޭނެތެވެ. إِلَّا مَنْ هُوَ صَالِ الْجَحِيمِ
164 (ملائكة ން ވިދާޅުވޫއެވެ.) ތިމަންބޭކަލުންގެ ތެރެއިން ހަމައެކަކަށްވެސް (އަޅުކަން ކުރުމަށް) އެބޭކަލަކަށް ކަނޑައެޅިގެންވާ مقام އެއް ނެތިއެއް ނުވެއެވެ. وَمَا مِنَّا إِلَّا لَهُ مَقَامٌ مَّعْلُومٌ
165 އަދި ހަމަކަށަވަރުން، ތިމަންމެންނީ ސަފުސަފަށް އެތުރޭ ملائكة ންނީމުއެވެ. وَإِنَّا لَنَحْنُ الصَّافُّونَ
166 އަދި ހަމަކަށަވަރުން، ތިމަންމެންނީ تسبيح ކިޔާ ملائكة ންނީމުއެވެ. وَإِنَّا لَنَحْنُ الْمُسَبِّحُونَ
167 އަދި ހަމަކަށަވަރުން، އެއުރެން (އެބަހީ: مكة ގެ مشرك ން) ބުނެއުޅެތެވެ. وَإِنْ كَانُوا لَيَقُولُونَ
168 ތިމަންމެންގެ ގާތުގައި، އިހުގެ أمّة ތަކަށް ބާވައިލެއްވި ފޮތްތަކުގެ ތެރެއިން ފޮތެއްވާނަމަ، اللَّه ގެ، خيار ކުރައްވާފައިވާ އަޅުންކަމުގައި ތިމަންމެންވެސް ވީމުހެވެ. لَوْ أَنَّ عِندَنَا ذِكْرًا مِّنْ الْأَوَّلِينَ
169 ތިމަންމެންގެ ގާތުގައި، އިހުގެ أمّة ތަކަށް ބާވައިލެއްވި ފޮތްތަކުގެ ތެރެއިން ފޮތެއްވާނަމަ، اللَّه ގެ، خيار ކުރައްވާފައިވާ އަޅުންކަމުގައި ތިމަންމެންވެސް ވީމުހެވެ. لَكُنَّا عِبَادَ اللَّهِ الْمُخْلَصِينَ
170 ފަހެ (އެ قرآن އެއުރެންގެ ގާތަށް އައުމުން) އެއުރެން އެއަށް كافر ވޫއެވެ. ފަހެ، އެއުރެންނަށް (އެކަމުގެ ނަތީޖާ) ނިކަންހުރެ އެނގޭހުށްޓެވެ. فَكَفَرُوا بِهِ فَسَوْفَ يَعْلَمُونَ
171 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންކަމުގައިވާ رسول ންނަށް ތިމަންރަސްކަލާނގެ (نصر ދެއްވާނެކަމުގެ) ބަސްފުޅުވަނީ، އިސްވެގޮސްފައެވެ. وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا الْمُرْسَلِينَ
172 ހަމަކަށަވަރުން، އެބޭކަލުންނީ، ހަމަ نصر ލިބިގެންވާ ބޭކަލުންނެވެ. إِنَّهُمْ لَهُمُ الْمَنصُورُونَ
173 އަދި ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ހަމަ ތިމަންރަސްކަލާނގެ لشكر ކަން ކަށަވަރެވެ. وَإِنَّ جُندَنَا لَهُمُ الْغَالِبُونَ
174 ފަހެ، ކަނޑައެޅިގެންވާ މުއްދަތަކަށް ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ! فَتَوَلَّ عَنْهُمْ حَتَّى حِينٍ
175 އަދި ކަލޭގެފާނު އެއުރެން (ނަށްވާގޮތް) ދެކެވަޑައިގަންނަވާށެވެ! ފަހެ، ނިކަންހުރެ އެއުރެން ދެކޭނެމެއެވެ. وَأَبْصِرْهُمْ فَسَوْفَ يُبْصِرُونَ
176 ފަހެ، އެއުރެން އަވަސްވުން އެދެނީ، ތިމަންރަސްކަލާނގެ عذاب އަށް ހެއްޔެވެ؟ أَفَبِعَذَابِنَا يَسْتَعْجِلُونَ
177 ފަހެ، އެއުރެން ތިބޭތަނަށް އެ عذاب އަތުވެއްޖެނަމަ، އެ إنذار ވެވުނު މީހުންގެ ހެނދުނުގެ ހުރި ނުބައިކަމާއެވެ! فَإِذَا نَزَلَ بِسَاحَتِهِمْ فَسَاء صَبَاحُ الْمُنذَرِينَ
178 އަދި ކަނޑައެޅިގެންވާ މުއްދަތަކަށް ކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! وَتَوَلَّ عَنْهُمْ حَتَّى حِينٍ
179 އަދި ކަލޭގެފާނު (އެއުރެންނަށްވާގޮތް) ދެކެވަޑައިގަންނަވާށެވެ! ފަހެ، ނިކަންހުރެ އެއުރެން ދެކޭނޭމެއެވެ. وَأَبْصِرْ فَسَوْفَ يُبْصِرُونَ
180 އެއުރެން ސިފަކުރާ ކަންތަކުން ކަލޭގެފާނުގެ ވެރި، عزّة ގެ ވެރިރަސްކަލާނގެ ހުސްطاهر ވެ ވޮޑިގެންވެއެވެ. سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ
181 އަދި (އެންމެހާ) رسول ންގެ މައްޗަށް سلام ހުށްޓެވެ. وَسَلَامٌ عَلَى الْمُرْسَلِينَ
182 އަދި حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ. وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
;