Sad

Change Language
Change Surah
Change Recitation

Divehi: Office of the President of Maldives

Play All
# Translation Ayah
1 ص (މިއަކުރުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) ހަނދާންކޮށްދިނުމުގެ ވެރި قرآن ގަންދެއްވައި وحى ކުރައްވަމެވެ. (ހަމަކަށަވަރުން، އެއީ حق ތެދެވެ.) ص وَالْقُرْآنِ ذِي الذِّكْرِ
2 އަދި ކިއެއްތަ! كافر ވި މީހުންވަނީ ބޮޑާކަމާއި، ދެކޮޅުވެރިކަމެއްގައެވެ. بَلِ الَّذِينَ كَفَرُوا فِي عِزَّةٍ وَشِقَاقٍ
3 އެއުރެންގެކުރިން ތިމަންރަސްކަލާނގެ ކިތައްކިތައް أمّة ހަލާކުކުރެއްވިން ހެއްޔެވެ؟ ފަހެ (އެއުރެންނަށް عذاب އައިހިނދު) އެހީއަށްއެދި އެއުރެން ގޮވޫއެވެ. (އެހެނެއްކަމަކު) އެ وقت އަކީ، ސަލާމަތްވާންދާނެ ތަނެއްއޮތް وقت އެއްނޫނެވެ. كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍ فَنَادَوْا وَلَاتَ حِينَ مَنَاصٍ
4 އަދި އެއުރެންގެ ތެރެއިން إنذار ކުރައްވާ ބޭކަލަކު، އެއުރެންގެ ގާތަށް ވަޑައިގަތުމުން، އެކަމާ އެއުރެން عجائب ވޫއެވެ. އަދި އެ كافر ވިމީހުން ބުނޫއެވެ. މިއީ ބޮޑު ދޮގުވެރި ޖާދޫގަރެކެވެ. وَعَجِبُوا أَن جَاءهُم مُّنذِرٌ مِّنْهُمْ وَقَالَ الْكَافِرُونَ هَذَا سَاحِرٌ كَذَّابٌ
5 އެކަލޭގެފާނު ހުރިހާ إله ން އެއް إله އަކަށް ހެއްދެވީހެއްޔެވެ؟ ހަމަކަށަވަރުން، މިއީ ނުހަނު عجائب ވާފަދަ ކަމެއްކަން ކަށަވަރެވެ. أَجَعَلَ الْآلِهَةَ إِلَهًا وَاحِدًا إِنَّ هَذَا لَشَيْءٌ عُجَابٌ
6 އަދި އެއުރެންގެ (އެބަހީ: مكة ގެ كافر ންގެ) ބޮޑުން (އެ مجلس ން ވަކިވެ) ހިނގައިގެންފައި ބުނޫއެވެ. ހިނގާށެވެ! އަދި ތިޔަބައިމީހުންގެ إله ންނަށް އަޅުކަން ކުރުންމަތީ ކެތްކޮށްގެން ތިބޭށެވެ! ހަމަކަށަވަރުން، މިއީ (ތިމަންމެންނާމެދު) ރޭވި ގަސްދުކުރެވޭ ކަމެއްކަން ކަށަވަރެވެ. وَانطَلَقَ الْمَلَأُ مِنْهُمْ أَنِ امْشُوا وَاصْبِرُوا عَلَى آلِهَتِكُمْ إِنَّ هَذَا لَشَيْءٌ يُرَادُ
7 އެންމެފަހު ملّة ގައިވެސް (އެބަހީ: عيسى ގެފާނުގެ ملّة ގައިވެސް) މިކަހަލަ ވާހަކައެއް ތިމަންމެން ނާހަމުއެވެ. މިއީ ހަދައިގެންއުޅޭ ދޮގެއް ކަމުގައިނޫނީ ނުވެތެވެ. مَا سَمِعْنَا بِهَذَا فِي الْمِلَّةِ الْآخِرَةِ إِنْ هَذَا إِلَّا اخْتِلَاقٌ
8 قرآن ބާވައިލެއްވީ އަހުރެމެންގެ ތެރެއިން އެކަލޭގެފާނުގެ މައްޗަށްހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންވަނީ، ތިމަންރަސްކަލާނގެ قرآن އާމެދު شك އެއްގައެވެ. އަދި ކިއެއްތަ! އެއުރެންނަށް، ތިމަންރަސްކަލާނގެ عذاب ގެ ރަހަ އަދި ނުލިބެނީއެވެ. أَأُنزِلَ عَلَيْهِ الذِّكْرُ مِن بَيْنِنَا بَلْ هُمْ فِي شَكٍّ مِّن ذِكْرِي بَلْ لَمَّا يَذُوقُوا عَذَابِ
9 ނުވަތަ ކަލޭގެފާނުގެވެރި، ގަދަފަދަވަންތަ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެ رحمة ގެ خزانة ތައް ވަނީ، އެއުރެންގެ ގާތުގައި ހެއްޔެވެ؟ أَمْ عِندَهُمْ خَزَائِنُ رَحْمَةِ رَبِّكَ الْعَزِيزِ الْوَهَّابِ
10 ނުވަތަ އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާތަކެތީގެ ملك ވެރިކަންވަނީ، އެއުރެންނަށް ހެއްޔެވެ؟ އެހެންވިއްޔާ ހަރުގަނޑަކުން އުޑަށް އަރައިބަލާށެވެ! أَمْ لَهُم مُّلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَلْيَرْتَقُوا فِي الْأَسْبَابِ
11 އެއުރެންނީ އެތާނގައި (އެބަހީ: بدر ގައި) ބަލިވާނެ جماعة ގެ ތެރެއިން ހިމެނޭ (ނިކަމެތި) لشكر އެކެވެ. جُندٌ مَّا هُنَالِكَ مَهْزُومٌ مِّنَ الْأَحْزَابِ
12 އެއުރެންގެކުރިން نوح ގެފާނުގެ قوم ގެމީހުންނާއި، عاد ބާގައިމީހުންނާއި، ކަޑަތަކުގެވެރި فرعون އާއި، ثمود ބާގައިމީހުންނާއި، لوط ގެފާނުގެ قوم ގެމީހުންނާއި، الأيكة ގެ އެކުވެރިން رسول ން ދޮގުކުރޫއެވެ. އެ جماعة ތަކަކީ އެއީއެވެ. كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَعَادٌ وَفِرْعَوْنُ ذُو الْأَوْتَادِ
13 އެއުރެންގެކުރިން نوح ގެފާނުގެ قوم ގެމީހުންނާއި، عاد ބާގައިމީހުންނާއި، ކަޑަތަކުގެވެރި فرعون އާއި، ثمود ބާގައިމީހުންނާއި، لوط ގެފާނުގެ قوم ގެމީހުންނާއި، الأيكة ގެ އެކުވެރިން رسول ން ދޮގުކުރޫއެވެ. އެ جماعة ތަކަކީ އެއީއެވެ. وَثَمُودُ وَقَوْمُ لُوطٍ وَأَصْحَابُ الأَيْكَةِ أُوْلَئِكَ الْأَحْزَابُ
14 އެއިން ކޮންމެބަޔަކުމެ، رسول ން ދޮގުކުރިބަޔަކު ކަމުގައި މެނުވީ ނުވެތެވެ. ފަހެ (އެއުރެންނަށް) ތިމަންރަސްކަލާނގެ عذاب حق ވެއްޖެއެވެ. إِن كُلٌّ إِلَّا كَذَّبَ الرُّسُلَ فَحَقَّ عِقَابِ
15 އަދި އެއުރެން ބިރުވެރި އެންމެ އަޑަކަށްމެނުވީ انتظار އެއް ނުކުރެތެވެ. އެ އަޑު ތަކުރާރުވުމެއްނެތެވެ. وَمَا يَنظُرُ هَؤُلَاء إِلَّا صَيْحَةً وَاحِدَةً مَّا لَهَا مِن فَوَاقٍ
16 އެއުރެން ބުނާނެތެވެ. އަޅަމެންގެވެރިރަސްކަލާކޮ! حساب ބައްލަވާދުވަހުގެ ކުރިން، އަޅަމެންގެ عمل ތަކުގެ ފަތް، އަޅަމެންނަށް އަވަހަށް ދެއްވާނދޭވެ! وَقَالُوا رَبَّنَا عَجِّل لَّنَا قِطَّنَا قَبْلَ يَوْمِ الْحِسَابِ
17 އެއުރެން އެބުނާ ބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ އަޅު، داود ގެފާނު ހަނދުމަކުރައްވާށެވެ! އެކަލޭގެފާނީ، ބާރުގަދަ ބޭކަލެކެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ ގިނަގިނައިން توبة ވެވަޑައިގަންނަވާ ބޭކަލެކެވެ. اصْبِرْ عَلَى مَا يَقُولُونَ وَاذْكُرْ عَبْدَنَا دَاوُودَ ذَا الْأَيْدِ إِنَّهُ أَوَّابٌ
18 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ފަރުބަދަތައް خدمة ތެރި ކުރެއްވީމެވެ. އެތަކެތި، އެކަލޭގެފާނުގެ އަރިހުގައި ހަވީރާއި، ހެނދުނުގައި تسبيح ދަންނަވަތެވެ. إِنَّا سَخَّرْنَا الْجِبَالَ مَعَهُ يُسَبِّحْنَ بِالْعَشِيِّ وَالْإِشْرَاقِ
19 އަދި ދޫނިސޫފާސޫފި ޖަމާކުރައްވާފައިވާ حال، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް خدمة ތެރި ކުރެއްވީމެވެ. އެހުރިހާ ތަކެތިވަނީ، އެކަލޭގެފާނަށް تبع ވެ، ކިޔަމަންވެގެންނެވެ. وَالطَّيْرَ مَحْشُورَةً كُلٌّ لَّهُ أَوَّابٌ
20 އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ރަސްކަން ގަދަފަދަކޮށްދެއްވީމެވެ. އަދި ނަބީކަމާއި، އޮޅުމެއްނެތް ބަޔާންވެގެންވާ ވާހަކަފުޅުދެއްކެވުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ. وَشَدَدْنَا مُلْكَهُ وَآتَيْنَاهُ الْحِكْمَةَ وَفَصْلَ الْخِطَابِ
21 (داود ގެފާނު އަޅުކަން ކުރައްވަން އިންނަވާ) محراب ގެ ފާރުމަތިންއެރި خصم ންގެ خبر، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟ وَهَلْ أَتَاكَ نَبَأُ الْخَصْمِ إِذْ تَسَوَّرُوا الْمِحْرَابَ
22 އެއުރެން، داود ގެފާނު އިންނެވިތަނަށް ވަންހިނދު، އެކަލޭގެފާނު އެއުރެންދެކެ ސިހިވަޑައިގެންނެވިއެވެ. އެއުރެން ދެންނެވޫއެވެ. ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ތިމަންމެންނީ ދެ خصم ންނެވެ. ތިމަންމެންގެ އެކަކު އަނެކަކަށް އަނިޔާކޮށްފިއެވެ. ފަހެ، ކަލޭގެފާނު حق ގޮތުގައި ތިމަންމެންގެ މެދުގައި حكم ކޮށްދެއްވާށެވެ! އަދި ކަލޭގެފާނު عدل ން އެއްކިބާވެވަޑައިނުގަންނަވާށެވެ! އަދި ތިމަންމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށެވެ! إِذْ دَخَلُوا عَلَى دَاوُودَ فَفَزِعَ مِنْهُمْ قَالُوا لَا تَخَفْ خَصْمَانِ بَغَى بَعْضُنَا عَلَى بَعْضٍ فَاحْكُم بَيْنَنَا بِالْحَقِّ وَلَا تُشْطِطْ وَاهْدِنَا إِلَى سَوَاء الصِّرَاطِ
23 ހަމަކަށަވަރުން، މިއީ އަޅުގަނޑުގެ أخ އެކެވެ. އޭނާއަށް ނުވަދިހަނުވަ ބަކަރިވެއެވެ. އަދި އަޅުގަނޑަށްވަނީ އެންމެ ބަކަރިއެކެވެ. ފަހެ، އޭނާ ބުންޏެވެ. (އެ ބަކަރިވެސް ތިމަންނާއަށް ދީ) އެ ބަލަހައްޓާ މީހަކީ ތިމަންނާކަމުގައި ހަދާށެވެ! އަދި ވާހަކަ ދައްކައިގެން އޭނާ އަޅުގަނޑުގެ މައްޗަށް ގަދަވެއްޖެއެވެ. إِنَّ هَذَا أَخِي لَهُ تِسْعٌ وَتِسْعُونَ نَعْجَةً وَلِيَ نَعْجَةٌ وَاحِدَةٌ فَقَالَ أَكْفِلْنِيهَا وَعَزَّنِي فِي الْخِطَابِ
24 އެކަލޭގެފާނު ވިދާޅުވިއެވެ. ތިބާގެ ބަކަރި، އޭނާގެ ބަކަރިތަކުގެ ތެރެއަށް އިތުރުކުރުމަށް އެދުމުން، އޭނާ ތިބާޔަށް އަނިޔާކޮށްފިކަން ކަށަވަރެވެ. (މުދާ އެއްކޮށްލައިގެންއުޅޭ) ބައިވެރިންގެ ގިނަމީހުން، ހަމަކަށަވަރުން، އެއްބަޔަކު އަނެއްބަޔަކަށް އަނިޔާކުރެތެވެ. إيمان ވެ، صالح عمل ތައްކުޅަ މީހުން މެނުވީއެވެ. އެއުރެންނީ ވަރަށްމަދު ބަޔެކެވެ. އަދި داود ގެފާނަށް ތިމަންރަސްކަލާނގެ އެކަލޭގެފާނު امتحان ކުރެއްވީކަން އެނގިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ފާފަފުއްސެވުންއެދި ދެންނެވިއެވެ. އަދި سجدة އަށް ތިރިވެވަޑައިގެން توبة ވެވަޑައިގަތެވެ. قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَى نِعَاجِهِ وَإِنَّ كَثِيراً مِّنْ الْخُلَطَاء لَيَبْغِي بَعْضُهُمْ عَلَى بَعْضٍ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَقَلِيلٌ مَّا هُمْ وَظَنَّ دَاوُودُ أَنَّمَا فَتَنَّاهُ فَاسْتَغْفَرَ رَبَّهُ وَخَرَّ رَاكِعًا وَأَنَابَ
25 ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެ ފާފަފުއްސެވީމެވެ. އަދި ހަމަކަށަވަރުން، އެކަލޭގެފާނަށް، ތިމަންރަސްކަލާނގެ حضرة ގައި ކުއްތަންވުމާއި، އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ. فَغَفَرْنَا لَهُ ذَلِكَ وَإِنَّ لَهُ عِندَنَا لَزُلْفَى وَحُسْنَ مَآبٍ
26 އޭ داود ގެފާނެވެ! ހަމަކަށަވަރުން، ބިމުގައި خليفة އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި حق ގޮތުގައި حكم ކުރައްވާށެވެ! އަދި އަމިއްލައެދުމަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު اللَّه ގެ މަގުން އެއްކިބާކޮށްފާނެތެވެ. ހަމަކަށަވަރުން، اللَّه ގެ މަގުން އެއްކިބާވާމީހުން (ދަންނާށެވެ!) حساب ބައްލަވާ ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެއުރެންނަށް ގަދަވެގެންވާ عذاب ހުށްޓެވެ. يَا دَاوُودُ إِنَّا جَعَلْنَاكَ خَلِيفَةً فِي الْأَرْضِ فَاحْكُم بَيْنَ النَّاسِ بِالْحَقِّ وَلَا تَتَّبِعِ الْهَوَى فَيُضِلَّكَ عَن سَبِيلِ اللَّهِ إِنَّ الَّذِينَ يَضِلُّونَ عَن سَبِيلِ اللَّهِ لَهُمْ عَذَابٌ شَدِيدٌ بِمَا نَسُوا يَوْمَ الْحِسَابِ
27 ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތި باطل ގޮތެއްގައި ނަހައްދަވަމެވެ. އެއީ كافر ވި މީހުން ހީކުރާގޮތެވެ. ފަހެ، كافر ވި މީހުންނަށް، ނަރަކައިގެ عذاب ން ހަލާކުހުށްޓެވެ. وَمَا خَلَقْنَا السَّمَاء وَالْأَرْضَ وَمَا بَيْنَهُمَا بَاطِلًا ذَلِكَ ظَنُّ الَّذِينَ كَفَرُوا فَوَيْلٌ لِّلَّذِينَ كَفَرُوا مِنَ النَّارِ
28 ނުވަތަ ބިމުގައި ފަސާދައުފައްދާ މީހުންނެކޭ އެއްފަދައިން، ތިމަންރަސްކަލާނގެ، إيمان ވެ صالح عمل ތައް ކުޅަމީހުން ލައްވާނެހެއްޔެވެ؟ ނުވަތަ كافر ވި މީހުންނެކޭ އެއްފަދައިން، ތިމަންރަސްކަލާނގެ تقوى ވެރިން ލައްވާނެހެއްޔެވެ؟ أَمْ نَجْعَلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَالْمُفْسِدِينَ فِي الْأَرْضِ أَمْ نَجْعَلُ الْمُتَّقِينَ كَالْفُجَّارِ
29 (މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި بركات ތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ آية ތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ أهل ވެރިން (އެއިން) نصيحة ލިބިގަތުމަށެވެ. كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُوْلُوا الْأَلْبَابِ
30 ތިމަންރަސްކަލާނގެ داود ގެފާނަށް سليمان ގެފާނު ދެއްވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން توبة ވެވަޑައިގަންނަވާ ބޭކަލެކެވެ. وَوَهَبْنَا لِدَاوُودَ سُلَيْمَانَ نِعْمَ الْعَبْدُ إِنَّهُ أَوَّابٌ
31 (އެއްދުވަހެއްގެ) ހަވީރުކޮޅުގައި އެކަލޭގެފާނު (އެބަހީ: سليمان ގެފާނު) ބެއްލެވުމަށް، ދުވާއިރު ހަލުވި، ހުއްޓި ތިބޭއިރު ހަމަހިމޭން އަސްތައް ހުށަހެޅުނުހިނދު ހަނދުމަކުރާށެވެ! إِذْ عُرِضَ عَلَيْهِ بِالْعَشِيِّ الصَّافِنَاتُ الْجِيَادُ
32 ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެ ހަނދުމަކޮށް ذِكر ކުރުން ފިޔަވައި، އިރު ފަރުދާވެ ނިވައިވެއްޖައުމަށްދާނދެން އަހަށް ލޯބިކުރުން، އަހުރެންނަށް އިސްކުރެވިއްޖެއެވެ. فَقَالَ إِنِّي أَحْبَبْتُ حُبَّ الْخَيْرِ عَن ذِكْرِ رَبِّي حَتَّى تَوَارَتْ بِالْحِجَابِ
33 އެ އަސްތައް އަހުރެންގެ ކައިރިޔަށް އަނބުރައި ގެންނާށެވެ! ދެން އެތަކެތީގެ ކަނދުރާގައި (ކަނޑިން) ޖައްސަވައި (ކަތިލައްވައި) ފައިތައް ބުރިކުރެއްވިއެވެ. (އަދި އެތަކެތިން صدقات ކުރެއްވިއެވެ.) رُدُّوهَا عَلَيَّ فَطَفِقَ مَسْحًا بِالسُّوقِ وَالْأَعْنَاقِ
34 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ سليمان ގެފާނު امتحان ކުރެއްވީމެވެ. އަދި އެކަލޭގެފާނުގެ تخت ގެ މައްޗަށް ހަށިގަނޑެއް އެއްލެވީމެވެ. ދެން އެކަލޭގެފާނު (توبة ވެވަޑައިގެން) އެނބުރި رجوع ވެވަޑައިގަތެވެ. وَلَقَدْ فَتَنَّا سُلَيْمَانَ وَأَلْقَيْنَا عَلَى كُرْسِيِّهِ جَسَدًا ثُمَّ أَنَابَ
35 އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެވެރިރަސްކަލާކޮ! މިއަޅާޔަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާގެ ފަހުން އެކަކަށްވެސް އެކަށީގެންނުވާފަދަ ރަސްކަމެއް މިއަޅާޔަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެއެވެ. قَالَ رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا لَّا يَنبَغِي لِأَحَدٍ مِّنْ بَعْدِي إِنَّكَ أَنتَ الْوَهَّابُ
36 ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ވައި خدمة ތެރިކޮށްދެއްވީމެވެ. އެކަލޭގެފާނުގެ أمر ފުޅަށް، އެކަލޭގެފާނު އެދިވަޑައިގަތް ކޮންމެތަނަކަށް މައިތިރިކަމާއެކު، އެވައި ހިނގައިދެއެވެ. فَسَخَّرْنَا لَهُ الرِّيحَ تَجْرِي بِأَمْرِهِ رُخَاء حَيْثُ أَصَابَ
37 އަދި ޖިންނި شيطان ން، އެކަލޭގެފާނަށް خدمة ތެރިކޮށް ދެއްވީމެވެ. އޭގެތެރޭގައި (ބޮޑެތި) ބިނާތައްހަދާ ބަޔަކާއި (ކަނޑުގެ އަޑިޔަށް) ފީނާބަޔަކުވެއެވެ. وَالشَّيَاطِينَ كُلَّ بَنَّاء وَغَوَّاصٍ
38 އަދި (އޭގެތެރެއިން) އަނެއްބަޔަކު ކަސްތަޅު އަޅުއްވައި ހައްޔަރުކުރައްވާފައިވެއެވެ. وَآخَرِينَ مُقَرَّنِينَ فِي الْأَصْفَادِ
39 މިއީ ތިމަންރަސްކަލާނގެ ދެއްވިހާ ތަކެއްޗެވެ. ފަހެ، ކަލޭގެފާނު (ދެއްވާނެ މީހަކަށް) ދެއްވާށެވެ! ނުވަތަ (ނުދެއްވާނެ މީހަކަށް ނުދެއްވައި) ހިފަހައްޓަވާށެވެ! (އެކަމާމެދު) ކަލޭގެފާނާ سؤال އެއް ނުކުރައްވާނެތެވެ. هَذَا عَطَاؤُنَا فَامْنُنْ أَوْ أَمْسِكْ بِغَيْرِ حِسَابٍ
40 އަދި ހަމަކަށަވަރުން، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ حضرة ގައި ކުއްތަންވުމާއި، އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ. وَإِنَّ لَهُ عِندَنَا لَزُلْفَى وَحُسْنَ مَآبٍ
41 ތިމަންރަސްކަލާނގެ އަޅު أيّوب ގެފާނު ހަނދުމަކުރައްވާށެވެ! (އެއީ) އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ދެންނެވި ހިނދުގައެވެ. (އެކަލޭގެފާނު ދެންނެވިއެވެ.) އަޅުގެ ގައިގައި شيطان އާ ބީހި، އެކަލޭގެ ފަރާތުން އަޅާއަށް ވަރުބަލިކަމާއި ވޭން ލިބިއްޖެއެވެ. وَاذْكُرْ عَبْدَنَا أَيُّوبَ إِذْ نَادَى رَبَّهُ أَنِّي مَسَّنِيَ الشَّيْطَانُ بِنُصْبٍ وَعَذَابٍ
42 (އެކަލޭގެފާނަށް އެންގެވިއެވެ.) ކަލޭގެފާނުގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ! (ދެން އެތަނުން ފެންއާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނެފިއްލެވުމަށާއި، ހިއްޕެވުމަށްވާ ފިނި (ހިހޫ) ފެނެވެ. ارْكُضْ بِرِجْلِكَ هَذَا مُغْتَسَلٌ بَارِدٌ وَشَرَابٌ
43 އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލޭގެފާނުގެ أهل ވެރިންދެއްވައި، އެއުރެންނާއެކު ހަމައެފަދަ ބަޔަކު ދެއްވީމެވެ. (އެއީ) ތިމަންރަސްކަލާނގެ حضرة ން ލެއްވި رحمة އެއް ކަމުގައްޔާއި، ބުއްދީގެ أهل ވެރިންނަށްވާ عبرة އަކާއި، نصيحة އެއް ކަމުގައެވެ. وَوَهَبْنَا لَهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنَّا وَذِكْرَى لِأُوْلِي الْأَلْبَابِ
44 އަދި ކަލޭގެފާނުގެ އަތްޕުޅުން ހުއިބޮނޑިއެއް ނަންގަވައި، އެއިން (އަނބިކަނބަލުންގެ ގައިކޮޅުގައި) ޖައްސަވާށެވެ! ކަލޭގެފާނު ހުވަޔާ خلاف ވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ ކެތްތެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ ދެކެވޮޑިގެންވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން توبة ވެވަޑައިގަންނަވާ ބޭކަލެކެވެ. وَخُذْ بِيَدِكَ ضِغْثًا فَاضْرِب بِّهِ وَلَا تَحْنَثْ إِنَّا وَجَدْنَاهُ صَابِرًا نِعْمَ الْعَبْدُ إِنَّهُ أَوَّابٌ
45 އަދި ތިމަންރަސްކަލާނގެ އަޅުން ކަމުގައިވާ إبراهيم ގެފާނާއި، إسحاق ގެފާނާއި، يعقوب ގެފާނު ހަނދުމަކުރައްވާށެވެ! (އެބޭކަލުންނީ) ހެޔޮ عمل ކުރެއްވުމަށް ބާރުގަދަ، ބުއްދީގެ أهل ވެރިންނެވެ. وَاذْكُرْ عِبَادَنَا إبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ أُوْلِي الْأَيْدِي وَالْأَبْصَارِ
46 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެބޭކަލުން ސާފު خصيلة އަކުން މާތްކުރައްވައި، خيار ކުރެއްވީމެވެ. އެއީ آخرة ހަނދުމަކުރެއްވުމެވެ. إِنَّا أَخْلَصْنَاهُم بِخَالِصَةٍ ذِكْرَى الدَّارِ
47 އަދި ހަމަކަށަވަރުން، އެބޭކަލުންވަނީ، ތިމަންރަސްކަލާނގެ حضرة ގައި خيار ކުރައްވާފައިވާ ހެޔޮލަފާ ބޭކަލުންގެ ތެރެއިންނެވެ. وَإِنَّهُمْ عِندَنَا لَمِنَ الْمُصْطَفَيْنَ الْأَخْيَارِ
48 އަދ إسماعيل ގެފާނާއި، اليسع ގެފާނާއި، ذوالكفل ގެފާނު ހަނދުމަކުރައްވާށެވެ! އެހުރިހާ ބޭކަލުންވަނީ ހެޔޮލަފާމީހުންގެ ތެރެއިންނެވެ. وَاذْكُرْ إِسْمَاعِيلَ وَالْيَسَعَ وَذَا الْكِفْلِ وَكُلٌّ مِّنْ الْأَخْيَارِ
49 މިއީ (އެބޭކަލުންނަށްވާ) ރިވެތި ހަނދާން ކުރުމަކާއި، شرف އެކެވެ. އަދި ހަމަކަށަވަރުން، تقوى ވެރިންނަށް އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ. هَذَا ذِكْرٌ وَإِنَّ لِلْمُتَّقِينَ لَحُسْنَ مَآبٍ
50 (އެއީ) އެތާނގެ ދޮރުތައް އެއުރެންނަށްޓަކައި ހުޅުވިފައިވާ عدن އެވެ ކިއުނު ސުވަރުގެތަކެވެ. جَنَّاتِ عَدْنٍ مُّفَتَّحَةً لَّهُمُ الْأَبْوَابُ
51 އެއުރެން އެތާނގައި (އެނދު އެނދުގައި) ލެނގިލައިގެން ތިބޭނެތެވެ. އެއުރެން އެތާނގައި ގިނަބާވަތް ބާވަތުގެ މޭވާތަކާއި، ބުއިންތައް ގެންނަން އެދޭނެތެވެ. مُتَّكِئِينَ فِيهَا يَدْعُونَ فِيهَا بِفَاكِهَةٍ كَثِيرَةٍ وَشَرَابٍ
52 އަދި އެއުރެންނަށް އެއްފުރާގެ އަނބިންތައްވެއެވެ. އެ އަނބިން، ފިރިން ނޫން އެހެންބަޔަކަށް ނުބަލާނެތެވެ. وَعِندَهُمْ قَاصِرَاتُ الطَّرْفِ أَتْرَابٌ
53 މިއީ حساب ބައްލަވާދުވަހަށް ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކެވެ. هَذَا مَا تُوعَدُونَ لِيَوْمِ الْحِسَابِ
54 ހަމަކަށަވަރުން، މިއީ ތިމަންރަސްކަލާނގެ ދެއްވާތަކެތިކަން ކަށަވަރެވެ. އެތަކެއްޗަށް ހުސްވުމެއްނުވެއެވެ. إِنَّ هَذَا لَرِزْقُنَا مَا لَهُ مِن نَّفَادٍ
55 ކަންހުރިގޮތީ މިއީއެވެ. އަދި ހަމަކަށަވަރުން، كافر ވި މީހުންނަށް އެނބުރިދަނިވި ނުބައިކަންބޮޑުވެގެންވާ ތަނެއްވެއެވެ. هَذَا وَإِنَّ لِلطَّاغِينَ لَشَرَّ مَآبٍ
56 (އެއީ) جهنم އެވެ. އެއުރެން އެތަނަށްވަންނަ ހުށްޓެވެ. ފަހެ، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ! جَهَنَّمَ يَصْلَوْنَهَا فَبِئْسَ الْمِهَادُ
57 މިއީ عذاب އެވެ. ފަހެ، އެއުރެން އޭގެ ރަހަ ލިބިގަންނަހުށިކަމެވެ! (އެއީ) ކެކިކެކިހުރި ހޫނުފެނާއި، ފާދިޔައެވެ. هَذَا فَلْيَذُوقُوهُ حَمِيمٌ وَغَسَّاقٌ
58 އަދި އެފަދަ އެތައްބާވަތެއްގެ އެހެނިހެން عذاب އެއުރެންނަށް ހުށްޓެވެ. وَآخَرُ مِن شَكْلِهِ أَزْوَاجٌ
59 (އެއުރެންގެ ބޮޑުންނަށް އަންގަވާނެތެވެ.) މިއީ، ތިޔަބައިމީހުންނާއެކު ނަރަޔަކަށްވަންނަ ބައިގަނޑެކެވެ. އެއުރެންނަށް ތަނަވަސްކަމެއްނެތެވެ. ހަމަކަށަވަރުން، އެއުރެންނީ ނަރަކައަށް ވަންނާނެބަޔެކެވެ. هَذَا فَوْجٌ مُّقْتَحِمٌ مَّعَكُمْ لَا مَرْحَبًا بِهِمْ إِنَّهُمْ صَالُوا النَّارِ
60 އެ (تبع ވީ) މީހުން ބުނާނެތެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނަކަށް ތަނަވަސްކަމެއްނެތެވެ. އެ كافر ކަން އަހުރެމެންނަށް ކުރިމަތިކޮށްދިނީ ތިޔަބައިމީހުންނެވެ. ފަހެ، އެއީ ތިބުމަށް ހާދަހާނުބައިތަނެކެވެ. قَالُوا بَلْ أَنتُمْ لَا مَرْحَبًا بِكُمْ أَنتُمْ قَدَّمْتُمُوهُ لَنَا فَبِئْسَ الْقَرَارُ
61 އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް މިކަން ކުރިމަތިކޮށްދިން މީހުންނަށް ނަރަކައިގައި عذاب ދެބައި އިތުރުކުރައްވާނދޭވެ! قَالُوا رَبَّنَا مَن قَدَّمَ لَنَا هَذَا فَزِدْهُ عَذَابًا ضِعْفًا فِي النَّارِ
62 އަދި އެއުރެން ބުނާނެތެވެ. (ދުނިޔޭގައި) އަހަރެމެން ނުލަފާމީހުން ކަމުގައި ހިމަނައިއުޅުނު ފިރިހެނުންތައް އަހުރެމެންނަށް މިނުފެންނަނީ ކީއްވެގެންހެއްޔެވެ؟ وَقَالُوا مَا لَنَا لَا نَرَى رِجَالًا كُنَّا نَعُدُّهُم مِّنَ الْأَشْرَارِ
63 އެއުރެންނަށް ތިމަންމެން ފުރައްސާރަކޮށް އުޅުނީހެއްޔެވެ؟ ނުވަތަ އެއުރެން ފިޔަވައި ލޯތައް އެހެންފަރާތަކަށް ލެނބުނީހެއްޔެވެ؟ أَتَّخَذْنَاهُمْ سِخْرِيًّا أَمْ زَاغَتْ عَنْهُمُ الْأَبْصَارُ
64 ހަމަކަށަވަރުން، ނަރަކައިގެ أهل ވެރިންގެ އަރާރުމުގެ ވާހަކައަކީ، އެއީ حق ތެދުކަން ކަށަވަރެވެ. إِنَّ ذَلِكَ لَحَقٌّ تَخَاصُمُ أَهْلِ النَّارِ
65 ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه މެނުވީ އެހެން إله އަކު ނުވެއެވެ. قُلْ إِنَّمَا أَنَا مُنذِرٌ وَمَا مِنْ إِلَهٍ إِلَّا اللَّهُ الْوَاحِدُ الْقَهَّارُ
66 (އެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތީގެ ވެރިރަސްކަލާނގެއެވެ. عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الْعَزِيزُ الْغَفَّارُ
67 ކަލޭގެފާނު ވިދާޅުވާށެވެ! އެއީ (އެބަހީ: قرآن އަކީ) ބޮޑުވެގެންވާ خبر އެކެވެ. قُلْ هُوَ نَبَأٌ عَظِيمٌ
68 ތިޔަބައިމީހުންނީ އެއިން އެއްކިބާވާ ބަޔެކެވެ. أَنتُمْ عَنْهُ مُعْرِضُونَ
69 (آدم ގެފާނާމެދު) މަތިވެރިވެގެންވާ جماعة ގެ މެދުގައި (އެބަހީ: ملائكة ންގެ މެދުގައި) ވާހަކަ ދެކެވުނުހިނދު (وحى ގެ ذريعة އިން އެންގެވި އެއްޗެއް މެނުވީ) ތިމަންކަލޭގެފާނަކަށް އެނގިވަޑައިގެންފައެއް ނުވެތެވެ. مَا كَانَ لِي مِنْ عِلْمٍ بِالْمَلَإِ الْأَعْلَى إِذْ يَخْتَصِمُونَ
70 ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ބަޔާންވެގެންހުރި، إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނަކަށް وحى އެއް ނުއިއްވަވަތެވެ. إِن يُوحَى إِلَيَّ إِلَّا أَنَّمَا أَنَا نَذِيرٌ مُّبِينٌ
71 ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، މަށިން إنسان އަކު ހައްދަވާހުށީމެވެ. إِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي خَالِقٌ بَشَرًا مِن طِينٍ
72 ފަހެ، ތިމަންރަސްކަލާނގެ އެ إنسان އާ (އެބަހީ: آدم ގެފާނު) ހައްދަވައި ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ روح ފުޅުން އެ إنسان އާއަށް ފުމެލައްވައިފިހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި سجدة އަށް ތިރިވާހުށިކަމެވެ! فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ
73 ފަހެ، ملائكة ން، އެ އެންމެން އެކުގައި سجدة ކުރައްވައިފޫއެވެ. فَسَجَدَ الْمَلَائِكَةُ كُلُّهُمْ أَجْمَعُونَ
74 إبليس މެނުވީއެވެ. އެކަލޭގެ ބޮޑާވެ، كافر ވި މީހުންގެ ތެރެއިންވިއެވެ. إِلَّا إِبْلِيسَ اسْتَكْبَرَ وَكَانَ مِنْ الْكَافِرِينَ
75 އެކަލާނގެ وحى ކުރެއްވިއެވެ. އޭ إبليس އެވެ! ތިމަންރަސްކަލާނގެ يدقدرة ފުޅުން (އެއްވެސް واسط އަކާނުލައި) ހެއްދެވި މީހަކަށް سجدة ކުރުން ކަލޭގެޔަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟ ކަލޭގެ (سجدة ކުރުމަށް) ބޮޑާވެގަތީހެއްޔެވެ؟ ނުވަތަ كبر ވެރިވެގަތް މީހުންގެ ތެރެއިން ކަލޭވީހެއްޔެވެ؟ قَالَ يَا إِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَيَّ أَسْتَكْبَرْتَ أَمْ كُنتَ مِنَ الْعَالِينَ
76 އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން، މާމޮޅެވެ. އިބަރަސްކަލާނގެ ތިމަންހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށިންނެވެ. قَالَ أَنَا خَيْرٌ مِّنْهُ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ
77 އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ކަލޭއެތަނުން (އެބަހީ: ސުވަރުގެއިން) ނުކުންނާށެވެ! ފަހެ، ހަމަކަށަވަރުން، ކަލެއަކީ، رحمة ން ބޭރުކުރައްވާފައިވާ މީހެކެވެ. قَالَ فَاخْرُجْ مِنْهَا فَإِنَّكَ رَجِيمٌ
78 އަދި ހަމަކަށަވަރުން، قيامة ދުވަހަށް ދާނދެން ކަލޭގެމައްޗަށް ތިމަންރަސްކަލާނގެ لعنة ހުށްޓެވެ. وَإِنَّ عَلَيْكَ لَعْنَتِي إِلَى يَوْمِ الدِّينِ
79 އެކަލޭގެ ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ފަހެ، އެއުރެން (އަލުން ދިރުއްވައި محشر އަށް) ފޮނުއްވާނޭ ދުވަހަށްދާނދެން ތިމަން އަޅާއަށް مهلة ދެއްވާނދޭވެ! قَالَ رَبِّ فَأَنظِرْنِي إِلَى يَوْمِ يُبْعَثُونَ
80 އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ހަމަކަށަވަރުން، ކަލޭގެވަނީ مهلة ދެއްވާފައިވާ މީހުންގެ ތެsރެއިންނެވެ. قَالَ فَإِنَّكَ مِنَ الْمُنظَرِينَ
81 ވަގުތު ކަނޑައެޅި އެނގިގެންވާ ދުވަހަށް ދާނދެނެވެ. إِلَى يَوْمِ الْوَقْتِ الْمَعْلُومِ
82 އެކަލޭގެ ދެންނެވިއެވެ. ފަހެ، އިބަރަސްކަލާނގެ عزّة ތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެއުރެންގެ އެންމެން މަގުފުރައްދާހުށީމެވެ. قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ
83 އެއުރެންކުރެ، އިބަރަސްކަލާނގެ خيار ކުރައްވާފައިވާ އަޅުން މެނުވީއެވެ. إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ
84 އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ތިމަންރަސްކަލާނގެއީ، حق ވަންތަ ރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ وحى ކުރައްވަނީ حق ތެދެވެ. قَالَ فَالْحَقُّ وَالْحَقَّ أَقُولُ
85 ހަމަކަށަވަރުން، ކަލޭގެޔާއި އަދި އެއުރެންގެ ތެރެއިން ކަލޭގެޔަށް تبع ވީ ބަޔަކާއި އެ އެންމެންއަޅުއްވައި ނަރަކަ ފުރުއްވާހުށީމެވެ. لَأَمْلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ
86 ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ މައްޗަށް (އެބަހީ: رسول ކަން އިއްވެވުމުގެ މައްޗަށް) ތިމަންކަލޭގެފާނު އެއްވެސް އުޖޫރައެއް ތިޔަބައިމީހުންގެ ކިބަޔަކުން ނޭދެމެވެ. އަދި އަމިއްލަޔަށް ހެދިގަނެގެންއުޅޭ މީހުންގެ ތެރެޔަކުންވެސް އަހުރެން ނުވަމެވެ. قُلْ مَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ وَمَا أَنَا مِنَ الْمُتَكَلِّفِينَ
87 عالم ތަކަށްވާ، ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ قرآن ނުވެއެވެ. إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ
88 ހިނދުކޮޅެއްގެފަހުން އޭގެ خبر (އެބަހީ: އެއީ ތެދުކަން) ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭހުށްޓެވެ. وَلَتَعْلَمُنَّ نَبَأَهُ بَعْدَ حِينٍ
;