Al-Kafirun

Change Language
Change Surah
Change Recitation

Divehi: Office of the President of Maldives

Play All
# Translation Ayah
1 ކަލޭގެފާނު ވިދާޅުވާށެވެ! އޭ كافر ންނޭވެ! قُلْ يَا أَيُّهَا الْكَافِرُونَ
2 ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވަމެވެ. لَا أَعْبُدُ مَا تَعْبُدُونَ
3 އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ حق ވަންތަ اللَّه އަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ. وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ
4 އަދި ތިޔަބައިމީހުން އަޅުކަންކުޅަ ތަކެއްޗަށް އަޅުކަންކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. وَلَا أَنَا عَابِدٌ مَّا عَبَدتُّمْ
5 އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ حق ވަންތަ اللَّه އަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ. وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ
6 ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ دين އެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ دين އެވެ. لَكُمْ دِينُكُمْ وَلِيَ دِينِ
;