An-Nasr

Change Language
Change Surah
Change Recitation

Divehi: Office of the President of Maldives

Play All
# Translation Ayah
1 اللَّه ގެ نصر އާއި، فتح އަތުވެއްޖެ ހިނދެވެ. إِذَا جَاء نَصْرُ اللَّهِ وَالْفَتْحُ
2 އަދި اللَّه ގެ دين އަށް މީސްތަކުން ބައިބަޔަށް ވަންނާތީ، ކަލޭގެފާނު ދެކެވަޑައިގެންފި ހިނދެވެ. وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا
3 ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ވިދާޅުވާށެވެ! އަދި ފާފަފުއްސެވުން އެދިވަޑައިގެން އެކަލާނގެ حضرة އަށް ދަންނަވާށެވެ! ހަމަކަށަވަރުން، ގިނަގިނައިން توبة قبول ކުރައްވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ. فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ إِنَّهُ كَانَ تَوَّابًا
;