| 1 |
ބިންގަނޑު އޭގެ (އެންމެފަހުގެ) ހެލިގަތުމުން ހެލިގެންފިހިނދެވެ. |
/content/ayah/audio/hudhaify/099001.mp3
|
إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا |
| 2 |
އަދި އެ ބިންގަނޑު އޭގެ ބުރަތައް (އެބަހީ: ބިމުގެ އަޑީގައި ވަޅުލެވިފައިވާ خزانة ތަކާއި ކަށްތައް) ނެރެއުކާލައިފިހިނދެވެ. |
/content/ayah/audio/hudhaify/099002.mp3
|
وَأَخْرَجَتِ الْأَرْضُ أَثْقَالَهَا |
| 3 |
އަދި އެ ބިންގަނޑަށް އެވަނީ ކީއްހެއްޔޭ އިންސާނާ ބުނެފިހިނދެވެ. |
/content/ayah/audio/hudhaify/099003.mp3
|
وَقَالَ الْإِنسَانُ مَا لَهَا |
| 4 |
އެދުވަހުން އެ ބިންގަނޑު، އޭގެ خبر ތަކުގެ ވާހަކަ ދައްކާނެތެވެ. |
/content/ayah/audio/hudhaify/099004.mp3
|
يَوْمَئِذٍ تُحَدِّثُ أَخْبَارَهَا |
| 5 |
އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެ ބިމަށް އެކަން إلهام ކުރެއްވީތީއެވެ. |
/content/ayah/audio/hudhaify/099005.mp3
|
بِأَنَّ رَبَّكَ أَوْحَى لَهَا |
| 6 |
އެދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެތެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ عمل ތައް ދެއްކެވުމަށްޓަކައެވެ. |
/content/ayah/audio/hudhaify/099006.mp3
|
يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِّيُرَوْا أَعْمَالَهُمْ |
| 7 |
ފަހެ، ذرّ އެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. |
/content/ayah/audio/hudhaify/099007.mp3
|
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ |
| 8 |
އަދި ذرّ އެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. |
/content/ayah/audio/hudhaify/099008.mp3
|
وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ |