| 1 |
ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ. |
/content/ayah/audio/hudhaify/096001.mp3
|
اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ |
| 2 |
ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. |
/content/ayah/audio/hudhaify/096002.mp3
|
خَلَقَ الْإِنسَانَ مِنْ عَلَقٍ |
| 3 |
ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. |
/content/ayah/audio/hudhaify/096003.mp3
|
اقْرَأْ وَرَبُّكَ الْأَكْرَمُ |
| 4 |
އެކަލާނގެއީ، قلم ން) ލިޔަން (އުނގަންނައިދެއްވި ރަސްކަލާނގެއެވެ. |
/content/ayah/audio/hudhaify/096004.mp3
|
الَّذِي عَلَّمَ بِالْقَلَمِ |
| 5 |
އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ. |
/content/ayah/audio/hudhaify/096005.mp3
|
عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ |
| 6 |
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ. |
/content/ayah/audio/hudhaify/096006.mp3
|
كَلَّا إِنَّ الْإِنسَانَ لَيَطْغَى |
| 7 |
އޭނާ އަމިއްލަޔަށް ފުދިގެންފިކަމަށް އޭނާޔަށް ފެނުމުންނެވެ. |
/content/ayah/audio/hudhaify/096007.mp3
|
أَن رَّآهُ اسْتَغْنَى |
| 8 |
ހަމަކަށަވަރުން، އެނބުރި ދިޔުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ. |
/content/ayah/audio/hudhaify/096008.mp3
|
إِنَّ إِلَى رَبِّكَ الرُّجْعَى |
| 9 |
އަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟ |
/content/ayah/audio/hudhaify/096009.mp3
|
أَرَأَيْتَ الَّذِي يَنْهَى |
| 10 |
އަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟ |
/content/ayah/audio/hudhaify/096010.mp3
|
عَبْدًا إِذَا صَلَّى |
| 11 |
ތިބާ خبر ދީބަލާށެވެ! އޭނާ ތެދުމަގުގައި ވީނަމަވެސް، ނުވަތަ تقوى ވެރިވުމަށް أمر ކުރިނަމަވެސް ހެއްޔެވެ؟ |
/content/ayah/audio/hudhaify/096011.mp3
|
أَرَأَيْتَ إِن كَانَ عَلَى الْهُدَى |
| 12 |
ތިބާ خبر ދީބަލާށެވެ! އޭނާ ތެދުމަގުގައި ވީނަމަވެސް، ނުވަތަ تقوى ވެރިވުމަށް أمر ކުރިނަމަވެސް ހެއްޔެވެ؟ |
/content/ayah/audio/hudhaify/096012.mp3
|
أَوْ أَمَرَ بِالتَّقْوَى |
| 13 |
ތިބާ خبر ދީ ބަލާށެވެ! އޭނާ ދޮގުކޮށް ފުރަގަސްދިންނަމަވެސް ހެއްޔެވެ؟ |
/content/ayah/audio/hudhaify/096013.mp3
|
أَرَأَيْتَ إِن كَذَّبَ وَتَوَلَّى |
| 14 |
ހަމަކަށަވަރުން، اللَّه ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟ |
/content/ayah/audio/hudhaify/096014.mp3
|
أَلَمْ يَعْلَمْ بِأَنَّ اللَّهَ يَرَى |
| 15 |
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާ އެކަންތައް ހުއްޓައިނުލިނަމަ، ތިމަންރަސްކަލާނގެ އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ. |
/content/ayah/audio/hudhaify/096015.mp3
|
كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًا بِالنَّاصِيَةِ |
| 16 |
އެއީ ދޮގުވެރި، ކުށްވެރި ނިތްގަނޑެކެވެ. |
/content/ayah/audio/hudhaify/096016.mp3
|
نَاصِيَةٍ كَاذِبَةٍ خَاطِئَةٍ |
| 17 |
ފަހެ، އޭނާޔާއެކު جلسة ކުރާ އެކުވެރިންނަށް އޭނާ ގޮވައިބަލާށެވެ! |
/content/ayah/audio/hudhaify/096017.mp3
|
فَلْيَدْعُ نَادِيَه |
| 18 |
ނިކަންހުރެ ތިމަންރަސްކަލާނގެ زبانىّ ملائكة ންނަށް ގޮވައިލައްވާހުށީމެވެ. |
/content/ayah/audio/hudhaify/096018.mp3
|
سَنَدْعُ الزَّبَانِيَةَ |
| 19 |
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ކަލޭގެފާނު އޭނާޔަށް ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! އަދި سجدة ކުރައްވައި ނަމާދު ކުރައްވާށެވެ! އަދި) اللَّه ގެ حضرة އަށް (ކަލޭގެފާނު ކުއްތަންވެވަޑައިގަންނަވާށެވެ! |
/content/ayah/audio/hudhaify/096019.mp3
|
كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِبْ |