1 |
އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ! |
/content/ayah/audio/hudhaify/074001.mp3
|
يَا أَيُّهَا الْمُدَّثِّرُ |
2 |
ކަލޭގެފާނު ތެދުވެވަޑައިގެން إنذار ކުރައްވާށެވެ! |
/content/ayah/audio/hudhaify/074002.mp3
|
قُمْ فَأَنذِرْ |
3 |
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް تكبير ވިދާޅުވާށެވެ! |
/content/ayah/audio/hudhaify/074003.mp3
|
وَرَبَّكَ فَكَبِّرْ |
4 |
އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް طاهر ކުރައްވާށެވެ! |
/content/ayah/audio/hudhaify/074004.mp3
|
وَثِيَابَكَ فَطَهِّرْ |
5 |
އަދި ބުދަށް އަޅުކަންކުރުމާ ދުރުވެވަޑައިގަންނަވާށެވެ! |
/content/ayah/audio/hudhaify/074005.mp3
|
وَالرُّجْزَ فَاهْجُرْ |
6 |
އަދި ގިނައިން ލިބުން އެދިވަޑައިގެން (މީހަކަށް) އެއްޗެއް ނުދެއްވާށެވެ! |
/content/ayah/audio/hudhaify/074006.mp3
|
وَلَا تَمْنُن تَسْتَكْثِرُ |
7 |
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށްޓަކައި ކަލޭގެފާނު ކެތްތެރިވެ ވަޑައިގަންނަވާށެވެ! |
/content/ayah/audio/hudhaify/074007.mp3
|
وَلِرَبِّكَ فَاصْبِرْ |
8 |
ފަހެ، ތާޅަފިލި ފުމެލައްވާ ހިނދެވެ. |
/content/ayah/audio/hudhaify/074008.mp3
|
فَإِذَا نُقِرَ فِي النَّاقُورِ |
9 |
ފަހެ، އެދުވަސް އެއީ އުނދަގޫވެގެންވާ ދުވަހެކެވެ. |
/content/ayah/audio/hudhaify/074009.mp3
|
فَذَلِكَ يَوْمَئِذٍ يَوْمٌ عَسِيرٌ |
10 |
كافر ންގެ މައްޗަށް ފަސޭހަކަމެއް ނުވާ ދުވަހެކެވެ. |
/content/ayah/audio/hudhaify/074010.mp3
|
عَلَى الْكَافِرِينَ غَيْرُ يَسِيرٍ |
11 |
ހަމައެކަނި ތިމަންރަސްކަލާނގެ ހެއްދެވި މީހާ، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ! |
/content/ayah/audio/hudhaify/074011.mp3
|
ذَرْنِي وَمَنْ خَلَقْتُ وَحِيدًا |
12 |
އަދި ގިނަވެގެންވާ މުދަލާއި ކައިރީގައި ތިބޭނެ ފިރިހެންދަރިން، ތިމަންރަސްކަލާނގެ އޭނާޔަށް ދެއްވީމެވެ. |
/content/ayah/audio/hudhaify/074012.mp3
|
وَجَعَلْتُ لَهُ مَالًا مَّمْدُودًا |
13 |
އަދި ގިނަވެގެންވާ މުދަލާއި ކައިރީގައި ތިބޭނެ ފިރިހެންދަރިން، ތިމަންރަސްކަލާނގެ އޭނާޔަށް ދެއްވީމެވެ. |
/content/ayah/audio/hudhaify/074013.mp3
|
وَبَنِينَ شُهُودًا |
14 |
އަދި (ދުނިޔޭގެ ހުރިހާ ކަމެއް) ތަނަވަސްކޮށްދެއްވައި، އޭނާޔަށް ފަސޭހަކޮށްދެއްވީމެވެ. |
/content/ayah/audio/hudhaify/074014.mp3
|
وَمَهَّدتُّ لَهُ تَمْهِيدًا |
15 |
ދެންވެސް އޭނާ އެދެނީ، ތިމަންރަސްކަލާނގެ އިތުރުކޮށްދެއްވުމަށެވެ. |
/content/ayah/audio/hudhaify/074015.mp3
|
ثُمَّ يَطْمَعُ أَنْ أَزِيدَ |
16 |
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާވީ، ތިމަންރަސްކަލާނގެ آية ތަކަށް ދެކޮޅުހަދާ މީހެއް ކަމުގައެވެ. |
/content/ayah/audio/hudhaify/074016.mp3
|
كَلَّا إِنَّهُ كَانَ لِآيَاتِنَا عَنِيدًا |
17 |
ނިކަންހުރެ ތިމަންރަސްކަލާނގެ، ގަދަފަދަވެގެންވާ عذاب އަކަށް ކުރިމަތިލުމަށް އޭނާއަށް ޖައްސަވާހުށީމެވެ. |
/content/ayah/audio/hudhaify/074017.mp3
|
سَأُرْهِقُهُ صَعُودًا |
18 |
ހަމަކަށަވަރުން، އޭނާ ވިސްނައި فكر ކޮށް ރޭވިއެވެ. |
/content/ayah/audio/hudhaify/074018.mp3
|
إِنَّهُ فَكَّرَ وَقَدَّرَ |
19 |
ފަހެ، އޭނާޔަށް لعنة ލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟ |
/content/ayah/audio/hudhaify/074019.mp3
|
فَقُتِلَ كَيْفَ قَدَّرَ |
20 |
ދެން އޭނާޔަށް لعنة ލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟ |
/content/ayah/audio/hudhaify/074020.mp3
|
ثُمَّ قُتِلَ كَيْفَ قَدَّرَ |
21 |
ދެން އޭނާ ބަލައި ވިސްނިއެވެ. |
/content/ayah/audio/hudhaify/074021.mp3
|
ثُمَّ نَظَرَ |
22 |
ދެން އޭނާ މޫނު ކުނިކޮށްލިއެވެ. އަދި މޫނު ހެދިއެވެ. |
/content/ayah/audio/hudhaify/074022.mp3
|
ثُمَّ عَبَسَ وَبَسَرَ |
23 |
ދެން އޭނާ ފުރަގަސްދިނެވެ. އަދި ބޮޑާވެގަތެވެ. |
/content/ayah/audio/hudhaify/074023.mp3
|
ثُمَّ أَدْبَرَ وَاسْتَكْبَرَ |
24 |
ފަހެ، އޭނާ ބުންޏެވެ. ޖާދޫގަރުންގެ ކިބައިން އައިސްފައިވާ ޖާދޫއެއް ކަމުގައި މެނުވީ މި قرآن ނުވެއެވެ. |
/content/ayah/audio/hudhaify/074024.mp3
|
فَقَالَ إِنْ هَذَا إِلَّا سِحْرٌ يُؤْثَرُ |
25 |
آدم ގެދަރިންގެ ބަސްކަމުގައި މެނުވީ މި قرآن ނުވެއެވެ. |
/content/ayah/audio/hudhaify/074025.mp3
|
إِنْ هَذَا إِلَّا قَوْلُ الْبَشَرِ |
26 |
ނިކަންހުރެ ތިމަންރަސްކަލާނގެ އޭނާ ނަރަކަޔަށް ވައްދަވާހުށީމެވެ. |
/content/ayah/audio/hudhaify/074026.mp3
|
سَأُصْلِيهِ سَقَرَ |
27 |
އެ ނަރަކަޔަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
/content/ayah/audio/hudhaify/074027.mp3
|
وَمَا أَدْرَاكَ مَا سَقَرُ |
28 |
އެ ނަރަކަ (ނާންދާ) އެއްވެސް އެއްޗެއް ނުބަހައްޓަތެވެ. އަދި ދޫކޮށެއްވެސް ނުލަތެވެ. |
/content/ayah/audio/hudhaify/074028.mp3
|
لَا تُبْقِي وَلَا تَذَرُ |
29 |
ގައިގެ ހަން އަންދައި ކަޅުކޮށްލަތެވެ. |
/content/ayah/audio/hudhaify/074029.mp3
|
لَوَّاحَةٌ لِّلْبَشَرِ |
30 |
(ބެލެހެއްޓެވުމަށް) އެ ނަރަކައިގެ މައްޗަށް އޮނަވިހި ملائكة ންވެއެވެ. |
/content/ayah/audio/hudhaify/074030.mp3
|
عَلَيْهَا تِسْعَةَ عَشَرَ |
31 |
އަދި ނަރަކައިގެ ބަނޑޭރިން ކަމުގައި، ތިމަންރަސްކަލާނގެ ملائكة ން މެނުވީ ނުލައްވަމެވެ. އަދި كافر ވި މީހުންނަށް امتحان އެއްކަމުގައި މެނުވީ އެ ملائكة ންގެ عدد ނުލައްވަމެވެ. (އެއީ) ފޮތް ލިބުނު މީހުންނަށް يقين ވުމަށާއި، އަދި إيمان ވި މީހުންގެ إيمان ކަން އިތުރުވުމަށާއި، އަދި ފޮތް ލިބުނު މީހުންނާއި إيمان ވި މީހުން شك ނުކުރުމަށްޓަކައެވެ. އަދި އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުންނާއި، كافر ން ބުނުމަށްޓަކައެވެ. މި مثال ން اللَّه އިރާދަކުރެއްވީ ކޮންއެއްޗެއް ބާވައެވެ؟ އެފަދައިން اللَّه އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ لشكر ގެ عدد، އެކަލާނގެ މެނުވީ ދެނެވޮޑިގެން ނުވެތެވެ. އަދި آدم ގެދަރިންނަށް عبرة ތެރި ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ، އެ ނަރަކަ ނުވެތެވެ. |
/content/ayah/audio/hudhaify/074031.mp3
|
وَمَا جَعَلْنَا أَصْحَابَ النَّارِ إِلَّا مَلَائِكَةً وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِّلَّذِينَ كَفَرُوا لِيَسْتَيْقِنَ الَّذِينَ أُوتُوا الْكِتَابَ وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا وَلَا يَرْتَابَ الَّذِينَ أُوتُوا الْكِتَابَ وَالْمُؤْمِنُونَ وَلِيَقُولَ الَّذِينَ فِي قُلُوبِهِم مَّرَضٌ وَالْكَافِرُونَ مَاذَا أَرَادَ اللَّهُ بِهَذَا مَثَلًا كَذَلِكَ يُضِلُّ اللَّهُ مَن يَشَاء وَيَهْدِي مَن يَشَاء وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ وَمَا هِيَ إِلَّا ذِكْرَى لِلْبَشَرِ |
32 |
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަނދު ގަންދެއްވަމެވެ. |
/content/ayah/audio/hudhaify/074032.mp3
|
كَلَّا وَالْقَمَرِ |
33 |
އަދި ރޭގަނޑު ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. |
/content/ayah/audio/hudhaify/074033.mp3
|
وَاللَّيْلِ إِذْ أَدْبَرَ |
34 |
އަދި އަލިވެގެންދާހިނދު، ފަތިސް ގަންދެއްވަމެވެ. |
/content/ayah/audio/hudhaify/074034.mp3
|
وَالصُّبْحِ إِذَا أَسْفَرَ |
35 |
ހަމަކަށަވަރުން، އެ ނަރަކައީ، ބޮޑެތި ބަލާތަކުގެ ތެރެއިން ބަލާއެއްކަން ކަށަވަރެވެ. |
/content/ayah/audio/hudhaify/074035.mp3
|
إِنَّهَا لَإِحْدَى الْكُبَرِ |
36 |
آدم ގެދަރިންނަށް إنذار ކުރާ އެއްޗެއްގެ ގޮތުގައެވެ. |
/content/ayah/audio/hudhaify/074036.mp3
|
نَذِيرًا لِّلْبَشَرِ |
37 |
ތިޔަބައިމީހުންކުރެ ބޭނުން މީހަކަށް ކުރިއެރުންވެއެވެ. ނުވަތަ ފަސްޖެހުންވެއެވެ. |
/content/ayah/audio/hudhaify/074037.mp3
|
لِمَن شَاء مِنكُمْ أَن يَتَقَدَّمَ أَوْ يَتَأَخَّرَ |
38 |
ކޮންމެ نفس އެއް، އެ نفس އެއް ހޯދައިގަތްކަމަކުން ބަނދެވިގެންވެއެވެ. |
/content/ayah/audio/hudhaify/074038.mp3
|
كُلُّ نَفْسٍ بِمَا كَسَبَتْ رَهِينَةٌ |
39 |
ކަނާތްފަރާތުގެ أهل ވެރިން މެނުވީއެވެ. |
/content/ayah/audio/hudhaify/074039.mp3
|
إِلَّا أَصْحَابَ الْيَمِينِ |
40 |
(އެއުރެންވަނީ) ސުވަރުގެތަކެއްގައެވެ. ކުށްވެރިންނާ މެދުގައި އެކަކު އަނެކަކާ سؤال ކުރާ حال ގައެވެ. |
/content/ayah/audio/hudhaify/074040.mp3
|
فِي جَنَّاتٍ يَتَسَاءلُونَ |
41 |
(އެއުރެންވަނީ) ސުވަރުގެތަކެއްގައެވެ. ކުށްވެރިންނާ މެދުގައި އެކަކު އަނެކަކާ سؤال ކުރާ حال ގައެވެ. |
/content/ayah/audio/hudhaify/074041.mp3
|
عَنِ الْمُجْرِمِينَ |
42 |
ތިޔަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟ |
/content/ayah/audio/hudhaify/074042.mp3
|
مَا سَلَكَكُمْ فِي سَقَرَ |
43 |
އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ. |
/content/ayah/audio/hudhaify/074043.mp3
|
قَالُوا لَمْ نَكُ مِنَ الْمُصَلِّينَ |
44 |
އަދި ތިމަންމެން مسكين ންނަށް ކާންދީއެއް ނޫޅެމުއެވެ. |
/content/ayah/audio/hudhaify/074044.mp3
|
وَلَمْ نَكُ نُطْعِمُ الْمِسْكِينَ |
45 |
އަދި باطل ވާހަކަ ދައްކާ މީހުންނާ އެކުގައި، ތިމަންމެން باطل ވާހަކަ ދައްކައި އުޅުނީމުއެވެ. |
/content/ayah/audio/hudhaify/074045.mp3
|
وَكُنَّا نَخُوضُ مَعَ الْخَائِضِينَ |
46 |
އަދި ތިމަންމެން قيامة ދުވަސް ދޮގުކޮށް އުޅުނީމުއެވެ. |
/content/ayah/audio/hudhaify/074046.mp3
|
وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ |
47 |
يقين ކަން (އެބަހީ: މަރު) ތިމަންމެންނާ ހަމަޔަށް އަތުވެއްޖައުމަށް ދާނދެނެވެ. |
/content/ayah/audio/hudhaify/074047.mp3
|
حَتَّى أَتَانَا الْيَقِينُ |
48 |
ފަހެ، شفاعة ތެރިވާމީހުންގެ شفاعة، އެއުރެންނަކަށް މަންފާއެއް ނުކުރާނެތެވެ. |
/content/ayah/audio/hudhaify/074048.mp3
|
فَمَا تَنفَعُهُمْ شَفَاعَةُ الشَّافِعِينَ |
49 |
ފަހެ، ހަނދާންކޮށްދިނުމުން (އެބަހީ: قرآن ން) އެއުރެން އެއްކިބާވެ ދުރަށްދަނީ ކީއްވެގެން ހެއްޔެވެ؟ |
/content/ayah/audio/hudhaify/074049.mp3
|
فَمَا لَهُمْ عَنِ التَّذْكِرَةِ مُعْرِضِينَ |
50 |
އެއުރެން ސިންގާއަކަށް ފިލަންދުވާ وحشى حمار ތަކެއް ފަދައެވެ. |
/content/ayah/audio/hudhaify/074050.mp3
|
كَأَنَّهُمْ حُمُرٌ مُّسْتَنفِرَةٌ |
51 |
އެއުރެން ސިންގާއަކަށް ފިލަންދުވާ وحشى حمار ތަކެއް ފަދައެވެ. |
/content/ayah/audio/hudhaify/074051.mp3
|
فَرَّتْ مِن قَسْوَرَةٍ |
52 |
އަދި ކިއެއްތަ! އެއުރެންކުރެ ކޮންމެ މީހަކު އެދެނީ، ލިޔުއްވާފައިވާ ފަތްފުށްތަކެއް އެމީހަކަށް ބާވައިލެއްވުމަށެވެ. |
/content/ayah/audio/hudhaify/074052.mp3
|
بَلْ يُرِيدُ كُلُّ امْرِئٍ مِّنْهُمْ أَن يُؤْتَى صُحُفًا مُّنَشَّرَةً |
53 |
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! އެއުރެން آخرة އަކަށް ބިރެއް ނުގަނެތެވެ. |
/content/ayah/audio/hudhaify/074053.mp3
|
كَلَّا بَل لَا يَخَافُونَ الْآخِرَةَ |
54 |
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ قرآن އަކީ ހަނދާންކޮށްދިނުމެކެވެ. |
/content/ayah/audio/hudhaify/074054.mp3
|
كَلَّا إِنَّهُ تَذْكِرَةٌ |
55 |
ފަހެ، ބޭނުން މީހަކު އެ قرآن ހަނދުމަކުރާހުށިކަމެވެ! |
/content/ayah/audio/hudhaify/074055.mp3
|
فَمَن شَاء ذَكَرَهُ |
56 |
އަދި اللَّه އިރާދަކުރެއްވިއްޔާ މެނުވީ، އެއުރެންނަކަށް ހަނދާނެއް ނުކުރެވޭނެތެވެ. އެކަލާނގެއީ (މީސްތަކުން އެކަލާނގެއަށް ބިރުވެތިވެ) تقوى ވެރިވުން حق ވެގެންވާ، އަދި (ކިޔަމަންގަތް އަޅުންނަށް) ފާފަތައް ފުއްސެވުމުގެ ވެރިރަސްކަލާނގެއެވެ. |
/content/ayah/audio/hudhaify/074056.mp3
|
وَمَا يَذْكُرُونَ إِلَّا أَن يَشَاء اللَّهُ هُوَ أَهْلُ التَّقْوَى وَأَهْلُ الْمَغْفِرَةِ |