Al-Waqi'a

Change Language
Change Surah
Change Recitation

Divehi: Office of the President of Maldives

Play All
# Translation Ayah
1 قيامة ވެއްޖެހިނދެވެ. إِذَا وَقَعَتِ الْوَاقِعَةُ
2 އެކަންވާނޭކަމާމެދު إنكار ކޮށް ދޮގުކުރާނޭ ފަރާތެއް ނުވެއެވެ. لَيْسَ لِوَقْعَتِهَا كَاذِبَةٌ
3 އެއްބަޔަކު ދަށްކުރަމުން، އަނެއްބަޔަކު މަތިކުރަމުންނެވެ. (އެބަހީ: އަބާއްޖަވެރިން ދަށްކުރައްވައި، ބާއްޖަވެރިން މަތިވެރިކުރައްވާ ދުވަހެއްގެ ގޮތުގައެވެ.) خَافِضَةٌ رَّافِعَةٌ
4 ބިންގަނޑު ގަދަފަދައަށް ހެލިގެންފިހިނދެވެ. إِذَا رُجَّتِ الْأَرْضُ رَجًّا
5 އަދި ފަރުބަދަތައް ފުނޑުފުނޑުވެ، ހިމުންވެއްޖެހިނދެވެ. وَبُسَّتِ الْجِبَالُ بَسًّا
6 ފަހެ، ވަޔާ ބުރަބުރައިގެންދާ ކުނޑިތަކެއްކަމުގައި އެ ފަރުބަދަތައް ވެއްޖެހިނދެވެ. فَكَانَتْ هَبَاء مُّنبَثًّا
7 އަދި ތިޔަބައިމީހުން (އެދުވަހުން) ތިންބާވަތަކަށް ވެދެއެވެ. وَكُنتُمْ أَزْوَاجًا ثَلَاثَةً
8 ފަހެ، ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟ فَأَصْحَابُ الْمَيْمَنَةِ مَا أَصْحَابُ الْمَيْمَنَةِ
9 އަދި ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، (ދަރަޖައިގެގޮތުން) ކޮންބަޔެއްހެއްޔެވެ؟ وَأَصْحَابُ الْمَشْأَمَةِ مَا أَصْحَابُ الْمَشْأَمَةِ
10 އަދި ކުރިއަރައިދިޔަ މީހުންނީ، (ދަރަޖައިގެގޮތުން) ކުރިއަރައިދިޔަ މީހުންނެވެ. وَالسَّابِقُونَ السَّابِقُونَ
11 ކުއްތަންކުރައްވާފައިވާ މީހުންނީ، އެއުރެންނެވެ. أُوْلَئِكَ الْمُقَرَّبُونَ
12 نعمة ގެ ސުވަރުގެތަކުގައެވެ. فِي جَنَّاتِ النَّعِيمِ
13 އިސްވެދިޔަމީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّة ތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ. ثُلَّةٌ مِّنَ الْأَوَّلِينَ
14 އަދި ފަހުގެ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّة ތަކާ އަޅައިބަލާއިރު، محمد ނަބިއްޔާގެ أمّة ގެ މީހުންގެ ތެރެއިން) މަދުބަޔެކެވެ. وَقَلِيلٌ مِّنَ الْآخِرِينَ
15 ރަނާއި، ޖަވާހިރުން އަތްކަން އަޅުއްވާފައިވާ ދާންތަކެއްގެ މަތީގައެވެ. عَلَى سُرُرٍ مَّوْضُونَةٍ
16 އެ ދާންތަކުގެ މަތީގައި، އެކަކު އަނެކަކާ ކުރިމަތިލައި، ލެނގިގެންވާ حال ގައެވެ. مُتَّكِئِينَ عَلَيْهَا مُتَقَابِلِينَ
17 ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެއުރެންގެ خدمة ގައި ބުރުޖަހާނެތެވެ. يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ
18 ތަށިތަކަކާއި، ކުރާތަކަކާއިގެންނެވެ. އަދި ހިނގަހިނގާ ހުންނަ އާރަކުން ނެގޭ ރާތަށިތަކަކާއިގެންނެވެ. بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ
19 އޭގެސަބަބުން އެއުރެންނަށް ބޮލުގެ ރިހުމެއް ނުލިބޭނެތެވެ. އަދި މަސްތުވުމެއްވެސް ނުމެލިބޭނޭމެއެވެ. لَا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ
20 އަދި އެއުރެން ބޭނުންގޮތަކަށް ނަގާނޭ މޭވާތަކާއިގެންނެވެ. وَفَاكِهَةٍ مِّمَّا يَتَخَيَّرُونَ
21 އަދި އެއުރެން ހިތްއެދޭ ބާވަތްތަކުގެ ދޫނިސޫފާސޫފީގެ މަހާއިގެންނެވެ. وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ
22 އަދި ކަޅިރަވަ ރީތި، حورالعين ން ތިބޭނެއެވެ. وَحُورٌ عِينٌ
23 (އެކަނބަލުން) ރައްކާތެރިކުރައްވާފައިވާ ރަންމުތްތަކަކާ އެއްފަދަވެގެންވެއެވެ. كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ
24 (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކަށް ޖަޒާއެއް ކަމުގައެވެ. جَزَاء بِمَا كَانُوا يَعْمَلُونَ
25 ބޭކާރު ބަސްތަކެއްވެސް، އަދި ކުށްވެރިކުރަނިވި ބަސްތަކެއްވެސް، އެތާކު އެއުރެންނަކަށް ނީވޭނެތެވެ. لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا
26 އެހެނެއްކަމަކު (އެއުރެންނަށް އިވޭނީ) سلام ހުށްޓޭ، سلام ހުށްޓޭ، ބުނެވޭ އަޑެވެ. إِلَّا قِيلًا سَلَامًا سَلَامًا
27 ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟ وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ
28 (އެއުރެންވަނީ) ކަށިނެތް، ކުންނާރު ގަސްތަކުގެ ތެރޭގައެވެ. فِي سِدْرٍ مَّخْضُودٍ
29 ކެޔޮވައްތައް އެތުރިފައިވާ ފަތްކެޔޮ ގަސްތަކުގެ ތެރޭގައެވެ. وَطَلْحٍ مَّنضُودٍ
30 އަދި ފެތުރިގެންވާ ހިޔަލުގައެވެ. وَظِلٍّ مَّمْدُودٍ
31 އަދި އަބަދަށް އޮހިއޮހިހުންނަ ފެން، އެއުރެންނަށް ލިބޭނެއެވެ. وَمَاء مَّسْكُوبٍ
32 އަދި ގިނަގުނަވެގެންވާ މޭވާތައްވެސްމެއެވެ. وَفَاكِهَةٍ كَثِيرَةٍ
33 ހުސްވުމެއްނުވާ، އަދި މަނާވުމެއްނުވާ މޭވާއެވެ. لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ
34 އަދި އުފުލިގެންވާ ދާންތަކެވެ. وَفُرُشٍ مَّرْفُوعَةٍ
35 ހަމަކަށަވަރުން، އަލުން އާ އުފެއްދެވުމަކުން ތިމަންރަސްކަލާނގެ އެކަނބަލުން (އެބަހީ: ސުވަރުގޭގެ އަންހެނުން) އުފެއްދެވީމެވެ. إِنَّا أَنشَأْنَاهُنَّ إِنشَاء
36 ފަހެ، بِكر ވެރި ބަޔަކު ކަމުގައި ތިމަންރަސްކަލާނގެ އެކަނބަލުން ލެއްވީމެވެ. فَجَعَلْنَاهُنَّ أَبْكَارًا
37 ފިރިންދެކެ ލޯބިވާ، އެއްފުރާގެ ބަޔަކު ކަމުގައެވެ. عُرُبًا أَتْرَابًا
38 ކަނާތްފަރާތުގެ މީހުންނަށްޓަކައެވެ. لِّأَصْحَابِ الْيَمِينِ
39 އިސްވެދިޔަ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّة ތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ. ثُلَّةٌ مِّنَ الْأَوَّلِينَ
40 އަދި ފަހުގެ މީހުންގެ ތެރެއިންވެސް (އެބަހީ: محمد ނަބިއްޔާގެ أمّة ގެ މީހުންގެ ތެރެއިންވެސް) ގިނަބަޔެކެވެ. وَثُلَّةٌ مِّنَ الْآخِرِينَ
41 ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟ وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِ
42 (އެއުރެންވަނީ، ލޯލިތަކުގެ ބުޑުތައް ފޫވައްޓައިފަނިވި) ހޫނު ވައިގެތެރޭގައެވެ. އަދި ކެކިކެކިހުންނަ ހޫނުފެނުގެ ތެރޭގައެވެ. فِي سَمُومٍ وَحَمِيمٍ
43 އަދި ކަޅުކުލައިގެ ދުމަކުން އުފެދޭ ހިޔަނިގަނޑެއްގެ ތެރޭގައެވެ. وَظِلٍّ مِّن يَحْمُومٍ
44 ފިންޏެއްވެސް ނޫނެވެ. އަދި އަރާމެއްވެސް ނޫނެވެ. لَّا بَارِدٍ وَلَا كَرِيمٍ
45 ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ، ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ. إِنَّهُمْ كَانُوا قَبْلَ ذَلِكَ مُتْرَفِينَ
46 އަދި ބޮޑުވެގެންވާ ފާފަވެރިކަމުގެ މަތީގައި ދެމިތިބޭ ބަޔަކުކަމުގައި އެއުރެންވޫއެވެ. وَكَانُوا يُصِرُّونَ عَلَى الْحِنثِ الْعَظِيمِ
47 އަދި އެއުރެން ބުނާކަމުގައިވިއެވެ. ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު، އަލުން ދިރުމަކަށް ފޮނުއްވާނޭ ބަޔަކުކަމުގައި ހަމަކަށަވަރުން، ތިމަންމެން ވޭހެއްޔެވެ؟ وَكَانُوا يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَئِنَّا لَمَبْعُوثُونَ
48 އަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސް ހެއްޔެވެ؟ أَوَ آبَاؤُنَا الْأَوَّلُونَ
49 ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އިސްވެދިޔަ މީހުންނާއި، ފަހުން އަންނާނޭ މީހުންނީ، އެނގިގެންވާ ދުވަހެއްގެ ކަނޑައަޅުއްވާފައިވާ ވަގުތަކަށް އެއްކުރައްވާނޭ ބަޔަކުކަން ކަށަވަރެވެ. قُلْ إِنَّ الْأَوَّلِينَ وَالْآخِرِينَ
50 ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އިސްވެދިޔަ މީހުންނާއި، ފަހުން އަންނާނޭ މީހުންނީ، އެނގިގެންވާ ދުވަހެއްގެ ކަނޑައަޅުއްވާފައިވާ ވަގުތަކަށް އެއްކުރައްވާނޭ ބަޔަކުކަން ކަށަވަރެވެ. لَمَجْمُوعُونَ إِلَى مِيقَاتِ يَوْمٍ مَّعْلُومٍ
51 އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން زقّوم ގަހުން ކާނޭކަން ކަށަވަރެވެ. ثُمَّ إِنَّكُمْ أَيُّهَا الضَّالُّونَ الْمُكَذِّبُونَ
52 އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން زقّوم ގަހުން ކާނޭކަން ކަށަވަރެވެ. لَآكِلُونَ مِن شَجَرٍ مِّن زَقُّومٍ
53 ފަހެ، އެއިން ބަނޑުތައް ފުރައިލާނޭމެއެވެ. فَمَالِؤُونَ مِنْهَا الْبُطُونَ
54 ފަހެ، އޭގަމައްޗަށް ކެކިކެކިހުންނަ ހޫނުފެން ބޯނޭމެއެވެ. فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ
55 ފަހެ، ފެންބޮވައިގެންފައިވާ جمل ތައް ފެންބޯފަދައިންނެވެ. فَشَارِبُونَ شُرْبَ الْهِيمِ
56 قيامة ދުވަހުން އެއުރެންގެ މެހުމާންދާރީއަކީ މިއެވެ. هَذَا نُزُلُهُمْ يَوْمَ الدِّينِ
57 ތިޔަބައިމީހުން ހެއްދެވީ ތިމަންރަސްކަލާނގެއެވެ. ފަހެ ތިޔަބައިމީހުން ތެދުނުކުރަނީ ކީއްވެހެއްޔެވެ؟ نَحْنُ خَلَقْنَاكُمْ فَلَوْلَا تُصَدِّقُونَ
58 ތިޔަބައިމީހުން ބޭރުކުރާ މަންޏާމެދު، ތިޔަބައިމީހުން ފަހެ، ވިސްނައި ބެލީމުހެއްޔެވެ؟ أَفَرَأَيْتُم مَّا تُمْنُونَ
59 އެތަކެތި ހަދަނީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ ހައްދަވާ ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟ أَأَنتُمْ تَخْلُقُونَهُ أَمْ نَحْنُ الْخَالِقُونَ
60 ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ މަރު، މިންވަރުކުރެއްވީމެވެ. ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުންފަދަ އެހެންބަޔަކު ގެންނެވުމުގެ މައްޗަށާއި، ތިޔަބައިމީހުން ނުދަންނަ ސިފައެއްގައި، ތިޔަބައިމީހުން އަލުން އުފެއްދެވުމަށް ނުކުޅެދިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ. نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ
61 ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ މަރު، މިންވަރުކުރެއްވީމެވެ. ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުންފަދަ އެހެންބަޔަކު ގެންނެވުމުގެ މައްޗަށާއި، ތިޔަބައިމީހުން ނުދަންނަ ސިފައެއްގައި، ތިޔަބައިމީހުން އަލުން އުފެއްދެވުމަށް ނުކުޅެދިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ. عَلَى أَن نُّبَدِّلَ أَمْثَالَكُمْ وَنُنشِئَكُمْ فِي مَا لَا تَعْلَمُونَ
62 ހަމަކަށަވަރުން، ފުރަތަމަ އުފެއްދެވުން ތިޔަބައިމީހުންނަށް އެނގިފައިވެއެވެ. ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ކީއްވެހެއްޔެވެ؟ وَلَقَدْ عَلِمْتُمُ النَّشْأَةَ الْأُولَى فَلَوْلَا تَذكَّرُونَ
63 ތިޔަބައިމީހުން ގޮވާންކުރާ ތަކެއްޗާމެދު، ފަހެ، ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟ أَفَرَأَيْتُم مَّا تَحْرُثُونَ
64 އެތަކެތި ބިމުން ފަޅުވަނީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެތަކެތި ބިމުން ފަޅުއްވާ ފަރާތަކީ، ތިމަންރަސްކަލާނގެ ހެއްޔެވެ؟ أَأَنتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُونَ
65 ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ހިކި ކުނޑި ހުއިތަކެއް ކަމުގައި އެތަކެތި ލައްވައިފީމުސްކަން ކަށަވަރެވެ. ދެން އެކަމާމެދު ތިޔަބައިމީހުން حيران ވެފައި ތިބެއްޖައީހެވެ. لَوْ نَشَاء لَجَعَلْنَاهُ حُطَامًا فَظَلْتُمْ تَفَكَّهُونَ
66 (ތިޔަބައިމީހުން ބުނާނޫއެވެ.) ހަމަކަށަވަރުން، ތިމަންމެންނީ، ގެއްލުންވެގެންވާ ބަޔަކީމުއެވެ. إِنَّا لَمُغْرَمُونَ
67 އަދި ކިއެއްތަ! ތިމަންމެންނީ (އެތަކެތިން) محروم ވެގެންވާ ބަޔަކީމުއެވެ. بَلْ نَحْنُ مَحْرُومُونَ
68 ތިޔަބައިމީހުން ބޯ ފެނާމެދު، ތިޔަބައިމީހުން ފަހެ ވިސްނާ ބެލީމުހެއްޔެވެ؟ أَفَرَأَيْتُمُ الْمَاء الَّذِي تَشْرَبُونَ
69 ވާރޭވިލާތަކުން އެ ފެން ވެއްސީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެ ފެން ބާވައިލެއްވި ފަރާތަކީ، ތިމަންރަސްކަލާނގެ ހެއްޔެވެ؟ أَأَنتُمْ أَنزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنزِلُونَ
70 ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެ ފެން ބޯން ނުކެރޭފަދަ ލޮނު ފެނެއް ކަމުގައި ލައްވައިފީމުހެވެ. ފަހެ، ތިޔަބައިމީހުން شكر ނުކުރަނީ ކީއްވެހެއްޔެވެ؟ لَوْ نَشَاء جَعَلْنَاهُ أُجَاجًا فَلَوْلَا تَشْكُرُونَ
71 ތިޔަބައިމީހުން ރޯކުރާ އަލިފާނާމެދު، ތިޔަބައިމީހުން ފަހެ، ވިސްނައި ބެލީމުހެއްޔެވެ؟ أَفَرَأَيْتُمُ النَّارَ الَّتِي تُورُونَ
72 އޭގެ ގަސް އުފެއްދީ ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އެ އުފެއްދެވި ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟ أَأَنتُمْ أَنشَأْتُمْ شَجَرَتَهَا أَمْ نَحْنُ الْمُنشِؤُونَ
73 ހަނދުމަކުރުމެއް ކަމުގައްޔާއި، ދަތުރުފަތުރުކުރާ މީހުންނަށާއި، ދަތުރުނުކޮށް قائم ވެތިބޭ މީހުންނަށް ބޭނުންހިފޭ އެއްޗެއްކަމުގައި، ތިމަންރަސްކަލާނގެ އެ އަލިފާން ލެއްވީމެވެ. نَحْنُ جَعَلْنَاهَا تَذْكِرَةً وَمَتَاعًا لِّلْمُقْوِينَ
74 ފަހެ، ކަލޭގެފާނުގެ ވެރި، މާތްވަންތަ ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ! فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ
75 ފަހެ، ހަމަކަށަވަރުން، ތަރިތައް އޮސްފުހޭ ތަންތަން ގަންދެއްވައި ތިމަންރަސްކަލާނގެ ހުވާ وحى ކުރައްވަމެވެ. فَلَا أُقْسِمُ بِمَوَاقِعِ النُّجُومِ
76 އަދި ތިޔަބައިމީހުން ދަންނަނީނަމަ، ހަމަކަށަވަރުން، އެއީ ބޮޑުވެގެންވާ ހުވަޔެއްކަން ކަށަވަރެވެ. وَإِنَّهُ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ
77 ހަމަކަށަވަރުން، އެއީ މާތްވެގެންވާ قرآن ކަން ކަށަވަރެވެ. إِنَّهُ لَقُرْآنٌ كَرِيمٌ
78 ރައްކާތެރިކުރައްވާފައިވާ ފޮތެއްގައެވެ. فِي كِتَابٍ مَّكْنُونٍ
79 طاهر ވެގެންވާ މީހުން މެނުވީ، އެ ފޮތުގައި ނުބީހޭނެތެވެ. لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ
80 (އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ. تَنزِيلٌ مِّن رَّبِّ الْعَالَمِينَ
81 ތިޔަބައިމީހުން ދޮގުކޮށް ފަރުވާކުޑަކުރަނީ، މިވާހަކައާމެދުގައި (އެބަހީ: މި قرآن އާ މެދުގައި) ހެއްޔެވެ؟ أَفَبِهَذَا الْحَدِيثِ أَنتُم مُّدْهِنُونَ
82 އަދި ތިޔަބައިމީހުންނަށް رزق ދެއްވިކަމުގެ މައްޗަށްކުރާ شكر އަކީ (އެ رزق ދެއްވި ރަސްކަލާނގެ) ދޮގުކުރުން ކަމުގައި ތިޔަބައިމީހުން ހަދަމުއެވެ. وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ
83 ފަހެ، މަރުވުމުގެ ވަގުތުގައި، ކަރާހަމަޔަށް ފުރާނައައިސް ނޭވާހޮޅިޔަށް އެޅިއްޖެހިނދެވެ. فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ
84 އަދި އެހިނދު، ތިޔަބައިމީހުން ބަލަބަލައި ތިބެމުއެވެ. وَأَنتُمْ حِينَئِذٍ تَنظُرُونَ
85 އަދި ތިޔަބައިމީހުންނަށްވުރެ އެމީހާއާ (އެބަހީ: މަރުވާ މީހާއާ) ގާތްކަންބޮޑީ، ތިމަންރަސްކަލާނގެއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނުފެނެތެވެ. وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَكِن لَّا تُبْصِرُونَ
86 ފަހެ، ތިޔަބައިމީހުންނީ، عمل ތަކަށް ޖަޒާ ނުލިބޭނެ ބަޔަކުކަމުގައިވާނަމަ، ތިޔަބައިމީހުން އެ ފުރާނަ އަނބުރައި ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނީ، ތެދުވެރިން ކަމުގައިވާނަމައެވެ. فَلَوْلَا إِن كُنتُمْ غَيْرَ مَدِينِينَ
87 ފަހެ، ތިޔަބައިމީހުންނީ، عمل ތަކަށް ޖަޒާ ނުލިބޭނެ ބަޔަކުކަމުގައިވާނަމަ، ތިޔަބައިމީހުން އެ ފުރާނަ އަނބުރައި ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނީ، ތެދުވެރިން ކަމުގައިވާނަމައެވެ. تَرْجِعُونَهَا إِن كُنتُمْ صَادِقِينَ
88 ފަހެ، އެ (މަރުވި) މީހާ ކުއްތަންކުރައްވާފައިވާ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ! فَأَمَّا إِن كَانَ مِنَ الْمُقَرَّبِينَ
89 ފަހެ، އެމީހަކަށް އަރާމާއި، ތަނަވަސްވެގެންވާ رزق އާއި، نعمة ގެ ސުވަރުގެ ހުށްޓެވެ. فَرَوْحٌ وَرَيْحَانٌ وَجَنَّةُ نَعِيمٍ
90 އަދި އެމީހަކު ކަނާތްފަރާތުގެ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ! وَأَمَّا إِن كَانَ مِنَ أَصْحَابِ الْيَمِينِ
91 ފަހެ، (އެމީހަކަށް އަންގަވާނެތެވެ.) ކަނާތްފަރާތުގެ މީހުންގެ ކިބައިން ތިބާޔަށް سلام ހުށްޓެވެ. فَسَلَامٌ لَّكَ مِنْ أَصْحَابِ الْيَمِينِ
92 އަދި ދޮގުކޮށް، މަގުފުރެދޭ މީހުންގެ ތެރެއިން އެމީހަކުވާނަމަ، ދަންނާށެވެ! وَأَمَّا إِن كَانَ مِنَ الْمُكَذِّبِينَ الضَّالِّينَ
93 ފަހެ، އެމީހަކަށްހުރީ، ކެކިކެކިހުންނަ ހޫނުފެނުގެ މެހުމާންދާރީއެކެވެ. فَنُزُلٌ مِّنْ حَمِيمٍ
94 އަދި ނަރަކަޔަށް ވެއްދެވުމެކެވެ. وَتَصْلِيَةُ جَحِيمٍ
95 ހަމަކަށަވަރުން، މިއީ يقين ވެގެންވާ حق ތެދުކަން ކަށަވަރެވެ. إِنَّ هَذَا لَهُوَ حَقُّ الْيَقِينِ
96 ފަހެ، ކަލޭގެފާނު ގެ ވެރި، މާތްވަންތަ ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ! فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ
;