Ash-Shu'araa

Change Language
Change Surah
Change Recitation

Divehi: Office of the President of Maldives

Play All
# Translation Ayah
1 ط س م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) طسم
2 މިއީ (ކަންތައްތައް) بيان ވެގެންވާ ފޮތުގެ (އެބަހީ: قرآن ގެ) آية ތަކެވެ. تِلْكَ آيَاتُ الْكِتَابِ الْمُبِينِ
3 އެއުރެން مؤمن ން ކަމުގައި ނުވުމުން (އެކަމުގެ ހިތާމައިގައި) ކަލޭގެފާނުގެ نفس ހަލާކުކޮށްލައްވަނީތޯއެވެ. (އެބަހީ: އެހެން ނަހައްދަވާށެވެ!) لَعَلَّكَ بَاخِعٌ نَّفْسَكَ أَلَّا يَكُونُوا مُؤْمِنِينَ
4 ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ މައްޗަށް އުޑުން معجزة އެއް ބާވައިލައްވައިފީމުހެވެ. ފަހެ، އޭރުން އެއުރެންގެ ކަނދުރާތައް އެއަށް ކިޔަމަންވެ، މަޑުމައިތިރިވާނެތެވެ. إِن نَّشَأْ نُنَزِّلْ عَلَيْهِم مِّن السَّمَاء آيَةً فَظَلَّتْ أَعْنَاقُهُمْ لَهَا خَاضِعِينَ
5 رحمن ވަންތަ ރަސްކަލާނގެ حضرة ން އެމީހުންގެ ގާތަށް އަންނަ ކޮންމެ އައު آية އަކަށް ފުރަގަސްދޭބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ. وَمَا يَأْتِيهِم مِّن ذِكْرٍ مِّنَ الرَّحْمَنِ مُحْدَثٍ إِلَّا كَانُوا عَنْهُ مُعْرِضِينَ
6 ފަހެ، ހަމަކަށަވަރުން، އެއުރެން (އެތަކެތި) ދޮގުކުރޫއެވެ. ފަހެ، އެއުރެން އެކަންތަކަށް ފުރައްސާރަކޮށްއުޅުނު ކަންތަކުގެ خبر ތައް، ނިކަންހުރެ އެއުރެންގެ ގާތަށް އަންނަހުށްޓެވެ. فَقَدْ كَذَّبُوا فَسَيَأْتِيهِمْ أَنبَاء مَا كَانُوا بِهِ يَسْتَهْزِئُون
7 ބިމުގެ (عجائب) ކަންތައްތަކަށް އެއުރެން ނުބަލަނީހެއްޔެވެ؟ އެ ބިމުގައި މަންފާގިނަ ރަނގަޅު ހުރިހާ ބާވަތަކުން ތިމަންރަސްކަލާނގެ ކިހާގިނަ ގަސްތަކެއް ފެޅުއްވީން ހެއްޔެވެ؟ أَوَلَمْ يَرَوْا إِلَى الْأَرْضِ كَمْ أَنبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ
8 ހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއް ވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمان ވާ ބަޔަކު ކަމުގައި ނުވެތެވެ. إِنَّ فِي ذَلِكَ لَآيَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
9 އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ
10 ކަލޭގެފާނުގެ ވެރިރަސްކަލާނގެ موسى ގެފާނަށް ނިދާ އިއްވެވިހިނދު ހަނދުމަކުރައްވާށެވެ! އަނިޔާވެރި قوم ގެމީހުންގެ ގާތަށް ކަލޭގެފާނު (رسول ކަމާއިގެން) ވަޑައިގަންނަވާށެވެ! وَإِذْ نَادَى رَبُّكَ مُوسَى أَنِ ائْتِ الْقَوْمَ الظَّالِمِينَ
11 އެއީ فرعون ގެ قوم ގެމީހުންނެވެ. އެއުރެން اللَّه އަށް ބިރުވެތި ނުވަނީހެއްޔެވެ؟ قَوْمَ فِرْعَوْنَ أَلَا يَتَّقُونَ
12 އެކަލޭގެފާނު (އެބަހީ: موسى ގެފާނު) ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ. قَالَ رَبِّ إِنِّي أَخَافُ أَن يُكَذِّبُونِ
13 އަދި (އެއުރެން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް) ތިމަންކަލޭގެފާނުގެ ހިތްޕުޅު ދަތިވެއެވެ. އަދި (ތިމަންކަލޭގެފާނު އެދިވަޑައިގަންނަވާފަދަ ފަސޭހަކަމާއެކު) ތިމަންކަލޭގެފާނުގެ ދޫފުޅެއް ނުހިނގައެވެ. ފަހެ، (ތިމަންކަލޭގެފާނަށް ވާގިވެރިވުމަށް) هارون ގެފާނުގެ އަރިހަށް (وحى އާއިގެން جبريل ގެފާނު) ފޮނުއްވައި ދެއްވާށެވެ! وَيَضِيقُ صَدْرِي وَلَا يَنطَلِقُ لِسَانِي فَأَرْسِلْ إِلَى هَارُونَ
14 އެއުރެންނާ ބެހޭގޮތުން، ތިމަންކަލޭގެފާނުގެ މައްޗަށް ކުށެއްވެސް އެބައޮތެވެ. ފަހެ، އެއުރެން ތިމަންކަލޭގެފާނު قتل ކޮށްފާނެކަމަށް ތިމަންކަލޭގެފާނު ބިރުފުޅު ގަނެތެވެ. وَلَهُمْ عَلَيَّ ذَنبٌ فَأَخَافُ أَن يَقْتُلُونِ
15 އެކަލާނގެ وحى ކުރެއްވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެތެވެ. ފަހެ، ތިޔަދެބޭކަލުން ތިމަންރަސްކަލާނގެ آية ތަކާއިގެން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަދެބޭކަލުންނާއެކު، ތިމަންރަސްކަލާނގެ އައްސަވާވޮޑިގެންވަމެވެ. قَالَ كَلَّا فَاذْهَبَا بِآيَاتِنَا إِنَّا مَعَكُم مُّسْتَمِعُونَ
16 ފަހެ، ތިޔަދެބޭކަލުން فرعون ގެގާތަށް ވަޑައިގެން ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ عالم ތަކުގެ ވެރިރަސްކަލާނގެ ފޮނުއްވި رسول ންނެވެ. فَأْتِيَا فِرْعَوْنَ فَقُولَا إِنَّا رَسُولُ رَبِّ الْعَالَمِينَ
17 إسرآءيل ގެދަރިން (ދޫކޮށްލައި) ތިމަންބޭކަލުންނާއެކު ފޮނުވާށެވެ! أَنْ أَرْسِلْ مَعَنَا بَنِي إِسْرَائِيلَ
18 އޭނާ (އެބަހީ: فرعون، موسى ގެފާނަށް) ދެންނެވިއެވެ. ކަލޭގެފާނު އުފަންވީއްސުރެން ފެށިގެން އަހުރެމެންގެ ތެރޭގައި ކަލޭގެފާނު ބަލައިބޮޑުކުރީ އަހުރެމެން ނޫންހެއްޔެވެ؟ އަދި ކަލޭގެފާނުގެ عمر ފުޅުން އެތައް އަހަރެއްވަންދެން އަހުރެމެންގެ ތެރޭގައި ކަލޭގެފާނު ހުންނެވީމުއެވެ. قَالَ أَلَمْ نُرَبِّكَ فِينَا وَلِيدًا وَلَبِثْتَ فِينَا مِنْ عُمُرِكَ سِنِينَ
19 އަދި ކަލޭގެފާނު (ތިމަން ކޮށްދިން ހެޔޮކަންތަކަށް) ދެކޮޅުވެރިވާ حال، ކަލޭގެފާނު އެ ކުރެއްވިކަމެއް ކުރެއްވީމުއެވެ. وَفَعَلْتَ فَعْلَتَكَ الَّتِي فَعَلْتَ وَأَنتَ مِنَ الْكَافِرِينَ
20 އެކަލޭގެފާނު ވިދާޅުވިއެވެ. އެހެންވިއްޔާ ތިމަންކަލޭގެފާނަށް އެކަންތައް އޭރު އެ ކުރެއްވުނީ، މަގު ގެއްލިފައިވާ މީހުންގެ ތެރެއިންވާ حال ގައެވެ. قَالَ فَعَلْتُهَا إِذًا وَأَنَا مِنَ الضَّالِّينَ
21 ފަހެ، ތިޔަބައިމީހުން ދެކެ ތިމަންކަލޭގެފާނު ބިރުފުޅުގަތްހިނދު، ތިޔަބައިމީހުންނަށް ފިއްލަވައިގެން (مدين އަށް) ވަޑައިގަތީމެވެ. ފަހެ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ، ތިމަންކަލޭގެފާނަށް حكمة އާއި، ވިސްނުން ދެއްވިއެވެ. އަދި رسول ންގެ ތެރެއިން ތިމަންކަލޭގެފާނު ލެއްވިއެވެ. فَفَرَرْتُ مِنكُمْ لَمَّا خِفْتُكُمْ فَوَهَبَ لِي رَبِّي حُكْمًا وَجَعَلَنِي مِنَ الْمُرْسَلِينَ
22 އަދި ތިމަންކަލޭގެފާނަށް ކަލޭ ދިން نعمة އެއްކަމުގައި ތިޔަ ކަލަގޮވާ نعمة އަކީ، ކަލޭ إسرآءيل ގެދަރިން އަޅުވެތިކޮށްލިކަމެވެ. (އެބަހީ: އަހުރެން އަޅުވެތިނުކޮށް ދޫކޮށްލިނަމަވެސް، އެއުރެންނަށް ކަލޭ ކުޅަ އަނިޔާއިން، ކަލެޔަށް ދެވިފައި އޮތީ ކޮން نعمة އެއް ހެއްޔެވެ؟) وَتِلْكَ نِعْمَةٌ تَمُنُّهَا عَلَيَّ أَنْ عَبَّدتَّ بَنِي إِسْرَائِيلَ
23 فرعون ދެންނެވިއެވެ. (ކަލޭގެފާނު އެފަރާތަކުން رسول ކަމާއިގެން ވަޑައިގެންނެވި) عالم ތަކުގެ ވެރިރަސްކަލާނގެއަކީ ކޮބައިހެއްޔެވެ؟ قَالَ فِرْعَوْنُ وَمَا رَبُّ الْعَالَمِينَ
24 އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ އެއްޗެއްގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުން އެކަން يقين ކުރާ ކަމުގައިވާނަމައެވެ. قَالَ رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا إن كُنتُم مُّوقِنِينَ
25 އޭނާގެ ވަށައިގެންތިބި (ބޮޑުންގެ) މީހުންނަށް އޭނާ ބުންޏެވެ. ކަލޭމެންނަކަށް ނީވޭހެއްޔެވެ؟ قَالَ لِمَنْ حَوْلَهُ أَلَا تَسْتَمِعُونَ
26 އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ވެރިރަސްކަލާނގެއެވެ. قَالَ رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ
27 އޭނާ ބުންޏެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ ތިޔަބައިމީހުންގެ رسول އަކީ، މޮޔައެއްކަން ކަށަވަރެވެ. قَالَ إِنَّ رَسُولَكُمُ الَّذِي أُرْسِلَ إِلَيْكُمْ لَمَجْنُونٌ
28 އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ مشرق އާއި، مغرب އާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުން އެކަން ވިސްނާކަމުގައި ވާނަމައެވެ. قَالَ رَبُّ الْمَشْرِقِ وَالْمَغْرِبِ وَمَا بَيْنَهُمَا إِن كُنتُمْ تَعْقِلُونَ
29 އޭނާ ދެންނެވިއެވެ. ކަލޭގެފާނު ތިމަންފިޔަވައި އެހެން إله އަކު ހިއްޕަވައިފިނަމަ، ހަމަކަށަވަރުން، ހުރަގޭގައި ހައްޔަރުކުރެވިގެންވާ މީހުންގެ ތެރެއަށް ކަލޭގެފާނު ލާހުށީމެވެ. قَالَ لَئِنِ اتَّخَذْتَ إِلَهًا غَيْرِي لَأَجْعَلَنَّكَ مِنَ الْمَسْجُونِينَ
30 އެކަލޭގެފާނު ވިދާޅުވިއެވެ. (ތިމަންކަލޭގެފާނުގެ رسول ކަމުގެ މައްޗަށް) بيان ވެގެންވާ دليل އެއް ކަލޭގެ ގާތަށް ގެންނެވި ނަމަވެސް ހެއްޔެވެ؟ قَالَ أَوَلَوْ جِئْتُكَ بِشَيْءٍ مُّبِينٍ
31 އޭނާ ދެންނެވިއެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިން ވާނަމަ، ފަހެ، دليل ގެންނަވައިބައްލަވާށެވެ! قَالَ فَأْتِ بِهِ إِن كُنتَ مِنَ الصَّادِقِينَ
32 ދެން އެކަލޭގެފާނުގެ އަސާކޮޅު އެކަލޭގެފާނު އެއްލެވިއެވެ. ފަހެ، އެހިނދު އެ އަސާކޮޅު، ފާޅުވެގެންވާ ހަރުފަޔަކަށް ވެއްޖެއެވެ. فَأَلْقَى عَصَاهُ فَإِذَا هِيَ ثُعْبَانٌ مُّبِينٌ
33 އަދި އެކަލޭގެފާނުގެ އަތްޕުޅު ނެރުއްވިއެވެ. ފަހެ، އެހިނދު، ބަލަންތިބި މީހުންނަށް އެ އަތްޕުޅު ފެންނަންއޮތީ (ވިދަވިދާއޮތް) ހުދު އަތްޕުޅެއް ކަމުގައެވެ. وَنَزَعَ يَدَهُ فَإِذَا هِيَ بَيْضَاء لِلنَّاظِرِينَ
34 އޭނާގެ ވަށައިގެންވާ ބޮޑުންނަށް އޭނާ ބުންޏެވެ. ހަމަކަށަވަރުން، މިއީ މޮޅަށް ދަންނަ ޖާދޫގަރެއްކަން ކަށަވަރެވެ. قَالَ لِلْمَلَإِ حَوْلَهُ إِنَّ هَذَا لَسَاحِرٌ عَلِيمٌ
35 އެކަލޭގެފާނު އެދިވަޑައިގަންނަވަނީ، އެކަލޭގެފާނުގެ ޖާދޫގެ ބާރުގައި ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެރެލާށެވެ. ވީމާ، ތިޔަބައިމީހުން أمر ކުރާގޮތަކީ ކޮބައިހެއްޔެވެ؟ يُرِيدُ أَن يُخْرِجَكُم مِّنْ أَرْضِكُم بِسِحْرِهِ فَمَاذَا تَأْمُرُونَ
36 އެއުރެން ބުނޫއެވެ. އެކަލޭގެފާނާއި، އެކަލޭގެފާނުގެ أخ، އިހަށް ބައިތިއްބާށެވެ! އަދި (މީހުން) އެއްކުރުމަށް ގޮވާބަޔަކު ރަށުތެރެޔަށް ފޮނުވާށެވެ! قَالُوا أَرْجِهِ وَأَخَاهُ وَابْعَثْ فِي الْمَدَائِنِ حَاشِرِينَ
37 އޭރުން އެއުރެން (ގޮސް) މޮޅަށްދަންނަ ހުރިހާ ބޮޑެތި ޖާދޫގަރުން ކަލޭގެ ގާތަށް ގެނެސްދޭނެތެވެ. يَأْتُوكَ بِكُلِّ سَحَّارٍ عَلِيمٍ
38 ފަހެ، އެނގިގެންވާ ދުވަހެއްގެ ކަނޑައެޅިގެންވާ وقت އަކަށް ޖާދޫގަރުން އެއްކޮށްފިއެވެ. فَجُمِعَ السَّحَرَةُ لِمِيقَاتِ يَوْمٍ مَّعْلُومٍ
39 އަދި މީސްތަކުންނަށް ބުންޏެވެ. ތިޔަބައިމީހުން އެއްވާނޫހެއްޔެވެ؟ وَقِيلَ لِلنَّاسِ هَلْ أَنتُم مُّجْتَمِعُونَ
40 އެ ޖާދޫގަރުންނަކީ، ގަދަވިމީހުން ކަމުގައި ވެއްޖެނަމަ، އަހުރެމެން އެއުރެންނަށް تبع ވުމަށްޓަކައެވެ. لَعَلَّنَا نَتَّبِعُ السَّحَرَةَ إِن كَانُوا هُمُ الْغَالِبِينَ
41 ފަހެ، އެ ޖާދޫގަރުން އައިހިނދު، އެއުރެން فرعون އަށް ބުނޫއެވެ. ތިމަންމެން މޮޅުވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންނަށް އުޖޫރައެއް އޮންނާނެ ހެއްޔެވެ؟ فَلَمَّا جَاء السَّحَرَةُ قَالُوا لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ الْغَالِبِينَ
42 އޭނާ ބުންޏެވެ. އާނއެކެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން އޭރުން ވާހުށީ، ގާތްކުރެވިގެންވާ މީހުންގެ ތެރެއިންނެވެ. قَالَ نَعَمْ وَإِنَّكُمْ إِذًا لَّمِنَ الْمُقَرَّبِينَ
43 موسى ގެފާނު އެއުރެންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން (ޖާދޫގެގޮތުން) އުކަންހުރި ތަކެތި އުކާށެވެ! قَالَ لَهُم مُّوسَى أَلْقُوا مَا أَنتُم مُّلْقُونَ
44 ފަހެ، އެއުރެންގެ ވާބުރިތަކާއި، އަސާތައް އެއުރެން އުކޫއެވެ. އަދި އެއުރެން ބުނޫއެވެ. فرعون ގެ عزّة ގަންދީ ބުނަމެވެ. ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ތިމަންމެންކަން ކަށަވަރެވެ. فَأَلْقَوْا حِبَالَهُمْ وَعِصِيَّهُمْ وَقَالُوا بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ الْغَالِبُونَ
45 ދެން موسى ގެފާނު އެކަލޭގެފާނުގެ އަސާކޮޅު އެއްލެވިއެވެ. ފަހެ، އެހާރުން އެ އަސާކޮޅު އެއުރެން ދޮގުން ހަދައިގެން ދެއްކި ތަކެތި ކައި ދިރުވައިފިއެވެ. فَأَلْقَى مُوسَى عَصَاهُ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ
46 ފަހެ، އެ ޖާދޫގަރުން سجدة އަށް ތިރިވެއްޖައޫއެވެ. فَأُلْقِيَ السَّحَرَةُ سَاجِدِينَ
47 އެއުރެން ބުނޫއެވެ. عالم ތަކުގެ ވެރިރަސްކަލާނގެއަށް ތިމަންމެން إيمان ވެއްޖައީމުއެވެ. قَالُوا آمَنَّا بِرَبِّ الْعَالَمِينَ
48 (އެއީ) موسى ގެފާނާއި، هارون ގެފާނުގެ ވެރިރަސްކަލާނގެއެވެ. رَبِّ مُوسَى وَهَارُونَ
49 އޭނާ ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން إذن ދިނުމުގެ ކުރީގައި، ތިޔަބައިމީހުން އެކަލޭގެފާނަށް إيمان ވެއްޖައީމުއެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ ތިޔަބައިމީހުންނަށް ޖާދޫދަސްކޮށްދިން ތިޔަބައިމީހުންގެ ބޮޑުމީހާއެވެ. ފަހެ، ތިޔަބައިމީހުންނަށް ނިކަންހުރެ އެނގޭހުށްޓެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަތްތަކާއި، ފައިތައް ތަފާތުވާގޮތަށް (އެބަހީ: ކަނާތާއި ވާތުފައި، ނުވަތަ ވާތާއި ކަނާތުފައި) ތިމަން ބުރިކުރާހުށީމެވެ. އަދި ހަމަކަށަވަރުން، ތިޔަ ހުރިހާ އެންމެން صليب އަށް އަރުވާހުށީމެވެ. قَالَ آمَنتُمْ لَهُ قَبْلَ أَنْ آذَنَ لَكُمْ إِنَّهُ لَكَبِيرُكُمُ الَّذِي عَلَّمَكُمُ السِّحْرَ فَلَسَوْفَ تَعْلَمُونَ لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَافٍ وَلَأُصَلِّبَنَّكُمْ أَجْمَعِينَ
50 އެއުރެން ބުނޫއެވެ. (އެކަމުގައި) ގެއްލުމެއްނެތެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރި ދާހުށީ، ތިމަންމެންގެ ވެރިރަސްކަލާނގެ حضرة އަށެވެ. قَالُوا لَا ضَيْرَ إِنَّا إِلَى رَبِّنَا مُنقَلِبُونَ
51 ތިމަންމެން އެންމެފުރަތަމަ إيمان ވީބަޔެއްކަމުގައިވުމުގެ ސަބަބުން، ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެ ތިމަންމެންގެ ކުށްފާފަތައް ފުއްސެވުމަށް ތިމަންމެން ދަހިވެތިވަމުއެވެ. إِنَّا نَطْمَعُ أَن يَغْفِرَ لَنَا رَبُّنَا خَطَايَانَا أَن كُنَّا أَوَّلَ الْمُؤْمِنِينَ
52 ތިމަންރަސްކަލާނގެ موسى ގެފާނަށް وحى ކުރެއްވީމެވެ. ކަލޭގެފާނު ތިމަންރަސްކަލާނގެ އަޅުންނާއިގެން، ރޭގަނޑު ހިންގަވައިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ފަހަތުން ބަޔަކު ދާނެތެވެ. (އެބަހީ: ތިޔަބައިމީހުންގެ ފަހަތުން، فرعون އާއި އޭނާގެ لشكر ދާނެތެވެ.) وَأَوْحَيْنَا إِلَى مُوسَى أَنْ أَسْرِ بِعِبَادِي إِنَّكُم مُّتَّبَعُونَ
53 ފަހެ، فرعون، މީހުން އެއްކުރުމަށް ގޮވާބަޔަކު ރަށުތެރެޔަށް ފޮނުވިއެވެ. فَأَرْسَلَ فِرْعَوْنُ فِي الْمَدَائِنِ حَاشِرِينَ
54 ހަމަކަށަވަރުން، މިބައިމީހުންނީ، (އެބަހީ: إسرآءيل ގެދަރިންނަކީ) ނިކަމެތި މަދުމީސްކޮޅެއްކަން ކަށަވަރެވެ. إِنَّ هَؤُلَاء لَشِرْذِمَةٌ قَلِيلُونَ
55 އަދި ހަމަކަށަވަރުން، އެއުރެންނީ ތިމަންމެން ރުޅިއަރުވާ ބަޔަކުކަން ކަށަވަރެވެ. وَإِنَّهُمْ لَنَا لَغَائِظُونَ
56 އަދި ހަމަކަށަވަރުން، ތިމަންމެންނީ (ކަންކަމަށް) ރައްކާތެރިވެ، ތައްޔާރަށްތިބޭ ބަޔަކީމުއެވެ. وَإِنَّا لَجَمِيعٌ حَاذِرُونَ
57 ފަހެ، ތިމަންރަސްކަލާނގެ، ފެންއާރުތަކާއި، ބަގީޗާތަކުންނާއި، (ރަނާއި ރިހީގެ) خزانة ތަކުންނާއި، މަތިވެރި މާތް مقام ތަކުން އެއުރެން (އެބަހީ: فرعون އާއި، އޭނާގެ قوم ގެމީހުން) ބޭރުކުރެއްވީމެވެ. فَأَخْرَجْنَاهُم مِّن جَنَّاتٍ وَعُيُونٍ
58 ފަހެ، ތިމަންރަސްކަލާނގެ، ފެންއާރުތަކާއި، ބަގީޗާތަކުންނާއި، (ރަނާއި ރިހީގެ) خزانة ތަކުންނާއި، މަތިވެރި މާތް مقام ތަކުން އެއުރެން (އެބަހީ: فرعون އާއި، އޭނާގެ قوم ގެމީހުން) ބޭރުކުރެއްވީމެވެ. وَكُنُوزٍ وَمَقَامٍ كَرِيمٍ
59 އެކަންކުރީ އެފަދައިންނެވެ. އަދި إسرآءيل ގެދަރިންނަށް ތިމަންރަސްކަލާނގެ އެތަކެތި ވާރުތަކުރެއްވީމެވެ. كَذَلِكَ وَأَوْرَثْنَاهَا بَنِي إِسْرَائِيلَ
60 ފަހެ، އެއުރެން (އެބަހީ: فرعون އާއި އޭނާގެ قوم ގެމީހުން) އަނެއްބައި މީހުންގެ ފަހަތުންގޮސް އަރައިހަމަކުރީ، އިރުއެރި ވަގުތުގައެވެ. فَأَتْبَعُوهُم مُّشْرِقِينَ
61 ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކަށް ފެނުނުހިނދު، موسى ގެފާނުގެ أصحاب ން ދެންނެވޫއެވެ. ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ. فَلَمَّا تَرَاءى الْجَمْعَانِ قَالَ أَصْحَابُ مُوسَى إِنَّا لَمُدْرَكُونَ
62 އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއާއެކު (نصر ދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ. قَالَ كَلَّا إِنَّ مَعِيَ رَبِّي سَيَهْدِينِ
63 ފަހެ، ތިމަންރަސްކަލާނގެ موسى ގެފާނަށް وحى ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ! ދެން (موسى ގެފާނު ޖެއްސެވުމުން، ބާރަ ބަޔަށް) އެ ކަނޑު އިރައިގެން ހިނގައްޖެއެވެ. އެއިން ކޮންމެ ބައެއް، ބޮޑު ފަރުބަދައެއް ފަދައިންވިއެވެ. فَأَوْحَيْنَا إِلَى مُوسَى أَنِ اضْرِب بِّعَصَاكَ الْبَحْرَ فَانفَلَقَ فَكَانَ كُلُّ فِرْقٍ كَالطَّوْدِ الْعَظِيمِ
64 ތިމަންރަސްކަލާނގެ އަނެއްބައިމީހުން (އެބަހީ: فرعون އާއި އޭނާގެ قوم ގެމީހުން) އެތަނަށް ކައިރި ކުރެއްވީމެވެ. وَأَزْلَفْنَا ثَمَّ الْآخَرِينَ
65 އަދި ތިމަންރަސްކަލާނގެ موسى ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ އެންމެން (غرق ން) ސަލާމަތް ކުރެއްވީމެވެ. وَأَنجَيْنَا مُوسَى وَمَن مَّعَهُ أَجْمَعِينَ
66 ދެން ތިމަންރަސްކަލާނގެ އެހެންމީހުން (އެބަހީ: كافر ން) غرق ކުރެއްވީމެވެ. ثُمَّ أَغْرَقْنَا الْآخَرِينَ
67 ހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، إيمان ވާ ބަޔަކު ކަމުގައި ނުވެތެވެ. إِنَّ فِي ذَلِكَ لَآيَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
68 އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ
69 (އޭ محمد ގެފާނެވެ!) ކަލޭގެފާނު، އެއުރެންނަށް إبراهيم ގެފާނުގެ خبر ކިޔައިދެއްވާށެވެ! وَاتْلُ عَلَيْهِمْ نَبَأَ إِبْرَاهِيمَ
70 (އެއީ) އެކަލޭގެފާނު، އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ قوم ގެމީހުންނަށް، ތިޔަބައިމީހުން ތިޔަ އަޅުކަންކުރަނީ ކޮންއެއްޗަކަށްހޭ، ވިދާޅުވި ހިނދެވެ. إِذْ قَالَ لِأَبِيهِ وَقَوْمِهِ مَا تَعْبُدُونَ
71 އެއުރެން ދެންނެވޫއެވެ. ތިމަންމެން އަޅުކަންކުރަނީ، ބުދުތަކަކަށެވެ. ފަހެ، އެތަކެއްޗަށް އަޅުކަންކުރުންމަތީ ތިމަންމެން ދެމިތިބޭނޫއެވެ. قَالُوا نَعْبُدُ أَصْنَامًا فَنَظَلُّ لَهَا عَاكِفِينَ
72 އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެތަކެއްޗަށް دعاء ކޮށް ގޮވާހިނދު، އެތަކެއްޗަށް ތިޔަބައިމީހުންގެ އަޑު އިވޭހެއްޔެވެ؟ قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ
73 ނުވަތަ އެތަކެތި ތިޔަބައިމީހުންނަށް މަންފާއެއް ކޮށްދޭހެއްޔެވެ؟ ނުވަތަ ގެއްލުމެއް ދޭހެއްޔެވެ؟ أَوْ يَنفَعُونَكُمْ أَوْ يَضُرُّونَ
74 އެއުރެން ދެންނެވޫއެވެ. އަދި ކީއްހެއްޔެވެ؟ ތިމަންމެންގެ ކާބަފައިން އެފަދައިން ކަންތައްކުރާތީ ތިމަންމެން ދުށީމުއެވެ. قَالُوا بَلْ وَجَدْنَا آبَاءنَا كَذَلِكَ يَفْعَلُونَ
75 އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިން އަޅުކަންކުރި ތަކެއްޗާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟ قَالَ أَفَرَأَيْتُم مَّا كُنتُمْ تَعْبُدُونَ
76 އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިން އަޅުކަންކުރި ތަކެއްޗާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟ أَنتُمْ وَآبَاؤُكُمُ الْأَقْدَمُونَ
77 ފަހެ، ހަމަކަށަވަރުން، އެތަކެއްޗަކީ، ތިމަންކަލޭގެފާނުގެ عدوّ ންނެވެ. (އެތަކެއްޗަށް އަޅުކަމެއް ނުކުރައްވާނަމެވެ.) އެހެނެއްކަމަކު، ތިމަންކަލޭގެފާނު އަޅުކަންކުރައްވާނީ، عالم ތަކުގެ ވެރިރަސްކަލާނގެއަށެވެ. فَإِنَّهُمْ عَدُوٌّ لِّي إِلَّا رَبَّ الْعَالَمِينَ
78 އެކަލާނގެއީ، ތިމަން ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެ ތިމަންނާއަށް ތެދުމަގު ދައްކަވަތެވެ. الَّذِي خَلَقَنِي فَهُوَ يَهْدِينِ
79 އަދި އެކަލާނގެއީ، ތިމަންނާއަށް ކާންދެއްވާ، އަދި ބޯންދެއްވާ ރަސްކަލާނގެއެވެ. وَالَّذِي هُوَ يُطْعِمُنِي وَيَسْقِينِ
80 އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމަ އެކަލާނގެއެވެ. وَإِذَا مَرِضْتُ فَهُوَ يَشْفِينِ
81 އަދި އެކަލާނގެއީ، ތިމަން މަރުގަންނަވައި، ދެން ތިމަން ދިރުއްވާނޭ ރަސްކަލާނގެއެވެ. وَالَّذِي يُمِيتُنِي ثُمَّ يُحْيِينِ
82 އަދި قيامة ދުވަހުން މިއަޅާގެ ފާފަފުއްސެވުމަށް މިއަޅާ އެދެނީ، އެކަލާނގެ حضرة ންނެވެ. وَالَّذِي أَطْمَعُ أَن يَغْفِرَ لِي خَطِيئَتِي يَوْمَ الدِّينِ
83 އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް علم އާއި، ވިސްނުން ދެއްވާނދޭވެ! އަދި صالح ންގެތެރެއިން މިއަޅާ ލައްވާނދޭވެ! رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ
84 ފަހުން އަންނަމީހުންގެ ދޫމަތީގައި، މިއަޅާގެ ތާރީފާއި ثناء ލައްވާނދޭވެ! وَاجْعَل لِّي لِسَانَ صِدْقٍ فِي الْآخِرِينَ
85 އަދި نعمة ގެ ސުވަރުގެ ވާރުތަވާ މީހުންގެ ތެރެއިން، މިއަޅާ ލައްވާނދޭވެ! وَاجْعَلْنِي مِن وَرَثَةِ جَنَّةِ النَّعِيمِ
86 އަދި މިއަޅާގެ ބައްޕާއަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އޭނާވަނީ މަގުފުރެދުނު މީހުންގެ ތެރެއިންނެވެ. وَاغْفِرْ لِأَبِي إِنَّهُ كَانَ مِنَ الضَّالِّينَ
87 އަދި އެއުރެން (އެބަހީ: މީސްތަކުން) محشر އަށް ފޮނުއްވާދުވަހު، މިއަޅާ ނިކަމެތި ނުކުރައްވާނދޭވެ! وَلَا تُخْزِنِي يَوْمَ يُبْعَثُونَ
88 އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ. يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ
89 ސަލާމަތްވެގެންވާ ހިތަކާއިގެން اللَّه ގެ حضرة އަށް އައިމީހަކަށް މެނުވީއެވެ. إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ
90 އަދި تقوى ވެރިންނަށް ސުވަރުގެ ކައިރިކުރައްވާނެތެވެ. وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ
91 އަދި كافر ންނަށް ނަރަކަ ފާޅުކުރައްވާނެތެވެ. وَبُرِّزَتِ الْجَحِيمُ لِلْغَاوِينَ
92 އަދި އެއުރެންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން، اللَّه ފިޔަވައި އަޅުކަން ކޮށްއުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެތަކެތި ތިޔަބައިމީހުންނަށް نصر ދޭހެއްޔެވެ؟ ނުވަތަ އެތަކެއްޗަށް نصر ލިބޭހެއްޔެވެ؟ وَقِيلَ لَهُمْ أَيْنَ مَا كُنتُمْ تَعْبُدُونَ
93 އަދި އެއުރެންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން، اللَّه ފިޔަވައި އަޅުކަން ކޮށްއުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެތަކެތި ތިޔަބައިމީހުންނަށް نصر ދޭހެއްޔެވެ؟ ނުވަތަ އެތަކެއްޗަށް نصر ލިބޭހެއްޔެވެ؟ مِن دُونِ اللَّهِ هَلْ يَنصُرُونَكُمْ أَوْ يَنتَصِرُونَ
94 ފަހެ، އެ ބުދުތަކާއި، كافر ވީ މީހުންނާއި، إبليس ގެ لشكر އާއި، އެންމެން އެ ނަރަކައިގެ ތެރެއަށް ބޯކޮޅުވަތަށް އުއްކަވާނެތެވެ. فَكُبْكِبُوا فِيهَا هُمْ وَالْغَاوُونَ
95 ފަހެ، އެ ބުދުތަކާއި، كافر ވީ މީހުންނާއި، إبليس ގެ لشكر އާއި، އެންމެން އެ ނަރަކައިގެ ތެރެއަށް ބޯކޮޅުވަތަށް އުއްކަވާނެތެވެ. وَجُنُودُ إِبْلِيسَ أَجْمَعُونَ
96 އެއުރެން އެ ނަރަކައިގައި އަރާރުންވާ حال ބުނާނެތެވެ. قَالُوا وَهُمْ فِيهَا يَخْتَصِمُونَ
97 اللَّه ގަންދީބުނަމުއެވެ. ހަމަކަށަވަރުން، ތިމަންމެންވަނީ، بيان ވެގެންވާ ފުރެދުމެއްގައެވެ. تَاللَّهِ إِن كُنَّا لَفِي ضَلَالٍ مُّبِينٍ
98 (އަޅުކަން ކުރުމުގައި) عالم ތަކުގެ ވެރިރަސްކަލާނގެއާ ތިޔަބައިމީހުންނާ ހަމަހަމަކޮށްގެން ތިމަންމެން އުޅުނު ހިނދުގައެވެ. إِذْ نُسَوِّيكُم بِرَبِّ الْعَالَمِينَ
99 އަދި ތިމަންމެން މަގުފުރެއްދީ، ކުށްވެރިން ފިޔަވައި އެހެން ބައެއްނޫނެވެ. وَمَا أَضَلَّنَا إِلَّا الْمُجْرِمُونَ
100 ފަހެ، ތިމަންމެންނަށް އެއްވެސް شفاعة ތެރިޔަކު ނުވެއެވެ. فَمَا لَنَا مِن شَافِعِينَ
101 އަދި ގާތް رحمة ތެރިޔަކުވެސް ނުވެއެވެ. وَلَا صَدِيقٍ حَمِيمٍ
102 ތިމަންމެންނަށް އަދި އެއްފަހަރު (ދުނިޔެއަށް) رجوع ވުމެއް ލިބޭނެ ނަމައެވެ. ފަހެ، އޭރުން ތިމަންމެން مؤمن ންގެ ތެރެއިން ވާހުށީމުއެވެ. فَلَوْ أَنَّ لَنَا كَرَّةً فَنَكُونَ مِنَ الْمُؤْمِنِينَ
103 ހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، إيمان ވާ ބަޔަކު ކަމުގައި ނުވެތެވެ. إِنَّ فِي ذَلِكَ لَآيَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
104 އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ
105 نوح ގެފާނުގެ قوم ގެމީހުން رسول ން ދޮގުކުރޫއެވެ. كَذَّبَتْ قَوْمُ نُوحٍ الْمُرْسَلِينَ
106 (އެއީ) އެއުރެންނަށް އެއުރެންގެ أخ، نوح ގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީ ހެއްޔެވެ؟ إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلَا تَتَّقُونَ
107 ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانة ތެރި رسول އަކީމެވެ. إِنِّي لَكُمْ رَسُولٌ أَمِينٌ
108 ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! فَاتَّقُوا اللَّهَ وَأَطِيعُونِ
109 އަދި އަހުރެން އެ رسول ކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން މެނުވީ، އަހުރެންނަށް ثواب ދެއްވުމެއްނުވެއެވެ. وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِيَ إِلَّا عَلَى رَبِّ الْعَالَمِينَ
110 ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! فَاتَّقُوا اللَّهَ وَأَطِيعُونِ
111 އެއުރެން ދެންނެވޫއެވެ. ކަލޭގެފާނަށް تبع ވެގެންތިބީ، ދެރަ ނިކަމެތިން ކަމުގައިވާއިރު، ތިމަންމެން ކަލޭގެފާނަށް إيمان ވާނެތޯއެވެ؟ قَالُوا أَنُؤْمِنُ لَكَ وَاتَّبَعَكَ الْأَرْذَلُونَ
112 އެކަލޭގެފާނު ވިދާޅުވިއެވެ. އެއުރެން ކޮށްއުޅުނު عمل އާމެދު ތިމަންކަލޭގެފާނަށް އެނގިގެންވަނީ ކޮންއެއްޗެއް ހެއްޔެވެ؟ قَالَ وَمَا عِلْمِي بِمَا كَانُوا يَعْمَلُونَ
113 ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް މެނުވީ، އެއުރެންގެ حساب ބެއްލެވުމެއް ނުވެއެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭނަމައެވެ. إِنْ حِسَابُهُمْ إِلَّا عَلَى رَبِّي لَوْ تَشْعُرُونَ
114 އަދި إيمان ވެގެންތިބި މީހުން ފަހައި ދުރަށްލާމީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. وَمَا أَنَا بِطَارِدِ الْمُؤْمِنِينَ
115 بيان ވެގެންހުރި إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ތިމަންކަލޭގެފާނު ނުވަމެވެ. إِنْ أَنَا إِلَّا نَذِيرٌ مُّبِينٌ
116 އެއުރެން ދެންނެވޫއެވެ. އޭ نوح ގެފާނެވެ! ކަލޭގެފާނު (ތިޔަކަންތައް) ހުށްޓައިނުލެއްވިނަމަ، ހަމަކަށަވަރުން، ގަލުންތަޅައި މަރައިލެވޭ މީހުންގެ ތެރޭގައި، ކަލޭގެފާނު ވާހުށްޓެވެ. قَالُوا لَئِن لَّمْ تَنتَهِ يَا نُوحُ لَتَكُونَنَّ مِنَ الْمَرْجُومِينَ
117 އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، މިއަޅާގެ قوم ގެމީހުން މިއަޅާ ދޮގުކޮށްފޫއެވެ. قَالَ رَبِّ إِنَّ قَوْمِي كَذَّبُونِ
118 ފަހެ، މިއަޅާއާއި، އެއުރެންނާ ދެމެދުގައި إنصاف ކުރައްވައި، މިއަޅާއާއި، މިއަޅާއާ އެކުގައިވާ مؤمن ތަކުން ސަލާމަތް ކުރައްވާނދޭވެ! فَافْتَحْ بَيْنِي وَبَيْنَهُمْ فَتْحًا وَنَجِّنِي وَمَن مَّعِي مِنَ الْمُؤْمِنِينَ
119 ފަހެ، ބަރާވެވިފައިވާ ނާކޮޅުގައި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުން ސަލާމަތް ކުރެއްވީމެވެ. فَأَنجَيْنَاهُ وَمَن مَّعَهُ فِي الْفُلْكِ الْمَشْحُونِ
120 ދެން ތިމަންރަސްކަލާނގެ އެއަށްފަހު ތިބި އެންމެން غرق ކުރެއްވީމެވެ. ثُمَّ أَغْرَقْنَا بَعْدُ الْبَاقِينَ
121 ހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއް ވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمان ވާ ބަޔަކު ކަމުގައި ނުވެއެވެ. إِنَّ فِي ذَلِكَ لَآيَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
122 އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ
123 عاد ބާގައިމީހުން رسول ން ދޮގުކުރޫއެވެ. كَذَّبَتْ عَادٌ الْمُرْسَلِينَ
124 (އެއީ) އެއުރެންގެ أخ، هود ގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީހެއްޔެވެ؟ إِذْ قَالَ لَهُمْ أَخُوهُمْ هُودٌ أَلَا تَتَّقُونَ
125 ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانة ތެރި رسول އަކީމެވެ. إِنِّي لَكُمْ رَسُولٌ أَمِينٌ
126 ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! فَاتَّقُوا اللَّهَ وَأَطِيعُونِ
127 އަދި އަހުރެން އެ رسول ކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން މެނުވީ އަހުރެންނަށް ثواب ދެއްވުމެއް ނުވެތެވެ. وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِيَ إِلَّا عَلَى رَبِّ الْعَالَمِينَ
128 ތިޔަބައިމީހުން ބޭކާރު ކުޅުންތައް ކުޅުމަށް ކޮންމެ އުސްތަނެއްގައި ބިނާއެއް ހަދަނީހެއްޔެވެ؟ أَتَبْنُونَ بِكُلِّ رِيعٍ آيَةً تَعْبَثُونَ
129 އަދި ތިޔަބައިމީހުން (އެތަންތާނގައި މަރުނުވެ) އަބަދަށް ދެމިތިބޭނޭކަމަށް ގަނޑުވަރުތައް ހަދަނީ ހެއްޔެވެ؟ وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ
130 އަދި ތިޔަބައިމީހުން ގަދަފަދަކަން ދައްކާހިނދު (އެއްވެސް رحم އެއްނެތި) جبّار ންގެ ގޮތުގައި ގަދަފަދަކަން ދައްކަމުއެވެ. وَإِذَا بَطَشْتُم بَطَشْتُمْ جَبَّارِينَ
131 ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! فَاتَّقُوا اللَّهَ وَأَطِيعُونِ
132 ތިޔަބައިމީހުން ދަންނަ نعمة ތަކުން ތިޔަބައިމީހުންނަށް مدد ދެއްވި ރަސްކަލާނގެއަށް تقوى ވެރިވާށެވެ! وَاتَّقُوا الَّذِي أَمَدَّكُم بِمَا تَعْلَمُونَ
133 نعم ސޫތްޕާއި، ދަރިންނާއި، ބަގީޗާތަކާއި، ފެންއާރުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް نعمة ދެއްވިއެވެ. أَمَدَّكُم بِأَنْعَامٍ وَبَنِينَ
134 نعم ސޫތްޕާއި، ދަރިންނާއި، ބަގީޗާތަކާއި، ފެންއާރުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް نعمة ދެއްވިއެވެ. وَجَنَّاتٍ وَعُيُونٍ
135 ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذاب އަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ. إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ
136 އެއުރެން ދެންނެވޫއެވެ. ކަލޭގެފާނު نصيحة ދެއްވިޔަސް، ނުވަތަ نصيحة ދޭ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަތަސް، ތިމަންމެންނަށް ހަމަހަމަވެގެންވެއެވެ. قَالُوا سَوَاء عَلَيْنَا أَوَعَظْتَ أَمْ لَمْ تَكُن مِّنَ الْوَاعِظِينَ
137 މިއީ އިސްވެދިޔަމީހުންގެ އާދަކަމުގައި ނޫނީ ނުވެތެވެ. إِنْ هَذَا إِلَّا خُلُقُ الْأَوَّلِينَ
138 އަދި عذاب ލިބޭނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ. وَمَا نَحْنُ بِمُعَذَّبِينَ
139 ފަހެ، އެއުރެން އެކަލޭގެފާނު (އެބަހީ: هود ގެފާނު) ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެއުރެން ހަލާކު ކުރެއްވީމެވެ. ހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، إيمان ވާ ބަޔަކު ކަމުގައި ނުވެތެވެ. فَكَذَّبُوهُ فَأَهْلَكْنَاهُمْ إِنَّ فِي ذَلِكَ لَآيَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
140 އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ
141 ثمود ބާގައިމީހުން، رسول ން ދޮގުކުރޫއެވެ. كَذَّبَتْ ثَمُودُ الْمُرْسَلِينَ
142 (އެއީ) އެއުރެންގެ أخ، صالح ގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީހެއްޔެވެ؟ إِذْ قَالَ لَهُمْ أَخُوهُمْ صَالِحٌ أَلَا تَتَّقُونَ
143 ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانة ތެރި رسول އަކީމެވެ. إِنِّي لَكُمْ رَسُولٌ أَمِينٌ
144 ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! فَاتَّقُوا اللَّهَ وَأَطِيعُونِ
145 އަދި އަހުރެން އެ رسول ކަން އިއްވުމަކަށް، ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން މެނުވީ އަހުރެންނަށް ثواب ދެއްވުމެއް ނުވެތެވެ. وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِيَ إِلَّا عَلَى رَبِّ الْعَالَمِينَ
146 މި ދުނިޔެމަތީގައިވާ نعمة ތަކުގައި، أمان ކަން ލިބިގެން ތިޔަބައިމީހުން އުޅުމަށް ދޫކޮށްލައްވާނެ ހެއްޔެވެ؟ أَتُتْرَكُونَ فِي مَا هَاهُنَا آمِنِينَ
147 ބަގީޗާތަކާއި، ފެންއާރުތަކުގެ ތެރޭގައެވެ. فِي جَنَّاتٍ وَعُيُونٍ
148 އަދި ދަނޑުތަކާއި، އޭގެ އެތްތައް ފޮޅި، މޭވާ ފައްކާވެގެންވާ ކަދުރުރުއްތަކުގެ މެދުގައެވެ. وَزُرُوعٍ وَنَخْلٍ طَلْعُهَا هَضِيمٌ
149 އަދި ތިޔަބައިމީހުން ބޮޑާވެ، ފަރުބަދަ ފަރުބަދައިގައި ކަނޑައި ނަގައިގެން ގޭގެ ހަދަމުއެވެ. وَتَنْحِتُونَ مِنَ الْجِبَالِ بُيُوتًا فَارِهِينَ
150 ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! فَاتَّقُوا اللَّهَ وَأَطِيعُونِ
151 އަދި ހައްދުފަހަނަޅައިދާ މީހުންގެ أمر އަށް ތިޔަބައިމީހުން ކިޔަމަންތެރި ނުވާށެވެ! وَلَا تُطِيعُوا أَمْرَ الْمُسْرِفِينَ
152 އެއުރެންނީ ބިމުގައި ފަސާދަ އުފައްދާ، އަދި إصلاح އެއް ނުކުރާ މީހުންނެވެ. الَّذِينَ يُفْسِدُونَ فِي الْأَرْضِ وَلَا يُصْلِحُونَ
153 އެއުރެން ދެންނެވޫއެވެ. ކަލޭގެފާނުވަނީ ޖާދޫޖެހި (ބުއްދި ގޯސްވެ) ފައިވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ. قَالُوا إِنَّمَا أَنتَ مِنَ الْمُسَحَّرِينَ
154 ތިމަންމެންކަހަލަ آدم ގެދަރިޔެއް ކަމުގައި މެނުވީ ކަލޭގެފާނު ނުވެތެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ފަހެ، معجزة އެއް ގެންނަވައި ބައްލަވާށެވެ! مَا أَنتَ إِلَّا بَشَرٌ مِّثْلُنَا فَأْتِ بِآيَةٍ إِن كُنتَ مِنَ الصَّادِقِينَ
155 އެކަލޭގެފާނު ވިދާޅުވިއެވެ. މިއޮތީ جمل އެކެވެ. އެ އެއްޗަށް ބޯފެނުގެ حصّة އެއް ވެއެވެ. އަދި ތިޔަބައިމީހުންނަށްވެސް ކަނޑައެޅި އެނގިގެންވާ ދުވަހެއްގެ ބޯފެނުގެ حصّة އެއް ވެއެވެ. قَالَ هَذِهِ نَاقَةٌ لَّهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍ مَّعْلُومٍ
156 އަދި ތިޔަބައިމީހުން އެ އެއެއްޗަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! ފަހެ، (އެހެން ހަދައިފިނަމަ) ބޮޑުވެގެންވާ ދުވަހެއްގެ عذاب އައިސް ތިޔަބައިމީހުންނަށް ޖެހިދާނެތެވެ. وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابُ يَوْمٍ عَظِيمٍ
157 ފަހެ، އެއުރެން އޭތި މަރައިލިއެވެ. ދެން ހިތާމަކުރާ ބަޔަކު ކަމުގައި އެއުރެންވޫއެވެ. فَعَقَرُوهَا فَأَصْبَحُوا نَادِمِينَ
158 ފަހެ، އެއުރެންނަށް عذاب އައިސް ޖެހުނެވެ. ހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمان ވާ ބަޔަކު ކަމުގައި ނުވެތެވެ. فَأَخَذَهُمُ الْعَذَابُ إِنَّ فِي ذَلِكَ لَآيَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
159 އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ
160 لوط ގެފާނުގެ قوم ގެމީހުން رسول ން ދޮގުކުރޫއެވެ. كَذَّبَتْ قَوْمُ لُوطٍ الْمُرْسَلِينَ
161 (އެއީ) އެއުރެންގެ أخ، لوط ގެފާނު އެއުރެންނަށް ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީ ހެއްޔެވެ؟ إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلَا تَتَّقُونَ
162 ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانة ތެރި رسول އަކީމެވެ. إِنِّي لَكُمْ رَسُولٌ أَمِينٌ
163 ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! فَاتَّقُوا اللَّهَ وَأَطِيعُونِ
164 އަދި އަހުރެން އެ رسول ކަން، އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން މެނުވީ އަހުރެންނަށް ثواب ދެއްވުމެއް ނުވެތެވެ. وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِيَ إِلَّا عَلَى رَبِّ الْعَالَمِينَ
165 خلق ތަކުންގެ ތެރެއިން ފިރިހެނުންނާ ތިޔަބައިމީހުން ގާތްވަނީ ހެއްޔެވެ؟ أَتَأْتُونَ الذُّكْرَانَ مِنَ الْعَالَمِينَ
166 ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ހައްދަވައި (حلال ކުރައްވައި) ފައިވާ އަނބިން ދޫކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ނުބައިކަންތަކުގައި) ހައްދުފަހަނަޅައިދާ ބަޔަކީމުއެވެ. وَتَذَرُونَ مَا خَلَقَ لَكُمْ رَبُّكُمْ مِنْ أَزْوَاجِكُم بَلْ أَنتُمْ قَوْمٌ عَادُونَ
167 އެއުރެން ދެންނެވޫއެވެ. އޭ لوط ގެފާނެވެ! ކަލޭގެފާނު (ތިމަންމެންނާ ދެކޮޅު ހެއްދެވުން) ހުއްޓަވައިނުލެއްވިނަމަ (ރަށުން) ނެރެލެވޭ މީހުންގެ ތެރެއިން ކަލޭގެފާނު ވާހުށިކަން ކަށަވަރެވެ. قَالُوا لَئِن لَّمْ تَنتَهِ يَا لُوطُ لَتَكُونَنَّ مِنَ الْمُخْرَجِينَ
168 އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ ތިޔަބައިމީހުންގެ عمل އަށް (އެބަހީ: لواط ގެ عمل އަށް) ރުޅިއަރާ މީހުންގެ ތެރެއިންނެވެ. قَالَ إِنِّي لِعَمَلِكُم مِّنَ الْقَالِينَ
169 އަޅުގެ ވެރިރަސްކަލާކޮ! އެއުރެންކުރާ عمل ން މިއަޅާއާއި މިއަޅާގެ أهل ވެރިން ސަލާމަތް ކުރައްވާނދޭވެ! رَبِّ نَجِّنِي وَأَهْلِي مِمَّا يَعْمَلُونَ
170 ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރި އެންމެން ސަލާމަތް ކުރެއްވީމެވެ. فَنَجَّيْنَاهُ وَأَهْلَهُ أَجْمَعِينَ
171 عذاب ލިބުނު މީހުންގެ ތެރޭގައިވި މުސްކުޅި އަންހެނަކު މެނުވީއެވެ. إِلَّا عَجُوزًا فِي الْغَابِرِينَ
172 ދެން ތިމަންރަސްކަލާނގެ (އެ قوم ގެ) މީހުން ހަލާކުކުރެއްވީމެވެ. ثُمَّ دَمَّرْنَا الْآخَرِينَ
173 އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރޭއެއް ވެއްސެވީމެވެ. ފަހެ، إنذار ކުރައްވާފައިވާ މީހުންގެ (މައްޗަށް ވެހުނު) ވާރޭގެ ނުބައިކަމާއެވެ! وَأَمْطَرْنَا عَلَيْهِم مَّطَرًا فَسَاء مَطَرُ الْمُنذَرِينَ
174 ހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، إيمان ވާ ބަޔަކު ކަމުގައި ނުވެތެވެ. إِنَّ فِي ذَلِكَ لَآيَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
175 އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ
176 الأيكة ގެ أهل ވެރިން رسول ން ދޮގުކުރޫއެވެ. كَذَّبَ أَصْحَابُ الْأَيْكَةِ الْمُرْسَلِينَ
177 (އެއީ) އެއުރެންނަށް شعيب ގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީހެއްޔެވެ؟ إِذْ قَالَ لَهُمْ شُعَيْبٌ أَلَا تَتَّقُونَ
178 ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانة ތެރި رسول އަކީމެވެ. إِنِّي لَكُمْ رَسُولٌ أَمِينٌ
179 ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! فَاتَّقُوا اللَّهَ وَأَطِيعُونِ
180 އަދި އަހުރެން އެ رسول ކަން އިއްވުމަކަށް، ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން މެނުވީ އަހުރެންނަށް ثواب ދެއްވުމެއް ނުވެތެވެ. وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِيَ إِلَّا عَلَى رَبِّ الْعَالَمِينَ
181 ތިޔަބައިމީހުން (މިނާ ތަކެތި) މިނުން ފުރިހަމަ ކުރާށެވެ! އަދި (މިނުމާއި ކިރުމުގައި) އުނިކުރާ މީހުންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ! أَوْفُوا الْكَيْلَ وَلَا تَكُونُوا مِنَ الْمُخْسِرِينَ
182 އަދި ތިޔަބައިމީހުން (ކިރާ ތަކެތި) ސީދާވެގެންވާ ތިލަފަތުން ކިރާށެވެ! وَزِنُوا بِالْقِسْطَاسِ الْمُسْتَقِيمِ
183 އަދި ތިޔަބައިމީހުން މީސްތަކުންނަށް އެއުރެންގެ ތަކެތި އުނިނުކުރާށެވެ! އަދި فاسد ން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި ފަސާދަނުކުރާ ހުށިކަމެވެ! وَلَا تَبْخَسُوا النَّاسَ أَشْيَاءهُمْ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ
184 އަދި ތިޔަބައިމީހުންނާއި، އިސްވެދިޔަ جيل ތައް ހެއްދެވި ރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! وَاتَّقُوا الَّذِي خَلَقَكُمْ وَالْجِبِلَّةَ الْأَوَّلِينَ
185 އެއުރެން ދެންނެވޫއެވެ. ކަލޭގެފާނުވަނީ ޖާދޫޖެހި (ބުއްދި ގޯސްވެ) ފައިވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ. قَالُوا إِنَّمَا أَنتَ مِنَ الْمُسَحَّرِينَ
186 އަދި ތިމަންމެންކަހަލަ آدم ގެދަރިޔެއް ކަމުގައި މެނުވީ، ކަލޭގެފާނު ނުވެތެވެ. އަދި ހަމަކަށަވަރުން، ތިމަންމެން ހީކުރަނީ، ކަލޭގެފާނު ދޮގުވެރިންގެ ތެރެއިންވާ ކަމަށެވެ. وَمَا أَنتَ إِلَّا بَشَرٌ مِّثْلُنَا وَإِن نَّظُنُّكَ لَمِنَ الْكَاذِبِينَ
187 ފަހެ، ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ތިމަންމެންގެ މައްޗަށް އުޑުން ތަންގަނޑެއް ވައްޓަވައިލައްވަ ބައްލަވާށެވެ! فَأَسْقِطْ عَلَيْنَا كِسَفًا مِّنَ السَّمَاء إِن كُنتَ مِنَ الصَّادِقِينَ
188 އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވެއެވެ. قَالَ رَبِّي أَعْلَمُ بِمَا تَعْمَلُونَ
189 ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ވިލާގަނޑުގެ ދުވަހުގެ عذاب، އެއުރެންނަށް ޖެހުނެވެ. ހަމަކަށަވަރުން، އެ عذاب ވީ، ބޮޑުވެގެންވާ ދުވަހެއްގެ عذاب އަކަށެވެ. فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ الظُّلَّةِ إِنَّهُ كَانَ عَذَابَ يَوْمٍ عَظِيمٍ
190 ހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمان ވާ ބަޔަކު ކަމުގައި ނުވެތެވެ. إِنَّ فِي ذَلِكَ لَآيَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
191 އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ
192 ހަމަކަށަވަރުން، އެ قرآن އަކީ، عالم ތަކުގެ ވެރިރަސްކަލާނގެ ބާވައިލެއްވި ފޮތެއްކަން ކަށަވަރެވެ. وَإِنَّهُ لَتَنزِيلُ رَبِّ الْعَالَمِينَ
193 ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ قرآن އާއިގެން ފައިބައިވަޑައިގަތީ، جبريل ގެފާނެވެ. އެއީ (މީސްތަކުންނަށް) إنذار ކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ. نَزَلَ بِهِ الرُّوحُ الْأَمِينُ
194 ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ قرآن އާއިގެން ފައިބައިވަޑައިގަތީ، جبريل ގެފާނެވެ. އެއީ (މީސްތަކުންނަށް) إنذار ކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ. عَلَى قَلْبِكَ لِتَكُونَ مِنَ الْمُنذِرِينَ
195 (އެ قرآن ބާވައިލެއްވީ) بيان ވެގެންވާ عرب ބަހުންނެވެ. بِلِسَانٍ عَرَبِيٍّ مُّبِينٍ
196 އަދި ހަމަކަށަވަރުން، އިސްވެދިޔަ ނަބިއްޔުންގެ ފޮތްތަކުގައިވެސް އެ قرآن ގެ ވާހަކަ ވާކަން ކަށަވަރެވެ. وَإِنَّهُ لَفِي زُبُرِ الْأَوَّلِينَ
197 إسرآءيل ގެދަރިންކުރެ، علم ވެރިން އެކަންތައް ދަންނަކަން އެއީ، އެއުރެންނަށް (އެބަހީ: مكة ގެ مشرك ންނަށް) ހެތްކެއްކަމުގައި ނުވޭހެއްޔެވެ؟ أَوَلَمْ يَكُن لَّهُمْ آيَةً أَن يَعْلَمَهُ عُلَمَاء بَنِي إِسْرَائِيلَ
198 އަދި عجمى ންގެ މީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ އެ قرآن ބާވައިލައްވައި، ދެން އެމީހަކު އެ قرآن އެމީހުންނަށް ކިޔައިދިންނަމަވެސް، އެއުރެން، އެއަށް إيمان ވާ ބަޔަކު ކަމުގައި ނުވީހެވެ. وَلَوْ نَزَّلْنَاهُ عَلَى بَعْضِ الْأَعْجَمِينَ
199 އަދި عجمى ންގެ މީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ އެ قرآن ބާވައިލައްވައި، ދެން އެމީހަކު އެ قرآن އެމީހުންނަށް ކިޔައިދިންނަމަވެސް، އެއުރެން، އެއަށް إيمان ވާ ބަޔަކު ކަމުގައި ނުވީހެވެ. فَقَرَأَهُ عَلَيْهِم مَّا كَانُوا بِهِ مُؤْمِنِينَ
200 ތިމަންރަސްކަލާނގެ އެފަދައިން ކުށްވެރިންގެ ހިތްތަކަށް ދޮގުކުރުން ވެއްދެވީމެވެ. كَذَلِكَ سَلَكْنَاهُ فِي قُلُوبِ الْمُجْرِمِينَ
201 ވޭންދެނިވި عذاب އެއުރެންނަށް ފެނިއްޖައުމަށްދާނދެން އެއުރެން އެއަކަށް إيمان އެއް ނުވާނެތެވެ. لَا يُؤْمِنُونَ بِهِ حَتَّى يَرَوُا الْعَذَابَ الْأَلِيمَ
202 ފަހެ، އެއުރެންނަށް ނުވެސް އެނގިތިއްބައި، އެ عذاب އެއުރެންގެ ގާތަށް އަންނާނީ ކުއްލިއަކަށެވެ. فَيَأْتِيَهُم بَغْتَةً وَهُمْ لَا يَشْعُرُونَ
203 ފަހެ، އެއުރެން ބުނާނެތެވެ. (إيمان ވުމަށްޓަކައި) ތިމަންމެންނަށް ލަސްކޮށްލައްވާނެ ހެއްޔެވެ؟ فَيَقُولُوا هَلْ نَحْنُ مُنظَرُونَ
204 ފަހެ، އެއުރެން އަވަސްވުން އެދެނީ، ތިމަންރަސްކަލާނގެ عذاب އަށް ހެއްޔެވެ؟ أَفَبِعَذَابِنَا يَسْتَعْجِلُونَ
205 ފަހެ، ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ތިމަންރަސްކަލާނގެ އެއުރެން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެއުރެންނަށް وعد ކުރައްވާފައިވާ عذاب އެއުރެންގެ ގާތަށް އައުމުން، އެއުރެން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ. أَفَرَأَيْتَ إِن مَّتَّعْنَاهُمْ سِنِينَ
206 ފަހެ، ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ތިމަންރަސްކަލާނގެ އެއުރެން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެއުރެންނަށް وعد ކުރައްވާފައިވާ عذاب އެއުރެންގެ ގާތަށް އައުމުން، އެއުރެން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ. ثُمَّ جَاءهُم مَّا كَانُوا يُوعَدُونَ
207 ފަހެ، ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ތިމަންރަސްކަލާނގެ އެއުރެން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެއުރެންނަށް وعد ކުރައްވާފައިވާ عذاب އެއުރެންގެ ގާތަށް އައުމުން، އެއުރެން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ. مَا أَغْنَى عَنْهُم مَّا كَانُوا يُمَتَّعُونَ
208 އެއްވެސް ރަށެއް، އެރަށުގެ أهل ވެރިންނަށް إنذار ކުރައްވާނޭ رسول ން ނުފޮނުއްވައެއް ތިމަންރަސްކަލާނގެ ހަލާކެއް ނުކުރައްވަމެވެ. وَمَا أَهْلَكْنَا مِن قَرْيَةٍ إِلَّا لَهَا مُنذِرُونَ
209 (އެއީ) ހަނދާންކޮށްދެއްވުމެކެވެ. އަދި އަނިޔާވެރި ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ. ذِكْرَى وَمَا كُنَّا ظَالِمِينَ
210 އެ قرآن ގެނެސްދިނީ شيطان ންނެއް ނޫނެވެ. وَمَا تَنَزَّلَتْ بِهِ الشَّيَاطِينُ
211 އަދި އެއީ شيطان ންނަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި އެ شيطان ންނަށް އެކަމަކަށް ކުޅަދާނަވެގެނެއްވެސް ނުވެއެވެ. وَمَا يَنبَغِي لَهُمْ وَمَا يَسْتَطِيعُونَ
212 ހަމަކަށަވަރުން، އެ شيطان ންވަނީ (ވަގަށް) އަޑުއެހުމުން ވަކިކުރައްވާފައިކަން ކަށަވަރެވެ. إِنَّهُمْ عَنِ السَّمْعِ لَمَعْزُولُونَ
213 ފަހެ، اللَّه އާއެކު އެހެން إله އަކަށް ކަލޭގެފާނު دعاء ކުރައްވައި، އަޅުކަން ނުކުރައްވާށެވެ! ފަހެ، އޭރުން عذاب ލިބޭ މީހުންގެ ތެރެއިން ކަލޭގެފާނު ވެދާނެއެވެ. فَلَا تَدْعُ مَعَ اللَّهِ إِلَهًا آخَرَ فَتَكُونَ مِنَ الْمُعَذَّبِينَ
214 ކަލޭގެފާނުގެ އެންމެ ގާތްތިމާގެ قبيلة ގެ މީހުންނަށް إنذار ކުރައްވާށެވެ! وَأَنذِرْ عَشِيرَتَكَ الْأَقْرَبِينَ
215 مؤمن ންގެ ތެރެއިން ކަލޭގެފާނަށް تبع ވީ މީހުންނަށް، ކަލޭގެފާނުގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެބަހީ: މަޑުމައިތިރިވެވަޑައިގަންނަވާށެވެ!) وَاخْفِضْ جَنَاحَكَ لِمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ
216 ފަހެ، އެއުރެން ކަލޭގެފާނަށް އުރެދިއްޖެނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންކުރާ عمل ތަކުން ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ. فَإِنْ عَصَوْكَ فَقُلْ إِنِّي بَرِيءٌ مِّمَّا تَعْمَلُونَ
217 އަދި عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެއަށް ކަލޭގެފާނު وكيل ކުރައްވާށެވެ! وَتَوَكَّلْ عَلَى الْعَزِيزِ الرَّحِيمِ
218 އެކަލާނގެއީ، ކަލޭގެފާނު (ނަމާދަށް) ތެދުވެވަޑައިގަންނަވާހިނދު، ކަލޭގެފާނު ދެކެވޮޑިގެންވާ ރަސްކަލާނގެއެވެ. الَّذِي يَرَاكَ حِينَ تَقُومُ
219 އަދި سجدة ކޮށް ނަމާދުކުރާ މީހުންގެ ތެރޭގައި ކަލޭގެފާނު حركات ތެރިވެ ވަޑައިގަންނަވާތީވެސްމެއެވެ. وَتَقَلُّبَكَ فِي السَّاجِدِينَ
220 ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. إِنَّهُ هُوَ السَّمِيعُ الْعَلِيمُ
221 އެއުރެންގެ މައްޗަށް شيطان ން ފައިބާ މީހުންގެ خبر، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވަން ހެއްޔެވެ؟ هَلْ أُنَبِّئُكُمْ عَلَى مَن تَنَزَّلُ الشَّيَاطِينُ
222 އެ شيطان ން ފައިބަނީ، ދޮގުވެރިކަން ބޮޑު، ފާފަވެރިކަން ބޮޑު ކޮންމެ މީހެއްގެ މައްޗަށެވެ. تَنَزَّلُ عَلَى كُلِّ أَفَّاكٍ أَثِيمٍ
223 އެ شيطان ން އަޑުއަހާ ތަކެތި (كاهن ންނަށް) ލައިދެތެވެ. އަދި އޭގެ ގިނަމީހުންނީ، ދޮގުވެރިންނެވެ. يُلْقُونَ السَّمْعَ وَأَكْثَرُهُمْ كَاذِبُونَ
224 ޅެންވެރިންނަށް (އެބަހީ: އެއުރެންގެ ތެރެއިން كافر ންނަށް) تبع ވާނީ މަގުފުރެދިގެންވާ މީހުންނެވެ. وَالشُّعَرَاء يَتَّبِعُهُمُ الْغَاوُونَ
225 ހަމަކަށަވަރުން، (ބަހުގެ) ކޮންމެ وادى އެއްގައިމެ، ދެވޭނުދެވޭ ތަނެއް ނޭނގޭގޮތަށް، އެއުރެން އުޅޭތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ أَلَمْ تَرَ أَنَّهُمْ فِي كُلِّ وَادٍ يَهِيمُونَ
226 އަދި ހަމަކަށަވަރުން، އެއުރެން ބުނެއުޅެނީ، އެއުރެން ނުކުރާ ކަންތަކުގެ ވާހަކައެވެ. وَأَنَّهُمْ يَقُولُونَ مَا لَا يَفْعَلُونَ
227 إيمان ވެ صالح عمل ތައްކޮށް، އަދި ގިނަގިނައިން اللَّه ހަނދުމަކޮށް، އަދި އަނިޔާލިބުމަށްފަހު، نصر ލިބިގަތްމީހުން މެނުވީއެވެ. ނިކަންހުރެ އަނިޔާވެރިވި މީހުންނަށް، އެއުރެން رجوع ވާހުށީ ކޮންތަނަކަށްކަން އެނގޭހުށްޓެވެ. إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَذَكَرُوا اللَّهَ كَثِيراً وَانتَصَرُوا مِن بَعْدِ مَا ظُلِمُوا وَسَيَعْلَمُ الَّذِينَ ظَلَمُوا أَيَّ مُنقَلَبٍ يَنقَلِبُونَ
;